Roadha Mihaaru
ގޫގުލް އަށް ކްލައިމެޓް ޗޭންޖަކީ ކުޅޭކުޅޭ ކަމެއް ނޫން

ގޫގުލް އަށް ކްލައިމެޓް ޗޭންޖަކީ ކުޅޭކުޅޭ ކަމެއް ނޫން

09 އޮކްޓޯބަރ 2021

ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމީ ބަދަލުތަކަކީ ހަގީގަތެއް ނޫންކަން ދައްކުވައި އެކަމާ ބެހޭ ގޮތުން ސައްހަ ނޫން މައުލޫމާތު ފަތުރައިގެން އާމްދަނީ ހޯދުން ހުއްޓުވަން ގޫގުލް އިން ހާއްސަ މަސައްކަތެއް ފަށަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމީ ބަދަލުތަކަކީ ހަގީގަތެއް ނޫންކަން ދައްކުވައި އެކަމާ ބެހޭ ގޮތުން ސައްހަ ނޫން މައުލޫމާތު ފަތުރައިގެން އާމްދަނީ ހޯދުން ހުއްޓުވަން ގޫގުލް އިން ހާއްސަ މަސައްކަތެއް ފަށަން ތައްޔާރުވެއްޖެ އެވެ.

އެ ކުންފުނިން ބުރާސްފަތި ދުވަހު މިކަން އިއުލާންކޮށް ބުނީ ކްލައިމެޓް ޗޭންޖަކީ ހަގީގަތެއް ނޫންކަން ދައްކުވައިދޭން އެއްވެސް ގޮތަކަށް ގޫގުލްގެ އެއްވެސް ޕްލެޓް ފޯމެއްގައި އަންނަ މަހުން ފެށިގެން ބޭނުން ނުކުރެވޭނެ ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި ފިޔަވު އަޅަން ނިންމީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުންތަކާ ހެދި އެވެ.

"ހާއްސަކޮށް އިޝްތިހާރުކުރާ މީހުންގެ ފަރާތުން ވަރަށް ގިނަ ޝަކުވާތައް ލިބޭ އެ މީހުންގެ އެއްޗެހި އާންމުކުރާ އިރު ކްލައިމެޓް ޗޭންޖާ ބެހޭ ގޮތުން ސައްހަ ނޫން އަދި ސައިންޓިފިކް ހޯދުންތަކާ މުޅިން ފުށުއަރާ ގޮތަށް މައުލޫމާތު ހިމަނައިގެން އިޝްތިހާރުތައް އާންމުކުރާ މައްސަލަ." ގޫގުލް އިން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި ކްލައިމެޓް ޗޭންޖަކީ މިހާރު އެއްވެސް ބަޔަކަށް ދެކޮޅު ހެދެން ނެތް ހަގީގަތެކެވެ. އަދި އެކަމަށް ސައިންޓިފިކް އެތައް ހެކިތައް އެބަހުރި ކަމަށާއި އެހެންވެ ކްލައިމެޓް ޗޭންޖަކީ ހިޔާލީ ވާހަކައަކަށް ހަދައިގެން އެކަމަށް މާލީ އެއްވެސް މަންފާއެއް ގޫގުލްގެ އެއްވެސް ޕްލެޓްފޯމެއް މެދުވެރިކޮށް ނެގޭނެ ގޮތަށް ކަންކަން ދެން ފަހިކޮށް ނުދޭނެ ކަމަށް ގޫގުލް އިން ބުންޏެވެ.

އަންނަ މަހުން ފެށިގެން މި ގޮތަށް އަމަލު ކުރަން ފަށާ އިރު، ގޫގުލްގެ ދަށުން ހިންގާ އެންމެ މަގުބޫލު އެއް ޕްލެޓްފޯމަކީ ޔޫޓިއުބެވެ.

މިދިޔަ މަހު ފޭސްބުކުން ވެސް މިފަދަ އުސޫލަކަށް އަމަލު ކުރަން ނިންމާފައިވާ ކަން އިއުލާން ކޮށްފައިވެ އެވެ. އެގޮތުން ކްލައިމެޓް ޗޭންޖާ ދެކޮޅަށް ފަތުރާ މައުލޫމާތުތަކުގެ ފެކްޓް-ޗެކިން އަށް މާކް ޒަކަބާގްގެ ފޭސްބުކުން މިިލިއަން ޑޮލަރުގެ ގްރާންޓެއް ކަނޑައަޅާފައިވެ އެވެ.