13 ސެޕްޓެމްބަރ 2020
ރާއްޖެ އާއި އެމެރިކާ އިން މިދިޔަ ހަފުތާގައި ސޮއިކުރި ސެކިއުރިޓީ އެއްބަސްވުމަކީ އިންޑިއާ ކަނޑުގައި ރާއްޖޭގެ ސިޔާސަތު ސާފުކޮށް ދައްކައިދޭ ނިންމުމެއް ކަމަށް ސިފަކޮށް އިންޑިއާ އިން އެ އެއްބަސްވުމަށް ތާއީދުކުރާ ކަމަށް އެ ގައުމުގެ ނޫހަކުން ބުނެފި އެވެ.
ރާއްޖެ އާއި އެމެރިކާ އިން މިދިޔަ ހަފުތާގައި ސޮއިކުރި ސެކިއުރިޓީ އެއްބަސްވުމަކީ އިންޑިއާ ކަނޑުގައި ރާއްޖޭގެ ސިޔާސަތު ސާފުކޮށް ދައްކައިދޭ ނިންމުމެއް ކަމަށް ސިފަކޮށް އިންޑިއާ އިން އެ އެއްބަސްވުމަށް ތާއީދުކުރާ ކަމަށް އެ ގައުމުގެ ނޫހަކުން ބުނެފި އެވެ.
"ދަ ވަޔާ" ނޫހުން ބުނީ ރާއްޖެ އާއި އެމެރިކާ އެއްބަސްވުމުގައި ސޮއިކުރާކަން ކުރިން އިންޑިއާ އަށް އެނގޭ ކަމަށެވެ. އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ބުނީ އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، އެއްބަސްވުމުގެ ތަފްސީލް އިންޑިއާ އަށް ނޭނގޭ ކަމަށާއި ހިނަމަވެސް މަޝްވަރާތަކުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"ރާއްޖޭން އެ ބުނާ ބުނުން މިއަށްވުރެ ވަކި ސާފެއް ނުވާނެ. އެ ބުނަނީ ރާއްޖެ އަކީ އިންޑޯ-ޕެސިފިކްގެ ބައިވެރިއެކޭ،" ދަ ވަޔާ ނޫހާ ވާހަކަ ދެއްކެވި އިންޑިއާގެ އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައިވެ އެވެ.
"އިންޑޯ-ޕެސިފިކް" މާނަކޮށްފައިވަނީ ޗައިނާގެ ނުފޫޒު ކުޑަކުރަން މަސައްކަތްކުރާ ހަރަކާތެއްގެ ގޮތުގައި އެމެރިކާ އިސްވެ އުފައްދާފައިވާ އިއްްތިހާދަށް ކަމަށް އެ ނޫހުން ބުންޏެވެ. އެެމެރިކާ އިން އެ ގުޅުމަށް ކިޔަނީ "ފްރީ އެންޑް އޯޕެން އިންޑޯ ޕެސފިކް" އެވެ. އަރަބިކަނޑާއި އިންޑިއާ ކަނޑުން ފެށިގެން ގޮސް ޕެސިފިކް ކަނޑާ ހަމައަށް ހުރި ވަރަށް ގިނަ ގައުމުތަކުން އެ އިއްތިހާދުގައި ބައިވެރިވެފައިވެ އެވެ.
ރާއްޖެ އާއި އެމެރިކާ އިން ސޮއިކުރި އެއްބަސްވުމާ ބެހޭ އޮޕަރޭޝަނަލް މާގިނަ ތަފްސީލުތަކެއް ނެތްކަމަށާއި އެކަމަކު އެ އެއްބަސްވުމުގައި އޮތީ ސަލާމަތީ ގޮތުން މުހިއްމު ގިނަ ދާއިރާތަކަކުން އެއްބާރުލުން ކަމަށް އެނގިފައިވާ ކަމަށް އިންޑިއާ އޮފިޝަލުންނާ ހަވާލާދީ ނޫހުން ބުންްޏެވެ.
ރާއްޖެ އާއި އެމެރިކާގެ އެއްބަސްވުމަށް އިންޑިއާ އިން މިފަހަރު ތާއީދުކުރި އިރު މީގެ ކުރިން އެމެރިކާ އިން ރާއްޖެއާ އެކު ގާއިމްކުރަން އުޅުނު އެއްބަސްވުމަކާ އޭރު އިންޑިއާ އިން ދެކޮޅު ހެދި އެވެ. "ސްޓޭޓަސް އޮފް ފޯސް އެގްރިމެންޓް" (ސޯފާ) ގެ ނަމުގައި އެކުލަވައިލި އެއްބަސްވުމުގައި ސޮއިކުރަން އުޅުނީ ކުރީގެ ރައީސް ޑރ.،މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ވަނަ އަހަރު އެވެ. އެފަހަރު އެ އެއްބަސްވުމުގެ ދެލިކޮޕީ ލީކްވެ، އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުންތަކަށް ފަހު ސަރުކާރުން އެކަން ލަސްކޮށްލީ އެވެ. އެކަމަކު އެ އެއްބަސްވުމުގައި ސޮއިނުކުރާނެކަން ރަސްމީކޮށް އިއުލާނު ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު އެވެ.
ދަ ވަޔާ ނޫހާ ވާހަކަ ދެއްކެވި އިންޑިއާގެ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި އިންޑިއާ އިން ވެސް އޭރު އެ އެއްބަސްވުމުގައި ސޮއިނުކުރަން ރާއްޖެއަަށް ބާރު އެޅި އެވެ. އެ އެއްބަސްވުން ގާއިމުނުކުރަން އެދި އިންޑިއާ އިން އެމެރިކާއަށް ވެސް ލޮބީކުރި ކަމަށް ވެސް އޮފިޝަލުން ވިދާޅުވި ކަމަށް ނޫހުން ބުންޏެވެ. އެކަމަކު ރާއްްޖެ އާއި އެމެރިކާއާ ދެމެދު ސަލާމަތީ އެއްބަސްވުމެއް ގާއިމްކުރަން އިންޑިއާ އިން ތާއީދުކުރީ ރާއްޖޭގައި މިހާރު އޮތީ އިންޑިއާއާ މާ ރަހުމަތްތެރި ސަރުކާރަކަށް ވާތީ ކަމަށް ވެސް ނޫހުން ބުންޏެވެ.
ރާއްޖެ-އެމެރިކާ އެއްބަސްވުމުގައި މިދިޔަ ބުރާސްފަތި ދުވަހު ސޮއިކުރެއްވީ، މިވަގުތު އެމެރިކާގައި ހުންނެވި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އެމެރިކާގެ ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯ ސައުތު އެންޑް ސައުތު އީސްޓް އޭޝިޔާ، ރީޑް ވާނާ އެވެ.
"ފްރޭމްވޯކް ފޯ ޔޫއެސް ޑިޕާޓްމަންޓް އޮފް ޑިފެންސް - މޯލްޑިވްސް މިނިސްޓްރީ އޮފް ޑިފެންސް - ޑިފެންސް އެންޑް ސެކިއުރިޓީ ރިލޭޝަންޝިޕް" ގެ ނަމުގައި އެކުލަވާލާފައިވާ ފްރޭމްވޯކްގެ ދަށުން ދެ ގައުމުގެ ދިފާއީ އަދި ސަލާމަތީ ދާއިރާގައި މަޝްވަރާ ބައްދަލުވުންތައް ބޭއްވުމާއި ރާއްޖޭގެ ދިފާއީ މުއައްސަސާ އިތުރަށް ހަރުދަނާކުރުމާ ބެހޭ ހަރަކާތްތައް ހިންގުމަށް ފުރުސަތު ތަނަވަސްކުރުން ހިމެނެ އެވެ.
އޭގެ އިތުރުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި އެއްބާރުލުން އިތުރުކުރުމާއި ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތް ހަރުދަނާކުރުމާއި ގުދުރަތީ ކާރިސާތަކާއި އިންސާނީ އެހީއަށް ބޭނުންޖެހޭ ހާލަތްތަކުގައި ގުޅިގެން އޮޕަރޭޝަންތައް ހިންގުން ފަދަ ކަންކަން ހިމެނެ އެވެ.
ރާއްޖެއަށް ފައިދާ އޮތީ ސަރަހައްދީ ވާދަވެރިކަން އޮވެގެން
ޗައިނާއާ އެކު ބޭނުންވަނީ މަޝްވަރާ
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
"ގައުމުތަކުން އެހީވަނީ ރިފޯމް އެޖެންޑާ ހަރުދަނާ ވީމާ"
ޗައިނާ އާއި އެމެރިކާ އިން ރާއްޖެއަށް ދެ ޑްރޯން ދެނީ
އިންޑިއާ/ޗައިނާގެ މުދަލަށް ރުފިޔާ ދެއްކޭ ގޮތް ހަދަނީ
"ރާއްޖެ ކުޑަވުމަކީ ބުލީއަށް ލިބޭ ލައިސަންސެއް ނޫން"
ޗައިނާ-އިންޑިއާ ގަދަހިފުމުގައި ފިތޭކަށް ބޭނުމެއް ނޫން
އިންޑިއާ-ޗައިނާގެ ވާދަވެރިކަމުގެ ގޮންޖެހުން ރާއްޖެ އަށް
ތިން ގައުމެއްގެ ސަފީރުންނަށް ރުހުން ދީފި