Roadha Mihaaru
ފަރެސްމާތޮޑާ އިން އަންނަ މަހު އައިސް ލިބޭނެ: މިފްކޯ

ފަރެސްމާތޮޑާ އިން އަންނަ މަހު އައިސް ލިބޭނެ: މިފްކޯ

12 އެޕްރީލް 2018

ގދ. ފަރެސްމާތޮޑާގައި ހިންގާ އައިސް ޕްލާންޓުން އަންނަ މަހު އައިސް ދޫކުރަން ފަށާނެ ކަމަށް މިފްކޯ އިން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ގދ. ފަރެސްމާތޮޑާގައި ހިންގާ އައިސް ޕްލާންޓުން އަންނަ މަހު އައިސް ދޫކުރަން ފަށާނެ ކަމަށް މިފްކޯ އިން މިއަދު ބުނެފި އެވެ.

ކަނޑުމަހުގެ މަސްވެރިކަން ކުރާ 12 ދޯނި ދުއްވާ ފަރެސްމާތޮޑާގައި ހުންނަނީ 25 ޓަނުގެ އައިސް ޕްލާންޓަކާއި 10 ޓަނުގެ އައިސް ޕްލާންޓެކެވެ. އެ ޕްލާންޓުން އެންމެ ފަހުން އައިސް ދޫކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ ފަހަރު ވެސް އައިސް ދޫކުރަން ފެށީ މަރާމާތު ނުކޮށް އަހަރެއްހާ ދުވަސް ވަންދެން ބެހެެއްޓުމަށް ފަހު އެވެ.

Faresmaathodaa in masverinnah ice nulibeytha 3 mas

Faresmaathodaa in masverinnah ice nulibeytha 3 mas

The most trusted news source in the Maldives

Mihaaru

ފަރެސްމާތޮޑާއިން މަސްވެރިންނަށް އައިސް ނުލިބޭތާ 3 މަސް ވުން--

މިފްކޯގެ ސީއޯއޯ ރަމްޒީ އަބޫބަކުރު "މިހާރު" އަށް ވިދާޅުވީ ފަރެސްމާތޮޑާގެ އައިސް ޕްލާންޓު ހުއްޓުމަކަށް އައީ ޖަނަރޭޓަރަށާއި ޕްލާންޓަށް ތަފާތު މައްސަލަތައް ދިމާވެގެން ކަމަށެވެ. ރާއްޖެ އިން ބޭރުން ސްޕެއާ ޕާޓްސް ގެނެސް މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މަސައްކަތް ކުރަން އިއްޔެ އެ ރަށަށް ޓީމެއް ގޮސްފައި ވަނީ. ރާއްޖެ އިން ބޭރުން ހަތަރު ފަހަރު ސްޕެއާ ޕާޓްސް ގެނެސް އަޅުގަނޑުމެން މަސައްކަތް ކޮށްފިން،" ރަމްޒީ ވިދާޅުވި އެވެ.

ފަރެސްމާތޮޑާ ބަނދަރުމަތި-- އެރަށަކީ 12 ދޯނި މަހަށް ފުރާ ރަށެއް-- ފޮޓޯ: ފޭސްބުކް

ފަރެސްމާތޮޑާ ބަނދަރުމަތި-- އެރަށަކީ 12 ދޯނި މަހަށް ފުރާ ރަށެއް-- ފޮޓޯ: ފޭސްބުކް

އޭނާ ވިދާޅުވި ގޮތުގައި އައިސް ޕްލާންޓަށް ދިމާވި މައްސަލަތައް ހައްލުކޮށް އަންނަ މަހުގެ 15 ގެ ކުރިން އައިސް ދޫކުރަން ފަށާނެ އެވެ.

މިއީ ދެކުނުގެ އަތޮޅުތަކަށް އާދަޔާ ޚިލާފަށް މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށް ވުމާ އެކު، އައިސްގެ ޑިމާންޑް ބޮޑުވެ އައިސް ލިބުމުގައި މަސްވެރިންނަށް ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ.

ފަރެސްމާތޮޑާގެ މަސްވެރިން އައިސް ހޯދުމަށް ދިގު ދަތުރުތަކެއް ކުރަން ޖެހޭތީ އެ މަސްވެރިން ދަނީ ޝަކުވާ ކުރަމުންނެވެ.