30 މެއި 2016
މާގިނަ ދުވަހު ދިރިހުންނާނެ ކަމުގެ އުންމީދެއް ނެތް ކަމަށް ޑޮކްޓަރުން ބުނާ ޖެނީ ޕްރައިޑް، 65، އަކީ ދިރިތިބީންނަށް މިސާލެކެވެ. ޖެނީ އަށް އޭނާގެ ބަލިހާލަތު ރަނގަޅަށް އެނގެ އެވެ. އަދި މަރާ ބެހޭ ގޮތުން ވަރަށް ހުޅުވިފައިވާ މާހައުލެއްގައި ވާހަކަދައްކަން އޭނާ ބޭނުންވެ އެވެ.
މާގިނަ ދުވަހު ދިރިހުންނާނެ ކަމުގެ އުންމީދެއް ނެތް ކަމަށް ޑޮކްޓަރުން ބުނާ ޖެނީ ޕްރައިޑް، 65، އަކީ ދިރިތިބީންނަށް މިސާލެކެވެ. ޖެނީ އަށް އޭނާގެ ބަލިހާލަތު ރަނގަޅަށް އެނގެ އެވެ. އަދި މަރާ ބެހޭ ގޮތުން ވަރަށް ހުޅުވިފައިވާ މާހައުލެއްގައި ވާހަކަދައްކަން އޭނާ ބޭނުންވެ އެވެ.
އިނގިރޭސި ވިލާތުގެ ގްލޮސެސްޓަޝަޔާ އީކޯ ނޫހަށް ޖެނީ ދީފައިވާ ހާއްސަ އިންޓަވިއުއެއްގައި އޭނާ ބުނީ އޭނާގެ އޯވަރީއަށް ކެންސަރު ޖެހިފައިވާ ކަމަށާއި ސިކުނޑީގައި ޓިއުމަރެއް އެބައިން ކަމަށެވެ. އަދި ކެންސަރު ފެތުރިފައިވާލެއް ބޮޑުކަމުން އެކަމަށް ދެވޭނެ އިތުރު ފަރުވާއެއް ނެތި މިހާރު އޭނާއަކީ މަރުގެ ތުންފަތްމަތީގައިވާ މީހެއް ކަމަށް ޖެނީ ބުންޏެވެ. ނަމަވެސް ޖެނީ ބޭނުންވަނީ އޭނާގެ ހަޔާތުގެ ވާހަކަ ވީހާވެސް ގިނަބަޔަކަށ ކިޔައިދޭށެވެ.
މިފަދަ ނުރައްކާތެރި ބަލިތަކެއް ޖެނީ އަށް ޖެހިފައިވާތީ އެ ބަލިތައް އޭނާގެ ފުރާނަ ދުއްވާލާނެކަން ޖެނީ އަށް ވެސް ޔަގީނެވެ. ނަމަވެސް ނޭނގެނީ މަރުވާނެ ވަގުތެކެވެ.
އިނގިރޭސި ވިލާތުގެ ހުޅަނގު އުތުރުގައި އޮންނަ ބިޝޮޕްސް ކްލީވްގައި ދިރިއުޅޭ ޖެނީ ބުނި ގޮތުގައި ޑޮކްޓަރުން ވަނީ އޭނާ ފަސް އަހަރު ނުވަތަ އެއް މަސް ދުވަހު ވެސް ދުނިޔޭގައި ހުރެދާނެ ކަމަށް ބުނެފަ އެވެ. ނުވަތަ މާދަން ވެސް މަރުވެދާނެ އެވެ.
ހަޔާތުގެ ފަހު ދުވަސްތައް ގުނަމުންދާ ޖެނީ؛ ކެންސަރުގެ އެންމެ ފަހު މަރުހަލާގައި ވިޔަސް ހިތްވަރު ގަދަ
ޕޯސްޓް އޮފީހުގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރި ޖެނީ އޭނާގެ ބައްޔާ ބެހޭ ގޮތުން މިހާރު ހުރީ ޖަޒުބާތީ ނުވެ ޕްރެކްޓިކަލްކޮށް ވިސްނައިގެންނެވެ.
"އަހަރެންގެ ގައިގައި އަޅާ ވޭނުން އަހަންނަށް ރޮވުނަސް ކެންސަރު ބަލީގައި އަހަރެން މަރުވާތީއެއް ނުރޮން،" ޖެނީ ބުންޏެވެ.
"މަރަކީ ދިރިހުރުމުގެ އެއްބައި. އެއީ ކޮންމެހެން ދައްކަން ބިރުގަންނަން ޖެހޭ ވަރުގެ ވާހަކައެއް ނޫން. ނަމަވެސް މަރަކީ އޭގައި ވަރަށް ގިނަ ހިތާމަތައް އެކުލެވޭ އެއްޗެއް،" ޖެނީ ބުންޏެވެ.
އަންނަ ހަފުތާގައި ޖެނީގެ އަވަށުގައި އޮންނަ "ޑައިން މެޓާސް އެވެއާނަޒް ވީކް"ގައި ޖެނީ ވާހަކަދައްކަން ހަމަޖެހިފައިވެ އެވެ.
"އެންމެންވެސް މަރާ ބެހޭ ގޮތުން ވާހަކަ ދައްކަން ޖެހޭ. އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް. މިއީ އަހަރެން ގަބޫލުކުރާ ގޮތް. އެއީ ޔަގީނުންވެސް ވާނެކަމެއް. ފަހަރެއްގައި ވެދާނެ އަހަރެންގެ ވިސްނުން ކޮށީ ކަމަށް،" ޖެނީ ބުންޏެވެ.
ޖެނީގެ ތިން ދަރިންނާއި ހަތަރު މާމަ ދަރިން އަދި އެއް މުނިމާމަ ދަރި އެބަހުއްޓެވެ.
ޖެނީއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ 2013 ވަނަ އަހަރު އެވެ. އޭރު އޭނާގެ ދަރިންނަށް އެކަމުން ވަރަށް ފުން އަސަރުތަކެއް ކުރި އެވެ. ނަމަވެސް ބަލީގައި ޖެނީ އުޅޭތާ ދުވަސްތައް ފާއިތުވީ ވަރަކަށް އޭނާގެ އާއިލާއިން ވެސް ވަނީ ޕޮޒިޓިވް ގޮތަކަށް ވިސްނުން ބަދަލުކޮށްފަ އެވެ.
ޖެނީ ބުނާ ގޮތުގައި ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. އެހެންކަމުން އެކި މީހުން ކަންތައްތަކާ ކުރިމަތިލާ ގޮތް ވެސް ތަފާތުވާނެ އެވެ.
"އަހަރެން އެއްވެސް މީހަކަށް ނަސޭހަތެއް ނުދެން. އެކަމަކު އަހަރެން ގަބޫލުކުރާ ގޮތުގައި މަރަކީ އާއިލާގެ ތެރޭގައި ވާހަކަދެކެވިފައި އޮންނަން ޖެހޭނެ ކަމެއް،" ޖެނީ ބުންޏެވެ.
ޖެނީ މިހާރުއްސުރެ ވަނީ އޭނާގެ ޖަނާޒާގައި އެއްވެސް މީހަކު ކަޅުކުލައިގެ ހެދުން ނުލުމަށް އަންގާފަ އެވެ. އަދި އެއްވެސް މީހަކު ރޮއިގެން ނުވާނެ ކަމަށް ވެސް ޖެނީ އަންގާފައިވެ އެވެ.
މަރާ ހަނގުރާމަކުރަމުންދާ ޖެނީ
ޖެނީގެ ހަޔާތުގެ ފަހު ދުވަސްތައް ހޭދަކުރަން ބޭނުންވާ ތަން ވެސް ޖެނީއަށް އެނގެ އެވެ.
ޖެނީގެ އެއް ކޮޓަރީގެ ކުޑަކުޑަ ގޭގައި މަރުވާން އޮތުމުގެ ބަދަލުގައި ޖެނީ ބޭނުންވަނީ ޗެލްޓެންހަމްގައި ހުންނަ ސުއި ރައިޑާ ލެކަމްޕްޓަން ކޯޓް ހޮސްޕިސް ގައި އޭނާގެ ފުރާނަ ދިއުމަށެވެ.
ކެންސަރަށް ފަރުވާ ހޯދުމުގައި ޖެނީ ވަނީ ގިނަ ދުވަސްތަކެއް އެ ހޮސްޕިޓަލުގައި ހޭދަކޮށްފަ އެވެ. ހޮސްޕިސް އަކީ ޑޮކްޓަރުން އުންމީދު ކަނޑާލާފައި ތިބޭ ބަލި މީހުން އެމީހުންގެ ހަޔާތުގެ އެންމެ ފަހު ދުވަސްކޮޅު ހޭދަކުރަން ޚާއްސަކޮށްފައި ހުންނަ ހޮސްޕިޓަލެއް ކަހަލަ ތަނެކެވެ. އެފަދަ މީހުންގެ ގައިގައި އަޅާ ވޭންތައް ލުއިކޮށްދެވޭތޯ މަސައްކަތްކޮށްދިނުމާއި އެމީހުންނަށް ބޭނުންވާ ފަރުވާ އާއި އަޅާލުން މިފަދަ ހޮސްޕިސް އިން ދެ އެވެ.
"އަހަންނަކީ ވަރަށް ނަސީބު ގަދަ މީހެއް. އެތަނުގައި އެބަތިބި އެހީއަށް ބޭނުންވެފައި ތިބި ވަރަށް ގިނަބަޔަކު. އަހަރެން މިހާރުވެސް އަމިއްލައަށް ކައްކާ ގޭތެރެ ސާފުކޮށް ހަދަން. ނަމަވެސް އެކަންތައްތައް ނުކުރެވޭވަރު ދުވަހެއް އައުމުން އަހަރެން ބޭނުންވަނީ ސުއި ރައިޑާ އަށް ދާން. އެތަނުގައި އެންމެ ފަހުގެ ނޭވާ ދޫކޮށްލަން،" ޖެނީ ބުންޏެވެ.
ޖެނީގެ ފެވަރިޓް ހޮސްޕިސްގެ ޑައިރެކްޓަރު އެލިސް ހޯޑްލޭ ބުނި ގޮތުގައި އަހަރެމެންގެ ދިރިއުޅުމުގެ މުހިއްމު ވާހަކަތައް އަހަރެމެން އެންމެން ލޯބިވާ މީހުންނާ ހިއްސާ ކުރަން ޖެހޭނީ މަރުގެ ތުންފަތްމައްޗަށް ދިއުމުންނެއް ނޫނެވެ. މަރުވުމަށްފަހު ތިމާގެ ހަށިގަނޑަށް ކަންތައްތައް ކުރާނެ ވަކި ޚާއްސަ ގޮތެއް އޮތްނަމަ އެކަމެއް އާއިލާގެ މީހުންނަށް ކިޔައިދީފައި އޮތުމަކީ ރަނގަޅުކަމެއް ކަމަށް އޭނާ ދެކެ އެވެ. މިސާލަކަށް، ވަޅުލާނެ ވަގުތަކާއި ތަނެއް އަދި ގުނަވަނެއް ހަދިޔާކުރަން ބޭނުންވާ ނަމަ އެކަމެއް ވެސް ބުނެދީފައި އޮތުމަކީ އެންމެ އެދެވޭ ގޮތް ކަމަށް އޭނާ ގަބޫލު ކުރެ އެވެ.
ސުއި ރައިޑާ ހޮސްޕިސްގައި މިއީ ކޮންމެ ދުވަހަކުވެސް އާދަވެ ކުރާ ކަމެއް ކަމަށް ޑައިރެކްޓަރު ބުންޏެވެ. ކޮންމެ މީހެއްގެ ވެސް ހަޔާތުގައި ދައްކަން އެންމެ އުނދަގޫ ވާހަކަތަކަކީ އޭނާގެ މަރުގެ ވާހަކަ ކަމަށާއި އެފަދަ މީހުންނަށް އެހީތެރިކަން އެ ހޮސްޕިސް އިން ފޯރުކޮށްދޭ ކަމަށް ޑައިރެކްޓަރު ބުންޏެވެ. އޭނާ ބުނީ އެކަމުގެ ސަބަބުން ބޮޑެތި ފަސޭހަ ތަކެއް ވެސް ލިބޭ ކަމަށެވެ.
ސުއި ރައިޑާގައި ތިބެނީ މުޅިން ވެސް ދިރިއުޅުމުގެ އުންމީދެއް ނެތް މީހުންނެވެ. އެހެންކަމުން އެމީހުން ދުނިޔޭގައި ތިބި ދުވަސްކޮޅު އެމީހުން ކުރަން ބޭނުންވާ ކަމެއް އޮތްނަމަ އަދި އާއިލާއަށް އެކަން އެނގިއްޖެނަމަ އެމީހާގެ އެންމެ ފަހުގެ އެދުން ކަމަށް ވާތީ ކޮންމެ ބަޔަކުވެސް އެކަމެއް ހިތުން ރުހުމުން ލޯބިން އަދި އަސަރާއެކު ކޮށްދޭން ބޭނުންވާނެ އެވެ.
ކޮންމެ މިނިޓަކީ ވެސް ދުނިޔޭގެ ކޮންމެވެސް ހިސާބެއްގައި މީހަކު ދުނިޔެ ދޫކުރާނެ ވަގުތެކެވެ. ނަމަވެސް މަރާ ބެހޭގޮތުން ވާހަކަ ދައްކަން އެންމެންނަށް ވެސް އުނދަގުލެވެ. ޖެނީ ގަބޫލުކުރަނީ އެ ވިސްނުން ބަދަލުކުރަން ޖެހޭނެ ކަމަށެވެ. މަރުގެ ތުންފަތްމަތީގައި ހުރެގެން ވެސް ހިތްހަމަޖެހިފައިވާ އުފާވެރި މީހެއްގެ ގޮތުގައި ޖެނީ ފެންނަނީ އޭނާގެ މި ވިސްނުމުގެ ސަބަބުންނެވެ.
މަރުވާން ބޭނުން ނުވާތީ ގަބުރު ގަނޑުކޮށްފި
ކެންސަރަށް ފަރުވާ ކުރަމުން ދިޔަ ސައިފް ނިއާވެއްޖެ
ސްމޯކިންއޭރިއާގައި ހުރި މީހަކަށް ހާޓްއެޓޭކެއް ޖެހި މަރު
ލޭގެ ކެންސަރު ޖެހި 11 މަހުގެ ކުއްޖަކު ނިޔާވެއްޖެ
13 އަހަރުގެ ކުއްޖާއަށް ކެންސަރު ޖެހި ކުއްލި މަރެއް!
ފުޓްބޯޅާގައި ބޮލުންޖެހުން މަނާކުރުމުގެ ލަފައެއް
ކޮއްކޯފުޅުގެ ޖަނާޒާ އަށް ރައީސް ދުބާއީ އަށް
މަރުވީ އައިޖީއެމްއެޗުން ކޮވިޑް ޖެހުނު ކެންސަ ޕޭޝަންޓެއް
ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު މަރުވެއްޖެ
މަރުވި އަންހެންމީހާގެ މައުލޫމާތު ލިސްޓް ހެދިއިރު ނުލިބޭ