Roadha Mihaaru
ޔޫޓިއުބްގައި ޑިސްލައިކް އަދަދު ނުފެންނަ ގޮތް ހަދާލެވޭނެ

ޔޫޓިއުބްގައި ޑިސްލައިކް އަދަދު ނުފެންނަ ގޮތް މިހާރު ހަދާލެވޭނެ

12 ނޮވެމްބަރ 2021

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އިންނަ ލައިކާއި ޑިސްލައިން ބަޓަންތަކަކީ ވަރަށް ބޮޑަށް ބަހުސް ކުރެވޭ އެއްޗިއްސެވެ. އެއް ސަބަބަކީ އެހެން މީހުންނަށް ވުރެ ތިމާގެ މަގުބޫލުކަން މި ބަޓަންތަކުން މިނެކިރައި، އެހެން މީހުންނަށް ފުރައްސާރަ ކުރުމުގެ މައްސަލަތައް ވެސް ބޮޑުކަމުންނެވެ. އެހެންވެ ފޭސްބުކާއި އިންސްޓަގްރާމް ފަދަ ފްލެޓްފޯމްތަކުގައި މިފަދަ މައްސަލަތައް ކުޑަކުރަން، މިހާރު ލައިކްސް ލިބޭ މިންވަރު ފޮރުވައިލެވޭ ގޮތަށް ހަދާލެވެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ތަފާތު އެކި ކަހަލަ ވީޑިއޯތައް ބެލުމަށް އެންމެ ގިނަ ބަޔަކު ބޭނުންކުރާ އަދި މިހާރު އާމްދަނީ ހޯދަން ބޭނުންކުރާ ޓޫލެއްގެ ގޮތުގައި ވެސް ބޭނުންކުރާ ޔޫޓިއުބަށް ވެސް މިހާރު މި ވަނީ ބަދަލު ގެނެސްގަ އެވެ. ގޫގުލްގެ ދަށުން ހިންގާ ޔޫޓިއުބުން ކުރިން ޑިސްލައިކް ބަޓަން އުވައިލުމާ ދޭތެރޭ ވެސް ވިސްނުންތަކެއް ގެންގުޅުނެވެ. އެކަމަކު އެ ހިޔާލު ދޫކޮށްލައި އެތަނުން ކުރި ކަމަކީ ޑިސްލައިކް ބަޓަން ކަސްޓަމައިޒް ކުރެވޭ ގޮތަށް ހެދުމެވެ.

މާނަ އަކީ ޔޫޓިއުބް ޗެނެލްތައް ގެންގުޅޭ މީހުންނަށް މިހާރު އެ މީހުންގެ ކޮންޓެންޓްތަކުގައި ޑިސްލައިކް ބަޓަން ކަސްޓަމައިޒް ކޮށްލައި، ޑިސްލައިކް އަދަދު އެހެން މީހުންނަށް ނުފެންނަ ގޮތަށް ހަދައިލެވޭނެ އެވެ. އެހެންވީމާ މިހާރު މި ގެނައި ބަދަލަކީ ޔޫޓިއުބްގެ ޑިސްލައިކްޓް ބަޓަން "ޕްރައިވެޓް" ކުރުމެވެ.

މިކަމާ ބެހޭ ގޮތުން ޔޫޓިއުބުން ބުނީ އެންމެ ބޮޑު މަގުސަދަކީ ޔޫޓިއުބަކީ އޭގެ ބޭނުން ހިފާ އެންމެންނަށް ވެސް ރައްކާތެރި އެއްޗެއްކަން ކަށަވަރުކޮށް ދިނުން ކަމަށެވެ. އަދި މި ގެނައި ބަދަލުން ކްރިއޭޓަރުންނަށް އެ މީހުންގެ ކޮންޓެންޓްތަކާ ދޭތެރޭ އޮންނަ އިތުބާރާއި ޔަގީންކަން ބޮޑުކޮށް ދޭނެ ކަމެއް ކަމަށެވެ.

"ވަކިން ހާއްސަކޮށް އާ ކްރިއޭޓަރުންނަށް މި ބަދަލުގެ ސަބަބުން ބޮޑު ހިތްހަމަޖެހުމެއް ލިބި، ކުރިއަށް ދިއުމުގެ ހިތްވަރު އާކޮށްދޭނެ." ޔޫޓިއުބުން ބުންޏެވެ.