28 ފެބުރުއަރީ 2018
މޭވާގެ ސަޔާއި ފްލެވާޑް ވޯޓާ އާދަކޮށް ބުއިމުން ދަތުގެ ބޭރު ފަށަލަ ހަލާކުވެ ދަތްތަކަށް ގެއްލުން ލިބޭ ކަމަށް ބައެއް ދިރާސާތަކުން ދައްކަ އެވެ.
މޭވާގެ ސަޔާއި ފްލެވާޑް ވޯޓާ އާދަކޮށް ބުއިމުން ދަތުގެ ބޭރު ފަށަލަ ހަލާކުވެ ދަތްތަކަށް ގެއްލުން ލިބޭ ކަމަށް ބައެއް ދިރާސާތަކުން ދައްކަ އެވެ.
ކިންގްސް ކޮލެޖް ލަންޑަންގެ ހޯދުމަކުން ހާމަވެފައިވާ ގޮތުގައި ކެއުމަށް ފަހު ސައި ބުއިމަކީ ބައެއް މީހުންގެ އާދައަކަށް ވެފައިވާއިރު މިގޮތަށް ސައި ބޮނީ ވެސް އެތި ފޮދުފޮދުން ގިނަ އިރުންނެވެ. މިއީ ދަތްތަކަށް ވަރަށް ބޮޑަށް ގެއްލުންވާ ކަމެއް ކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ. ސަބަބަކީ މިފަދަ ސައިގައި ހުންނަ އެސިޑެވެ.
ބްރިޓިޝް ޑެންޓަލް ޖާނަލްގައިވާ މި ހޯދުމުގައި ބަލާފައިވަނީ ދަތްތައް ވަރަށް ބޮޑަށް ހަލާކުވެފައިވާ 300 މީހެކެވެ.
މި ހޯދުމަށްފަހު ސައިންސްވެރިން ބުނަނީ އެސިޑް އެކުލެވޭ ބުއިންތަކުން ދަތްތަކަށް ލިބޭ ގެއްލުން އިތުރުވާ އެއް ސަބަބަކީ ސްނެކްސް ކެއުން ކަމަށެވެ.
ފުރުޓް ސްކޯޝް، ކޯޑިއަލްސް، ފުރުޓް ޓީ، ޑައިޓް ބުއިންތައް، ހަކުރުއެކުލެވޭ ބުއިންތައް، އެކި ރަހަތައް ލައްވާފައި ހުންނަ ފެން ފަދަ ކޮންމެ ބާވަތެއްގައި ވެސް އެސިޑް ވަރަށް ގިނަ އެވެ. އެހެންކަމުން މިފަދަ އެއްޗެހި ބޭނުންކުރުމުން ވަރަށް އަވަހަށް ދަތްތައް ހަލާކުވާން މެދުވެރިވާ ކަމަށް ވެސް ސައިންސްވެރިން ބުންޏެވެ. އަދި މިފަދަ ބުއިންތައް ބޯއިރު ގިނައިރު އަނގައިގައި ބަހައްޓާފައި ދިރުވުމާއި އެތިއެތި ފޮދުން ގިނައިރުން ބުއިމުން ދަތަށް ލިބޭ ގެއްލުންތައް އިތުރުވެގެން ދާ ކަމަށް ވެއެވެ.
މިފަހަރުގެ ހޯދުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ކިންގްސް ކޮލެޖު ލަންޑަންގެ ޑރ. ސައޮއިރްސީ އޯޓޫލޭ ވިދާޅުވީ އެއްވެސް އެއްޗެއް ބުއިމަށް ފަސް މިނިޓަށް ވުރެ ގިނައިރު ހޭދަކުރާ ނަމަ ދަތްތަކަށް ގެއްލުން ވާނެ ކަމަށެވެ.
މިސާލަކަށް މެންދުރު ކާ ގަޑީގައި އާފަލެއް ކާން ބޭނުން ނަމަ އެސިޑް އެކުލެވޭ ކަހަލަ އެއްވެސް ބުއިމެއް އެވަގުތު ނުބުއިމަށް ސައިންސްވެރިން ވަނީ އިރުޝާދު ދީފަ އެވެ
ސައިންސްވެރިންނަށް ފާހަގަކުރެވިފައިވާ ގޮތުގައި ފެން ތައްޓަކަށް ލުނބޯ ފޮއްޗެއް ނުވަތަ އޮރެންޖް ފޮއްޗެއް ލައިގެން އެ ފެންތަށި ބުއިން، ނުވަތަ ދެ ކެއުމެއްގެ ދޭތެރޭގައި ހޭދަވާ ވަގުތު މޭވާގެ ރަހައެއް ލާ ސަޔެއް ފަދަ އެއްޗެއް ދުވާލަކު ދެ ފަހަރު ބޯ ނަމަ ދަތްތައް ހަލާކުވުމުގެ ނުރައްކާ 11 ގުނަ އިތުރު ވެއެވެ. ނަމަވެސް ކެއުމުގެ ތެރޭގައި މިފަދަ ބުއިންތައް ބޯ ނަމަ ގެއްލުމުގެ މިންވަރު ދަށަށްވެ އެވެ.
ޑރ. ނާއިފާއަށް ކުރި އިތުބާރުން ހުޅުވި ކްލިނިކް
ސިއްހީ މަރުކަޒެއްގައި އަލަށް ދަތުގެ ފަރުވާދެނީި
ހއ. އަތޮޅު ހޮސްޕިޓަލުގައި ތިން ހިދުމަތެއް ފަށައިފި
ހިތުގެ މައްސަލަ ދެނެގަނެވޭ ދަތްއުނގުޅާ ބުރުހެއް
ދަތް އުފުރާލުމުން ލޭ މަނާ ނުވެ މީހަކު މަރުވެއްޖެ
މައުތުވޮޝް އިން ހަކުރުބަލީގެ ނުރައްކާ ބޮޑުވޭ: ދިރާސާ
މި މީހާ ދަތް ނޫނގުޅައި 20 އަހަރު ހުރި
ދަތެއްގައި ރިއްސާތީ ދެއްކުމުން ޖެހުނީ ލޮލެއް ނަގަން
އަނގައިގެ ކެންސަރަށް ހޭލުންތެރިކުރަން ކެމްޕޭނެއް
ފުއްޕާމޭގެ ރައްކަލަށް އަނގަ ސާފުކޮށް ބަހައްޓަންޖެހޭ