Roadha Mihaaru
ކޮންމެ މަސްދޯންޏަކަށް ތިން ޓަނުގެ އައިސް ހިލޭ ދެނީ

ކޮންމެ މަސް ދޯންޏަކަށް ތިން ޓަނުގެ އައިސް ހިލޭ ދެނީ

21 އޯގަސްޓް 2024

މަސްވެރިން މަހަށް ފުރުވަން ހިތްވަރު ދިނުމުގެ ގޮތުން، ކޮންމެ މަސްދޯންޏަކަށް ތިން ޓަނުގެ އައިސް ހިލޭ ދޭން މިފްކޯ އިން މިއަދު ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަސްވެރިން މަހަށް ފުރުވަން ހިތްވަރު ދިނުމުގެ ގޮތުން، ކޮންމެ މަސްދޯންޏަކަށް ތިން ޓަނުގެ އައިސް ހިލޭ ދޭން މިފްކޯ އިން މިއަދު ނިންމައިފި އެވެ.

މިފްކޯއިން ބުނީ އެ ކުންފުނީގެ އައިސް ޕްލާންޓުތަކުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެން ކޮންމެ މަސްދޯންޏަކަށް ތިން ޓަނުގެ އައިސް ހިލޭ ދޭނެ ކަމަށެވެ.

"މަސްވެރިން މަހަށް ފުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ސްޓޮކް ހުސްވަންދެން މާދަމާ، މިފްކޯގެ ހުރިހާ ސެންޓަރުތަކުންނާއި ތިނަދޫ އައިސް ޕްލާންޓުން ކޮންމެ ދޯންޏަކަށް 3 ޓަނު އައިސް ހިލޭ ދޫކުރުމަށް ވަނީ ނިންމައިފަ އެވެ،" އެ ކުންފުނިން ބުންޏެވެ.

މި އައިސް ދޫކުރަން ހަމަޖެހިފައި ވަނީ މާދަމާގެ ނިޔަލަށް ކަމަށް ވެސް މިފްކޯއިން ބުންޏެވެ.

ރާއްޖޭގައި މިދިޔަ މަހެއްހާ ދުވަހު މަސްވެރިކަން ވަރަށް ބޮޑަށް ދަށަށް ދިއުމަށް ފަހު، މި މަހު ކުރީކޮޅުގައި އަނެއްކާވެސް ވަނީ މަސްވެރިކަން ރަނގަޅުވާން ފަށައިފަ އެވެ.

މިފްކޯ އިން މިދިޔަ މަހު ވަނީ ރާއްޖޭގެ ދެކުނުގައި މަސް ގަންނަން އޮޕަރޭޓުކުރާ ހަތަރު ބޯޓެއް ޅ. ފެލިވަރުގެ ދަށަށް ބަދަލުކޮށް، ފެލިވަރުން އޮޕަރޭޓު ކުރަމުން އައި 100 ޓަނަށް ވުރެ ގިނަ މަސް ގަނޑުކުރެވޭ ބޯޓެއް ގއ. ކޫއްޑުއަށް ގެންގޮސްފަ އެވެ.