އުރަމަތީ ކެންސަރުގެ ފަރުވާނުކުރެވޭ ބާވަތެއް ފެތުރުން މަޑުޖައްސާލަދޭ އާ ބޭހަކަށް އިނގިރޭސި ވިލާތުގެ ނެޝަނަލް ހެލްތް ސާވިސްގައި ބޭނުންކުރުމަށް މިއަދު ހުއްދަ ދީފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
އުރަމަތީ ކެންސަރުގެ ފަރުވާނުކުރެވޭ ބާވަތެއް ފެތުރުން މަޑުޖައްސާލަދޭ އާ ބޭހަކަށް އިނގިރޭސި ވިލާތުގެ ނެޝަނަލް ހެލްތް ސާވިސްގައި ބޭނުންކުރުމަށް މިއަދު ހުއްދަ ދީފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ނެޝަނަލް އިންސްޓިޓިއުޓް ފޯ ހެލްތް އެންޑް ކެއާ އެކްސަލަންސް (ނައިސް) އިން ކެޕިވާސަޓިބް އަށް ހުއްދަ ދިނުމަކީ ތާރީހު ބަދަލުކޮށްލާނެ ނިންމުމެއްގެ ގޮތުގއައި ސައިންސްވެރިން ވަނީ ސިފަކޮށްފަ އެވެ.
މިއީ HR-ޕޮޒިޓިވް HER2-ނެގެޓިވް ބާވަތުގެ އުރަމަތީ ކެންސަރު ޖެހިފައިވާ 1,000 އަށްވުރެ ގިނަ އަންހެނުންނަށް މި ބޭހާ އެކު އުންމީދު ވަނީ ލިބިފަ އެވެ. މިއީ ކޮންމެ އަހަރެއް ވަންދެން ދުވާލަކު ދެފަހަރު ދޭ ގުޅަ ބޭހެކެވެ.
އިނގިރޭސި ވިލާތުގެ ބޭސް ކުންފުނި އެސްޓްރާޒެނެކާއިން އުފައްދާފައިވާ މި ބޭހަށް "ޓްރުކެޕް" އޭ ވެސް ކިޔަ އެވެ. ކެންސަރު ފެތުރޭ މިންވަރު މަޑުޖައްސާލައި ނުވަތަ ހުއްޓުމަކަށް މި ބޭހުން ގެނުވަ އެވެ. މިއީ އުރަމަތީ ކެންސަރުގެ ފަރުވާކުރަން އުނދަގޫ މި ވާބާވަތް ތަހަންމަލްކުރާ އެތައް ބައެއްގެ އުމުރު ދިގުކޮށްދޭނެ ބޭހެއްގެ ގޮތުގައި ސައިންސްވެރިން ސިފަކުރެ އެވެ.
"އެޑްވާންސްޑް ބްރެސްޓް ކެންސަރު ތަހަންމަލްކުރާ މީހުންނަށް އިހުތިޔާރުތައް މަދު ނަމަ ކެޕިވާސަޓިބް އަކީ މުހިންމު ބޭހެއް ކަމަށާއި މިއީ ކީމޯތެރަޕީ ދޭން ނުޖެހޭ އަދި އޭގެ ސައިޑް އިފެކްޓްސް ފަދަ ކަންކަމުން ދިމާވާ މައްސަލަތައް ކުޑަކޮށްދޭނެ ބޭހެއް،" ނައިސްގެ މެޑިސިން އިވަލުއޭޝަންގެ ޑިރެކްޓަރު ހެލެން ނައިޓް ވިދާޅުވި އެވެ.
މި އެޑްވާންސްޑް ބްރެސްޓް ކެންސަރުގައި ވަކި ބާވަތެއްގެ ޖެނެޓިކް މިއުޓޭޝަންތައް ހުރެ، ބުރެސްޓް ޓިޝޫގެ ތެރޭގައި ނުވަތަ ހަށިގަނޑުގެ އެހެން ބައިތަކަށް ފެތުރެ އެވެ.
އަލަށް ހުއްދަ ދިން ބޭސް މަސައްކަތްކުރަނީ ކެންސަރު ސެލްތައް ގިނަވުމަށް އަންގާ ހާއްސަ ޕްރޮޓީނެއްގެ މަސައްކަތް ހުއްޓުވާލުމަށެވެ.
ކްލިނިކަލް ޓްރަޔަލްއެއްގެ ނަތީޖާ ދައްކާގޮތުން ކެޕިވާސާޓިބްއާ އެކު ހޯމޯން ތެރަޕީ ދިނުމުން ކެންސަރުގެ ހާލަތު ގޯސްވެ އިތުރަށް ފެތުރެން ނަގާ މުއްދަތު 4.2 މަސް އިތުރުކޮށްދެ އެވެ.
ލަންޑަން އިންސްޓިޓިއުޓް އޮފް ކެންސަ ރިސާޗް (އައިސީއާރު) އިން ވަނީ މި ބޭހަށް ހުއްދަ ދިނުމުން މަރުހަބާ ކިޔައިފަ އެވެ. މި ކާމިޔާބީ އަކީ އެތައް އަހަރެއް ވަންދެން އެ އިންސްޓިޓިއުޓްގެ ސައިންޓިސްޓުން ކުރި ދިރާސާތަކަށް ފަހު ލިބުނު ކާމިޔާބީއެކެވެ.
"މި ބާވަތުގެ އުރަމަތީ ކެންސަރު ހުންނަ ބަލިމީހުންގެ ދެބައިކުޅަ އެއްބައި މީހުންގެ ޖީންތަކުގައި އެކެއް ނުވަތަ އެއަށްވުރެ ގިނަ މިއުޓޭޝަންތައް ހުރޭ. އަދި ކެޕިވާސަޓިބް ދިނުމުން ބަލި ގޯސްވަމުން ދިއުން ހުއްޓުވިދާނެ،" އައިސީއާރްގެ ޗީފް އެގްޒެކެޓިވް ކްރިސްޓިއަން ހެލިން ވިދާޅުވި އެވެ.
ނައިސް އިން ބުނާ ގޮތުގައި، 2020 ވަނަ އަހަރު 40,192 މީހުންނަށް އުރަމަތީ ކެންސަރު ޖެހުނު އިރު އޭގެ ތެރެއިން ގާތްގަނޑަކަށް 15 ޕަސެންޓަކީ ބަލި ދެނެގަނެވުނު އިރު އެޑްވާންސްޑް ސްޓޭޖްތަކުގައި ތިބި މީހުންނެވެ. -- އޭއެފްޕީ
ފުޓްބޯޅާގައި ބޮލުންޖެހުން މަނާކުރުމުގެ ލަފައެއް
ކެންސަރު ޖެހުމުން ފިރިމީހާ ގާތުން ވަރިވެ މަޖާކުރަނީ
މަރުވާން ބޭނުން ނުވާތީ ގަބުރު ގަނޑުކޮށްފި
ޖެނީ: މަރުބަލީގައިވާ ހިތްވަރުގަދަ އަންހެނެއް
އާމްދަނީދަށް ގައުމުތަކުގެ ކުދިންނަށް ކެންސަރު ބޭސް ހިލޭ
ކެންސަރުގެ ވޭނާ ދެކޮޅަށް އެއަށްވުރެ ގަދަ ހިތްވަރެއްގައި
ކެންސަރު ދުވަސް:ރައީސް އެދިވަޑައިގަތީ ދުންފަތާ ދުރުވާން
ކެންސަރަށް ވެކްސިން ހޯދިއްޖެ ކަމަށް ރަޝިޔާއިން ބުނެފި
ޔޫކޭގައި ދުންފަތް މަނާކުރުމުގެ ބިލަށް ރުހުން ދީފި
ފަސްނުޖެހި، އުރަމަތީ ކެންސަރުގެ ވާހަކަދައްކަން އެދިއްޖެ