Roadha Mihaaru
ލޭގެ ކެންސަރު ޖެހި 11 މަހުގެ ކުއްޖަކު ނިޔާވެއްޖެ

ލޭގެ ކެންސަރު ޖެހިގެން 11 މަހުގެ ކުއްޖަކު ނިޔާވެއްޖެ

02 ޑިސެމްބަރ 2021

ލޭގެ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް އުމުރުން 11 މަހުގެ ކުއްޖަކު މިއަދު ނިޔާވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލޭގެ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް އުމުރުން 11 މަހުގެ ކުއްޖަކު މިއަދު ނިޔާވެއްޖެ އެވެ.

ދެކުނުގެ ސަރަހައްދަކަށް ނިސްބަތްވާ އެ ކުއްޖާގެ އާއިލާ އިން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ އެ އަންހެން ކުއްޖާ އުފަންވިއިރު ނިއުޓްރޮފިލް ކައުންޓު ހުރީ ސުމެއްގައި ކަމަށެވެ. އެ ކައުންޓު އެންމެ މަދުން ހުންނަން ޖެހޭނީ 3،000 ގައި ކަމަށް ވުމުން ކުއްޖާ އަށް އިތުރު ފަރުވާ ދޭން ޖެހޭކަން އެނގުނެވެ.

އެކަމަކު، ބަލީގެ ހާލަތު ނޭނގުމުން ފަސް ވަރަކަށް ދުވަސް ފަހުން އެ އާއިލާ އިން ދިޔައީ އިންޑިއާއަށެވެ.

އިންޑިއާގައި ތިބި ފުރަތަމަ ހަތަރު މަހުގެ ތެރޭގައި އެ ކުއްޖާ އެއްވެސް ވަރަކަށް ބައްޔެއް ނުވާ ކަމަށް އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ. އެކަމަކު ދޭތެރެއަކުން ނިއުޓްރޮފިލް ކައުންޓު މައްޗަށް އެރި ނަމަވެސް، އެ އަދަދު އަސްލު ހުންނަންޖެހޭ ހިސާބަކަށް ނުދެ އެވެ.

އެ ފަރުވާތަކުން އެ ކުއްޖާގެ ހާލަތު އެއްވަރެއްގައި ހުރުމުން މިދިޔަ ރޯދަ މަހު އެ އާއިލާ އިން އަނބުރާ އައީ މާލެއަށެވެ. ނަމަވެސް އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ކުއްޖާ ވަރަށް ބޮޑަށް ބަލިވެގެން އައިޖީއެމްއެޗަށް ދެއްކުމުން އެ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން އެއް މަސް ދުވަހު ފަރުވާ ދިނެވެ. އެކަމަކު ބައްޔަށް ކުރިއެރުމެއް ނުލިބޭތީ އަނެއްކާ ވެސް ދިޔައީ އިންޑިއާއަށް ކަމަށް އާއިލާއިން ބުންޏެވެ.

"ދިޔަތަނާ މި އެނގުނީ އަސްލު ކެންސަރަށް ކަން ބޮޑަށް ސަސްޕެކްޓު ކުރެވެން ފެށީ. އޭގެ ފަހުން އޮން/އޮފްކޮށް ދިޔަ ދޭތެރެއަކުން ހުން އައިސް ބަލިވީމާ އެޑްމިޓުކޮށްގެން ބައިތިއްބާފައި. އެކަމަކު މި ވީހާ ގިނަ ދުވަސް ވަންދެން އަސްލު އެޑްމިޓް ކޮށްގެން ވެސް ނޫން ފަރުވާ ދިނީ،" އެ ދެމަފިރިންގެ އެންމެ ހަގު ދަރިފުޅުގެ ހާލަތާ ގުޅޭގޮތުން އާއިލާއިން ބުންޏެވެ.

މަނިޕާލާއި އަމްރިތާ ހޮސްޕިޓަލުން ޓެސްޓުތައް ހެދުމުން ކެންސަރުކަން އެނގުނަސް ކެންސަރުގެ ކޮން ވައްތަރެއްކަމެއް އަދި އެ ބަލި ހުރި ސްޓޭޖެއް ޔަގީނެއް ނުވި އެވެ. އޭރު ޑޮކްޓަރުން ވެސް ލަފާކުރީ، އާއިލާއިން ބުނިގޮތުގައި، ކުއްޖާ ހާލު ދެރަކޮށްލަނީ ނިއުޓްރޮފިލް ކައުންޓު މަދުވުމުން ކަމަށެވެ.

ކުއްޖާ ކުޑަވުމާއި އެ ކުއްޖާގެ ހާލަތަށް ބަލައި ކީމޯތެރަޕީ ދިނުމަށް ޑޮކްޓަރުން ފަސްޖެހުނީ އެވެ.

"އޭރު ސަސްޕެކްޓު ކުރީ ނިއުޓްރޮފިލް ކައުންޓު ދަށްވަނީ ކެންސަރުގެ ސަބަބުން ނޫން ކަމޭ. ކީމޯތެރަޕީ ދޭން ފަށައިފި ނަމަ ނިއުޓުްރޮފިލް ކައުންޓު ދަށްވީމާ އިމިއުނިޓީ ދަށްވެގެންދޭ. އެހެންވެ، މަޑުކުރީ ވެސް ޔަގީންކޮށް ފަރުވާ ދޭންވެގެން،" އާއިލާ އިން ވާހަކަ ދެއްކި ކުއްޖާގެ ބޭބެ ކިޔައިދިނެވެ.

އިންޑިއާ އިން ކެންސަރުގެ ވައްތަރު ދެނެނުގަނެވުމުން މިދިޔަ މަހުގެ 18 ގައި އެ އާއިލާ އިން ދިޔައީ ބެންކޮކަށެވެ. އެ ތަނަށް ދިޔަތަނާ ކުއްޖާ އަށް ނޭވާލާން އުނދަގޫވާން ފެށުމުން ވަގުތުން ވެންޓިލޭޓަރަށް ލައި އައިސީޔޫގައި ފަރުވާދޭން ފެށި ކަމަށް އާއިލާ އިން ބުންޏެވެ. އޭރު އެ ކުއްޖާ އަށް ނިއުމޯނިޔާ ޖެހިފައިވާ ވެސް އާއިލާއިން ބުނެ އެވެ.

ނަމަވެސް، ދުވަހެއް ދުވަހަކަށް ހާލު ދެރަވަމުން ގޮސް މިއަދު އެ ކުއްޖާ ނިޔާވީ އެވެ.

"ކެންސާ ހުރި ސްޓޭޖެއް ދެނެގަނެ ކީމޯ ނުދެވި އުޅެނިކޮށް، ހާލު ދެރަވަމުން ގޮސް ނިޔާވީ. ފާއިތުވި 10 މަހު ވެސް ބޭބީ އޮތީ ރީއްޗަށް. އެހެން ހުރެފައި ހުން އަންނަ އިރެއްގައި ބޮޑަށް ބަލިވަނީ،"