Roadha Mihaaru
މަސްވެރިންނަށް ދޭންޖެހޭ ފައިސާއިން 80 މިލިއަން ދީފި

މަސްވެރިންނަށް ދޭންޖެހޭ ފައިސާއިން 80 މިލިއަން ދީފި

23 ސެޕްޓެމްބަރ 2020

މަސްވެރިންނަށް ދޭންޖެހޭ ފައިސާ އިން މިހާތަނަށް 80 މިލިއަން ރުފިޔާ ދީފައިވާ ކަމަށް މިފްކޯ އިން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މަސްވެރިންނަށް ދޭންޖެހޭ ފައިސާ އިން މިހާތަނަށް 80 މިލިއަން ރުފިޔާ ދީފައިވާ ކަމަށް މިފްކޯ އިން މިއަދު ބުނެފި އެވެ.

އެކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ މަސްވެރިންނަށް ނުދީ ހުރި ގާތްގަނޑަކަށް 83 މިލިއަން ރުފިޔާ ކަމަށެވެ. މި ފައިސާ ދީ ވަރަށް އަވަހަށް ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ހުރިހާ ފައިސާއެއް ވެސް ދެމުން އަންނަނީ އެކައުންޓް ނުވަތަ މަސްވެރިޔާ ކާޑު މެދުވެރިކޮށެވެ.

"ކުރިން ފައިސާ ދެމުން އައީ ގަނޑުކޮށް އުފުލައިގެން. މިހާރު މަސްވެރިޔާ ކާޑުގެ ސަބަބުން އެކަން ވަރަށް ބޮޑަށް ފަސޭހަވެގެން ގޮސްފައި މިވަނީ. މަސްވެރިޔާ ކާޑު ނެތް މަސްވެރިންނަށް ވެސް އަޅުގަނޑުމެން ބާރުއަޅަނީ ކާޑު ހައްދަން،" އިސްމާއިލް ވިދާޅުވި އެވެ.

މިފްކޯއިން ވަނީ މަސްވެރިން ކިރުވާ މަހުގެ ފައިސާ ހަފުތާއެއްގެ ތެެރޭގައި ދިނުމުގެ ގޮތުން އެ ކުންފުނިން މަސް ގަންނަމުން އައި ފިކްސްޑް ރޭޓު ދޫކޮށްލުމަށް ނިންމައިފަ އެވެ. މިއާ އެކު ކުންފުނީގެ ކޭޝްފްލޯ ރަނގަޅުވެ ބާޒާރުގައި މަހުގެ އަގު ބޮޑުވާ ދުވަސްވަރު މަސްވެރިންނަށް ބޮޑު ފައިދާއެއް ވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.