08 ފެބުރުއަރީ 2023
ކުއްލި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ "ޗެޓްޖީޕީޓީ" އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓް ބޮޓާ ވާދަޔަށް، ގޫގުލް އިން ތައްޔާރުކުރި އޭގެ ޗެޓް ބޮޓު ދައްކާލައިފި އެވެ.
ކުއްލި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ "ޗެޓްޖީޕީޓީ" އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓް ބޮޓާ ވާދަޔަށް، ގޫގުލް އިން ތައްޔާރުކުރި އޭގެ ޗެޓް ބޮޓު ދައްކާލައިފި އެވެ.
ގޫގުލް އަދި ޕޭރެންޓް ކުންފުނި، އަލްފަބެޓްގެ ސީއީއޯ ސުންދަރް ޕިޗާއީ ހޯމަ ދުވަހު ބްލޮގް ޕޯސްޓެއްގައި ވިދާޅުވީ، "ބާޑް" ގެ ނަންދީފައިވާ އެ ޗެޓް ބޮޓް ޓެސްޓުކުރަން އިތުބާރު ހިފޭ ބަޔަކާ ހަވާލުކުރާނެ ކަމަށާއި ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އެ ބޮޓް އާންމުންނަށް ބޭނުންކުރެވޭ ގޮތް ހަދާނެ ކަމަށެވެ.
އެމެރިކާގެ އޭއައި ރިސާޗް ކުންފުނި، "އޯޕަންއޭއައި" އިން އުފައްދައި މިދިޔަ ނޮވެމްބަރު މަހު ނެރުނު "ޗެޓްޖީޕީޓީ" އެކޭ އެއްފަދައިން، "ބާޑް" ވެސް އުފައްދާފައިވާނީ ވަރަށް ބޮޑު ލޭންގުއޭޖް މޮޑެލްއަކުންނެވެ. އެ މޮޑެލްތައް ތައްޔާރުކޮށްފައި ވަނީ އޮންލައިން ގިނަ ޑޭޓާތައް ބޭނުންކޮށްގެން، އެ ބޮޓުތައް ބޭނުންކުރާ މީހުން އެދޭ ކަންތައްތައް ކޮށްދޭ ގޮތަށެވެ.
ގޫގުލް އަދި އަލްފަބެޓްގެ ސީއީއޯ ސުންދަރް ޕިޗާއީ
"'ބާޑް" ގެ އަމާޒަކީ އިލްމު ފުޅާކަމާއި އަަހަރަމެންގެ ބޮޑު ލޭންގުއޭޖް މޮޑެލްތަކުގެ ބާރާއި ބުއްދި އަދި އުފެއްދިންތެރިން ގުޅާލުން،" ޕީޗާއީ ލިޔުއްވާފައިވެ އެވެ.
"އެއީ ވެބުން މައުލޫމާތު ނަގައިގެން ތާޒާ، މަތީ ފެންވަރުގެ ޖަވާބުތައް ފޯރުކޮށްދޭ އެއްޗެއް."
އޭއައި ޗެޓް ބޮޓެއް އިއުލާނުކޮށްފައި މި ވަނީ ގޫގުލްގެ އެންމެ މައި ޕްރޮޑަކްޓް، "އޮންލައިން ސާޗް އިންޖީން" އޭއައިގެ ސަބަބުން އިނދަ ޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ގިނަބަޔަކު ބުނަމުން އަންނަ ދުވަސްވަރެއްގަ އެވެ.
ޗެޓްޖީޕީޓީ އާންމުންނަށް ތައާރަފް ކުރި ފަހުން މިވީ ދެ މަސް ދުވަސްތެރޭ، މީގެ ކުރިން ގޫގުލްގައި ހޯދިދާނެ ބައެއް ސުވާލުތަކަށް ޖަވާބު ދިނުމަށް ބޭނުންކޮށްފައި ވާއިރު، އެކިކަހަލަ ލިޔުންތަކާއި ވާހަކަތަކާއި ލަވަތަކުގެ ލިރިކްސް އުފެއްދުން ފަދަ ކަންކަމުގައި ވެސް މީހުން އަންނަނީ ޗެޓްޖީޕީޓީ ބޭނުން ކުރަމުންނެވެ.
އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން، ޗެޓްޖީޕީޓީ ލޯންޗުކުރިތާ ފުރަތަމަ ދެ މަސް ތެރޭ އެ ބޮޓް ބޭނުންކުރި މީހުންގެ އަދަދު ވަނީ 100 މިލިއަން ފަހަނަޅައިފަ އެވެ. އެއީ ފަހުގެ ތާރީހެއްގައި އެންމެ އަވަހަށް އެ ވަރަށް ޔޫސާއިން ލިބުނު ފުރަތަމަ އެޕްލިކޭޝަނެވެ.
ގޫގުލް ޗެޓްބޮޓްގެ ޖަވާބަކުން 100 ބިލިއަން ގެއްލުން
ޕިކްސެލް 6 ސީރީޒް އެންޑްރޮއިޑް 12 އާ އެކު
ގޫގުލްގެ އިސް މީހަކު އަނެއްކާވެސް މަގާމުން ވަކިކޮށްފި
އޭއައި ބޮޓުތަކުން ގޫގުލްގެ ދުވަސް ދުއްވާލަފާނެ؟
ޓެކް ކުންފުނިތަކުން މުވައްޒަފުން މަދުކުރަނީ ކީއްވެ؟
އޭއައި ސިސްޓަމެއްގައި އިހުސާސް ހުންނަ ކަމަށް ބުނެފި
ގޫގުލްގެ ސީއީއޯގެ މައްސަލައެއް ފުލުހުންނަށް
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
ޓްވިޓާގެ އިތުރު ވެރިންތަކެއް ކުންފުންޏާ ދުރަށް
ގޫގުލް އިން އަންނަ އަހަރު ސްމާޓް ގަޑި ނެރެނީ