28 އޮކްޓޯބަރ 2016
މިއުނިކް (އޮކްޓޯބަރު 28) - ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕަށް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން ތައުރީފުކޮށްފި އެވެ.
މިއުނިކް (އޮކްޓޯބަރު 28) - ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕަށް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން ތައުރީފުކޮށްފި އެވެ.
މިދިޔަ ސީޒަނުގެ މެދުތެރެއިން ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ކްލޮޕް އަންނަނީ އެ ޓީމާ އެކު ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ލިވަޕޫލަށް އިނގިރޭސި ޕްރިމިއާ ލީގެއް ކާމިޔާބު ނުކުރެވި 26 އަހަރު ހޭދަވެފައިވާއިރު، އެ މުއްދަތުގެ ތެރޭގައި އަށް ކޯޗުން ވަނީ އެ ޓީމަށް ގެނެސްފަ އެވެ. ފާގަސަން ބުނީ ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލް ލީގު ހޯދުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
"ލިވަޕޫލަށް ކްލޮޕް ވަރަށް ބޮޑު ކުރިއެރުމެއް ހޯދައިދީފި. ލިވަޕޫލަށް ބޭނުންވަނީ ކްލޮޕް ކަހަލަ ކޯޗެއް. ކްލޮޕް އައިސް ލިވަޕޫލްގެ ފުޓްބޯޅަ ޝައުގުވެރިކޮށްލައިފި. ލީގުގައި ލިވަޕޫލް މި ފެންވަރުގައި ހިފަހައްޓައިފިނަމަ އެ ޓީމަށް ލީގު ލިބުމުގެ ފުރުސަތު ބޮޑު،" ފާގަސަން ބުންޏެވެ.
ފާގަސަން ބުނީ ލިވަޕޫލަށް ލީގު ނުލިބި މި ހޭދަވި މުއްދަތުގެ ތެރޭގައި އެ ޓީމަށް ހަމަޖެއްސި ކޯޗުންގެ ކިބައިފައި ލިވަޕޫލްގެ ފެންވަރު ނެގެހެއްޓުމުގެ ގާބިލްކަން ނެތް ކަމަށެވެ. އެހެން ނަމަވެސް ކްލޮޕް އައިސް މަދު ވަގުތުކޮޅެއްގެ ތެރޭގައި އެ ތަފާތު ދައްކައިފި ކަމަށް އޭނާ ބުންޏެވެ.
މި ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގު ވަރަށް ވާދަވެރިވާނެ ކަމަށާއި ލީގުގެ ރޭހުގައި ފަސް ޓީމެއް އެބައޮތް ކަމަށް ފާގަސަން ބުންޏެވެ.
ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ޔުނައިޓެޑަށް ދިމާވެފައިވާ މައްސަލަ އަކީ އެއް ފެންވަރެއްގައި ނުކުޅެވުން ކަމަށާއި އެކަން ރަނގަޅުކޮށްފިނަމަ ޔުނައިޓެޑް ފެންނާނީ އެހެން ހުރިހާ ޓީމަކަށް ވުރެން ތަފާތުކޮށް ކަމަށް ވެސް ފާގަސަން ބުންޏެވެ.
ލިވަޕޫލާ ކުރިމަތިލާނީ ފާގަސަންގެ ވިސްނުމުގައި: ސޯލްޝެއާ
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
ޔުނައިޓަޑްގެ މެޗުތައް ތާށި ކުރުމަކީ ކުށެއް: ކްލޮޕް
ލިވަޕޫލާއި ޔުނައިޓެޑުން ކުޅުންތެރިން ރިލީސްކުރުމާ ދެކޮޅު
ޔުނައިޓެޑުގެ ކުޑަކުޑަ ސަޕޯޓަރަކަށް ކްލޮޕް ޖަވާބުދީފި
"އެންމެ މޮޅީ ލިވަޕޫލް ކަމަށް އެއްބަހެއް ނުވެވޭނެ"
ޔުނައިޓެޑް ލީގު ކާމިޔާބުކުރަން 30 އަހަރެއް ނުނަގާނެ
ސޯލްޝެއާ އަށް ކްލޮޕް ތައުރީފުކޮށްފި
ލިވަޕޫލާ ދެކޮޅަށް ކުޅުމަކީ މޮރީނިއޯ އަށް ލިބޭ އުފަލެއް
މޮރީނިއޯގެ ފާޑުކިޔުންތަކަށް ކްލޮޕް ދިނީ ފިނި ޖަވާބެއް