24 ސެޕްޓެމްބަރ 2020
އުމުރާ ނުގުޅޭ ކޮންޓެންޓްތައް ޔޫޓިއުބުން މާ ފަސޭހައިން ފެންނާތީ އަމާޒުވެފައިވާ ފާޑުކިޔުންތަކާ ހެދި އެކަން ހަރުދަނާކޮށް، އުމުރާ ނުގުޅޭ ކޮންޓެންޓް އަމިއްލަ އަށް ދެނެގަނެ އުމުރުން 18 ނުވާ ކުދިންނަށް އެފަދަ ވީޑިއޯ ނުބެލޭ ގޮތަށް ޔޫޓިއުބުން އާ ޓެކްނޮލޮޖީއެއް ބޭނުންކުރަން ނިންމައިފި އެވެ.
އުމުރާ ނުގުޅޭ ކޮންޓެންޓްތައް ޔޫޓިއުބުން މާ ފަސޭހައިން ފެންނާތީ އަމާޒުވެފައިވާ ފާޑުކިޔުންތަކާ ހެދި އެކަން ހަރުދަނާކޮށް، އުމުރާ ނުގުޅޭ ކޮންޓެންޓް އަމިއްލަ އަށް ދެނެގަނެ އުމުރުން 18 ނުވާ ކުދިންނަށް އެފަދަ ވީޑިއޯ ނުބެލޭ ގޮތަށް ޔޫޓިއުބުން އާ ޓެކްނޮލޮޖީއެއް ބޭނުންކުރަން ނިންމައިފި އެވެ.
ކުޑަކުދިންނާ ނުގުޅޭ ކޮންޓެންޓް ބްލޮކްކުރުމަށް ޔޫޓިއުބުން މިހާރު އަމަލުކުރަނީ ޖީމެއިލުން ޔޫޓިއުބަށް ލޮގިން ވުމުން، އެ އީމެއިލްގައި ބުނާ އުމުރަކަށް ބަލައިގެންނެވެ.
ގޫގުލްގެ ދަށުން ހިންގާ ޔޫޓިއުބުން ބުނި ގޮތުގައި އަލަށް ގެންނަ އެންމެ މުހިއްމު އެއް ބަދަލަކީ އުމުރާ ނުގުޅޭ ވީޑިއޯތައް ބެލުމުގެ ފުރުސަތު ހަނިކޮށް، އުމުރާ ގުޅޭ ގޮތަށް އެ ބޭނުންކުރާ މީހުންނަށް ކޮންޓެންޓް ކަށަވަރުކުރުމެވެ. މި ބަދަލު ގެންނަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޔޫޓިއުބްގެ ރައްކާތެރިކޮށް ވަރުގަދަކުރަން ކުރާ މަސައްކަތުގެ ތެރެއިންނެވެ.
މިކަމާ ގުޅޭ ގޮތުން ޔޫޓިއުބުން ބުނީ އާ ޓެކްނޮލޮޖީގެ އެހީގައި، އެ މީހެއްގެ އުމުރާ ނުގުޅޭ ކޮންޓެންޓަށް ބެލޭ ނަމަ އެކަން ވަގުތުން ހުއްޓުވައި، ދެން އަޅަންޖެހޭ ފިޔަވަޅު އަޅައިދޭނެ ކަމަށެވެ.
We want to make sure mature content stays with mature eyes over 18. Read more about how we’re expanding our age-restriction efforts. https://t.co/FEZ4ieDO6U
— YouTube (@YouTube) September 22, 2020
ޔޫޓިއުބުން ބުނި ގޮތުގައި އަލަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ޔޫޓިއުބް ބޭނުން ކުރާ 18 އަހަރުން ދަށުގެ ކުޑަކުދިންނާ ގުޅޭ ގޮތުން ބެލެނިވެރިންނާއި ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ގެންނަ ބަދަލުތަކެކެވެ.
"އަދި އަހަރެމެން މިކަން ކުރަނީ ކަމާ ގުޅުން ހުރި ދާއިރާގެ ތަޖުރިބާކާރުންގެ ލަފަ އާއި މަޝްވަރާ ވެސް ހޯދައިގެން،" ޔޫޓިއުބުން ބުންޏެވެ. "އަހަރެމެންގެ ޓްރަސްޓް އެންޑް ޕޮލިސީ ޓީމް އަބަދު ވެސް ކަށަވަރުކޮށް ދޭން ބޭނުންވޭ ކަމަކީ ޔޫޓިއުބަކީ ބޭނުންކުރާ މީހުންނަށް ރައްކާތެރި އެއްޗެއްކަން."
ޔޫޓިއުބުން ބުނީ މިފަދަ ފިޔަވަޅުތަކެއް އަޅަނީ އެކި ކަހަލަ ކޮންޓެންޓްތައް އުފައްދައި އެ ޕްލެޓްފޯމް މެދުވެރިކޮށް އާމްދަނީ ހޯދާ މީހުންނަށް ދަތިކުރުމުގެ ގޮތުން ނޫން ކަމަށެވެ. އަދި މިކަމާ ކޮންޓެންޓް ކްރިއޭޓަރުންގެ މެދުގައި ކަންބޮޑުވުމެއް އޮތް ނަމަ އެކަންކަމަށް ވެސް ރިއާޔަތްކުރާނެ ކަމަށް ބުންޏެވެ.
"އެކަމަކު އަހަރެމެން ދޭން ބޭނުންވާ ޔަގީންކަމަކީ ޔޫޓިއުބްގެ ޕޮލިސީތަކާއި ޔޫޓިއުބް ޕާޓްނާ ޕްރޮގްރާމްގެ ބޭނުން އެންމެ އެދެވޭ ގޮތަށް ބޭނުންކުރާ ނަމަ މި ގެންނަ އޭޖް-ރެސްޓްރިކްޝަނުގެ ސަބަބުން އެއްވެސް ބަޔަކަށް ގެއްލުމެއް ނުވާނެކަން." ޔޫޓިއުބުން ބުންޏެވެ.
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
ޔޫޓިއުބްގައި ޑިސްލައިކް އަދަދު ނުފެންނަ ގޮތް ހަދާލެވޭނެ
އެފްބީން ފޭޝަލް ރިކޮގްނިޝަން ހުއްޓާލަން ނިންމައިފި
ސެކިއުރިޓީ ބަލަހައްޓަން އެފްބީގައި 40،000 މީހުން
ޔޫޓިއުބް ޕާޓްނަ ޕްރޮގްރާމްގައި ދެ މިލިއަން މެމްބަރުން
ފުރާވަރު ކުދިންނަށް އިންސްޓަ މެސެޖު ކޮންޓްރޯލްކުރަނީ
ޗެލެންޖެއްގައި ކުއްޖަކު މަރުވުމުން ޓިކްޓޮކަށް ނުރުހުން
އެންކްރިޕްޓެޑް އެޕްތަކަށް އެކްސެސް ހޯދަން އެއްބަސްވުމެއް
ވަޓްސްއެޕަށް "އެކްސްޕަޔަރިން މީޑިއާ" އަންނަނީ
ޔޫޓިއުބް "ޝޯޓްސް" އެންމެ ފުރަަތަމަ އިންޑިއާގައި