Roadha Mihaaru

ކެންސަރު ޖެހުމުން ފިރިމީހާ ގާތުން ވަރިވެ މަޖާކުރަނީ

އަނަބެލް ނޯޗިރީ އަކީ ލަންޑަންގެ އިރުމަތީގައި ދިރިއުޅޭ އާޓް ޓީޗަރެކެވެ. އޭނާއަށް ކަށީގެ ކެންސަރު ޖެހި 2016 ގައި ބަލީގެ ހަތަރު ވަނަ ސްޓޭޖަށް ދިޔަ އެވެ. އަދި އެ ބަލިން އޭނާ ދެން ގަދަނުވާނެކަން ނޯޗިރީ އަށް ޔަގީންވި އެވެ.

ކެންސަރު ޖެހުމުން ފިރިމީހާ ގާތުން ވަރިވެ މަޖާކުރަނީ
ފާތުމަތު އަނީސާ
ފާތުމަތު އަނީސާ

22 މެއި 2017

އަނަބެލް ނޯޗިރީ އަކީ ލަންޑަންގެ އިރުމަތީގައި ދިރިއުޅޭ އާޓް ޓީޗަރެކެވެ. އޭނާއަށް ކަށީގެ ކެންސަރު ޖެހި 2016 ގައި ބަލީގެ ހަތަރު ވަނަ ސްޓޭޖަށް ދިޔަ އެވެ. އަދި އެ ބަލިން އޭނާ ދެން ގަދަނުވާނެކަން ނޯޗިރީ އަށް ޔަގީންވި އެވެ.

ނޯޗަރީ އަށް ބޯން ކެންސަރު ޖެހުނީ 2010 ގައި އުރަމަތީ ކެންސަރު ޖެހުމަށް ފަހު އެ ބަލިން އެއްކޮށް ސަލާމަތްވެފައި ވަނިކޮށެވެ. ބޯން ކެންސަރު ހުރިކަން އެނގުނީ 2012 ވަނަ އަހަރު، ފައިގައި ރިއްސާތީ ދެއްކުމުންނެވެ. އޭރު ހުރީ ފަސޭހަ ނުވާ ވަރަށް ބަލި ގޯސްވެފަ އެވެ.

އެހެންވެ އޭނާ މަރުވުމުގެ ކުރިން ކުރަން ބޭނުންވާ ކަންތައްތަކުގެ ލިސްޓެއް ތައްޔާރު ކުރި އެވެ. ފުރަތަމަ ކަމަކަށް އޮތީ ފިރިމީހާ ކައިރިން ވަރިވުމެވެ. އެގޮތުން، 28 އަހަރު ވަންދެން އިނދެގެން އުޅުނު ފިރިމީހާ ކައިރިން ވަރިވާން ވެސް ނިންމި އެވެ.

ނޯޗަރީ ބުނި ގޮތުގައި އޭނާއަށް އުފާވެރި ޒަވާޖީ ހަޔާތެއް ވަނީ އުޅެވިފަ އެވެ. ނަމަވެސް މިހާރު އެ ކައިވެނިން އޭނާއަށް ކުރެވެނީ ސަލާމަތް ނުވެވޭވަރު ކަމެއްގައި ބެދިފައިވާ ކަމުގެ އިހްސާސް ކަމަށް ބުންޏެވެ. އަދި އުމުރުގައި ބާކީ އޮތް ކުޑަ ދުވަސްކޮޅު ގެވެހި އަންބެއްގެ ގޮތުގައި އުޅެން އޭނާ ބޭނުމެއް ނުވި އެވެ.

ފިރިމީހާ ކައިރިން ވަރިވުމުގެ ކުރިން ނޯޗިރީ އޭނާގެ ފުރާވަރުގެ ދަރިންނާ ވާހަކަ ދެއްކި އެވެ. ދަރިން އެކަމަށް އެއްބަސްވި އެވެ.

ނޯޗިރީ އޭނާގެ މިލްކިއްޔާތުގައި ހުރި ފައިސާ ބޭނުންކޮށްގެން ފްލެޓެއް ގަތެވެ. އަދި ފިރިމީހާ ކައިރީގައި ވަރިއަށް އެދުނެވެ.

"އަހަރެން ފުރަތަމަ އެހެން ބުނީމަ އޭނާ ހީކުރީ އެއީ އަހަރެންގެ ބަލީގެ ސަބަބުން ކޮށްފައިވާ ނަފްސާނީ އަަސަރުތަކެއްގެ ސަބަބުން ކިޔާ އެއްޗެކޭ. ދުވަސްކޮޅަކުން ރަނގަޅުވެގެން އެނބުރި އޭނާ ކައިރިއަށް ދާނޭ،" ނޯޗިރީ ބުންޏެވެ.

ފިރިމީހާ ދޫކޮށްލަން ނިންމި ސަބަބާ ބެހޭ ގޮތުން ނޯޗިރީ ބުނެފައިވަނީ އޭނާގެ ބައްޔަކީ ފަސޭހަ ނުކުރެވޭނެ ބައްޔެއް ކަމާއި އެންމެ ގިނަވެގެން ވެސް ދުނިޔޭގައި ހުންނާނީ ދެ އަހަރާއި ބައިގެ މުއްދަތަކަށް ކަން އެނގުމުން އެ ދުވަސްތައް ގޭތެރޭގައި ހޭދަކުރަން ބޭނުން ނުވީ އެވެ.

ނޯޗިރީގެ އެދުމުގެ މަތިން އޭނާގެ ފިރިމީހާ ވަނީ އޭނާ ވަރިކޮށްފަ އެވެ. މިހާރު އޭގެ ފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

"އަހަރެން އޭނަ ދޫކޮށްލީ އެހެން މީހަކު ލިބިގެނެއް ނޫން. އަހަންނަށް ވަނީ ވަރަށް އުފާވެރި ލޯބީގެ ހަޔާތެއް ހޭދަ ކުރެވިފައި. އަހަރެން އޭނާ ދޫކޮށްލުމުން މިހާރު އޭނާ ވަނީ އެހެން މީހަކު ހޯދައި އެމީހާއާ އެކު އުފާވެރި ދިރިއުޅުމެއް އުޅެން ފަށާފައި،" ފިިރިމީހާ ދޫކޮށްލި ހަގީގީ ސަބަބު ނޯޗިރީ ބުންޏެވެ.

ފިރިމީހާ ދޫކޮށްލުމަކީ ނޯޗަރީގެ ބޭނުންވާ ކަންކަމުގެ ލިސްޓުގައިވާ ކަންތައްތަކުގެ ތެރެއިން އެއް ކަމެވެ. ދެން ހުރީ ޕެއިންޓްކުރުމާއި ސަލްސާ ނެށުން ދަސްކުރުން އަދި ދުނިޔޭގެ އެކި ތަންތަނަށް ދަތުރުކުރުމެވެ. އޭނާ ބުނި ގޮތުގައި ކެންސަރު ނުޖެހުނު ނަމަ އޭނާ އުޅުނީހީ ކުރިން ވެސް އުޅުނު ފޫހި ދިރިއުޅުމެވެ. ނަމަވެސް ކެންސަރު ޖެހުމުގެ ސަބަބުން އޭނާ އަކީ ހިތްވަރުގަދަ އަންހެނަކަށް ވަނީ ވެފަ އެވެ.

ދަރިން ބޮޑެތިވާ ތަނާއި މާމަ ދަރިން ވެސް ދެކެން ނޯޗިރީ ބޭނުންވިޔަސް އޭނާއަކަށް އެ ފުރުސަތެއް ނެތެވެ. ނަމަވެސް ދިރިއުޅުމާ މެދު މިހާރު އޭނާގެ ހިތުގައި އެއްވެސް ޝަކުވާއެއް ނެތެވެ.