10 ސެޕްޓެމްބަރ 2020
ޗައިނާ ސަރުކާރުން އެ ގައުމުގެ ވީގޫރް ސަރަހައްދުގެ މުސްލިމުންގެ އެތައް ލައްކަ ބަޔަކު ނުހައްގުން ހައްޔަރުކޮށް އަނިޔާކޮށް ލާއިންސާނީ އަމަލުތައް ހިންގާ މައްސަލާގައި ވީގޫރް މުސްލިމުންގެ ދެ ޖަމާއަތަކުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގައި ޗައިނާއާ ދެކޮޅަށް ދައުވާކޮށްފި އެވެ.
ޗައިނާ ސަރުކާރުން އެ ގައުމުގެ ވީގޫރް ސަރަހައްދުގެ މުސްލިމުންގެ އެތައް ލައްކަ ބަޔަކު ނުހައްގުން ހައްޔަރުކޮށް އަނިޔާކޮށް ލާއިންސާނީ އަމަލުތައް ހިންގާ މައްސަލާގައި ވީގޫރް މުސްލިމުންގެ ދެ ޖަމާއަތަކުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގައި ޗައިނާއާ ދެކޮޅަށް ދައުވާކޮށްފި އެވެ.
ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގައި ވީގޫރް މުސްލިމުން ޗައިނާއާ ދެކޮޅަށް ކުރި މި ދައުވާ އަކީ، މި މައްސަލާގައި މިހާތަނަށް އެ ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލަ އެވެ.
މި ދައުވާއާ އެކު، ވީގޫރް މުސްލިމުންގެ ތެރެއިން ޗައިނާގެ ޑިޓެންޝަން ސެންޓަރުތަކުގައި ހައްޔަރުކޮށްގެން ގެންގުޅެފައިވާ އެތައް ބައެއްގެ ބަޔާންތައް ވެސް ހުށަހަޅާފައިވެ އެވެ. ޗައިނާ ސަރުކާރާއި ސަރުކާރުގެ އިސް ބައެއް އޮފިޝަލުން އިންސާނިއްޔަތާ ދެކޮޅު ޖަރީމާ ހިންގަމުންދާ ކަމަށް ބުނެ ހުށަހެޅި މައްސަލާގައި ހިމަނާފައިވާ، އަނިޔާ ލިބުނު މީހުންގެ ބަޔާންތަކުގައި ޑިޓެންޝަން ސެންޓަރުތަކުގައި ކުރާ ކަންކަން ބަޔާންކޮށްފައިވެ އެވެ.
މަމާތުރްސަން އުމަރު ކިޔާ 29 އަހަރުގެ މީހަކު ދީފައިވާ ބަޔާނުގައި ބުނެފައިވަނީ އޭނާ 2017 ވަނަ އަހަރު ޝިންޖިއަން ސަރަހައްދުގެ ޑިޓެންޝަން ސެންޓަރެއްގައި ހައްޔަރުކުރި ކަމަށާއި އެތަނުގައި ހުންނަ އިރު ވަށައިގެން އިވެނީ މީހުންގެ ރުއިމާއި ވޭނީ ހަޅޭކުގެ އަޑު ކަމަށެވެ. މިހާރު ތުރުކީގެ އިސްތަންބޫލްގައި އުޅޭ އުމަރު މިކަމާ ބެހޭ ގޮތުން އެންބީސީ ނިއުސް އަށް ވެސް އިންޓަވިއުއެއް ދީފައިވެ އެވެ. އެ އިންޓަވިއުގައި އޭނާ ބުނީ ޗައިނާ ސަރުކާރުން އޭނާ މަރާލަފާނެ ކަމުގެ ބިރު މިހާރު ވެސް އެބަ އޮތް ކަމަށެވެ.
ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ވީގޫރް މީހުންނަކީ މުސްލިމުންނަށް ވީތީ އެ މީހުން ގައިދުކޮށްގެން ހައްގުތަކުން މަހުރޫމްކޮށް އިންސާނިއްޔަތާ ހިލާފް އަމަލުތައް އެ މީހުންނާ ދެކޮޅަށް ހިންގާ ކަމަށެވެ.
މިދިޔަ ޖުލައި މަހު އެމެރިކާ ސަރުކާރުން ވެސް ވަނީ ޗައިނާ އިން ވީގޫރް މުސްލިމުންނަށް އަނިޔާވެރިވެ އެ މީހުން ލައްވާ މަޖުބޫރުން މަސައްކަތް ކުރުވައި އަދި ވީގޫރްގެ އާބާދީ އިތުރުވިޔަ ނުދިނުމަށް އެ މީހުންގެ މީހުންނަށް ދަރިން ނުލިބޭ ގޮތް ހަދާ ކަމަށް ބުނެ ޗައިނާ ސަރުކާރުގެ ބައެއް އޮފިޝަލުންނާ ދެކޮޅަށް އާ ފިޔަވަޅުތަކެއްގެ ގޮތުގައި، ވިސާ ތާށިކޮށްފަ އެވެ.
ދައުވާގައި ތަފްސީލް ދެމުން ބުނެފައިވަނީ ވީގޫރްގެ އާބާދީ ކޮންޓްރޯލްކުރަން ޗައިނާ ސަރުކާރުން މަޖުބޫރުކޮށް ޕްރޮގްމާތަކެއް ހިންގާ ކަމަށެވެ. އެ ޕްރޮގްރާމްތަކުގައި މީހުން ނުވިހާ ގޮތް ހަދަ އެވެ. އަދި ހައްޔަރުކުރާ ވީގޫރްގެ އެތައް ބަޔަކު މަރާ ކަމަށާއި ވީގޫރްގެ މީހުންގެ ތެރެއިން ގައުމުން ބޭރުގައި އުޅޭ މީހުންނަށް ޖާސޫސްކުރުމަށް ވީގޫރްގެ އެހެން މީހުންނަށް މަޖުބޫރު ކުރުވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ޗައިނާ އިން އަންނަނީ މި ތުހުމަތުތަކަށް އަބަދުވެސް އިންކާރުކުރަމުންނެވެ. ޗައިނާ އިން ބުނެފައިވަނީ ވީގޫރް މީހުންނަށް އަނިޔާވެރި ނުވާ ކަމަށާއި ފިޔަވަޅުތައް އަަޅަނީ ޓެރަރިޒަމާ ދެކޮޅަށް ކަމަށެވެ.
އެމެރިކާ އާއި ޗައިނާ އިން ވެސް އެ ގައުމުތަކުގައި ހިނގާ ކަންކަމަށް އައިސީސީގެ އިހްތިސާސް ހިނގާނެ ކަމަކަށް ގަބޫލެއް ނުކުރެ އެވެ. އަދި ޖުލައި 11 ގައި އެމެރިކާ އިން ވަނީ އައިސީސީގެ ބައެއް އޮފިޝަލުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅައިފަ އެވެ. އެކަމަކު އަދިވެސް 123 ގައުމަކުން ކޯޓު ބަލައިގަނެ އެވެ. އެހެންވެ އެ ކޯޓުގެ ނިންމުންތަކުގައި ބައިނަލްއަގުވާމީ ގޮތުން ބުރަދަން ހުންނާނެ އެވެ.
ގުރްއާން ގެންގުޅޭތީ އުއިގާ މުސްލިމުން ހަރުކަށި
މުސްލިމް ގައިދީންނަށް ލާއިންސާނީ އަނިޔާކޮށްފައި ވެދާނެ
ޗައިނާގެ މުސްލިމުންނަށް ކުރާ އަނިޔާ ހާމަވާ ލިޔުންތަކެއް
ޗައިނާ އެމްބަސީ ކައިރީގައި މުޒާހަރަކޮށްފި
ޗައިނާއިން ދީނީ އިލްމުވެރިންނާއި އިމާމުން ހައްޔަރުކުރަނީ
ވީގޫރު މުސްލިމުންނަށް އަނިޔާވެރިއެއް ނުވަން: ޗައިނާ
ޗައިނާގެ މުސްލިމް ކޭމްޕްތަކުގައި ރޭޕް ކުރުމުގެ ޝަކުވާ
މުސްލިމުންނާ ދެކޮޅަށް ޗައިނާއިން ހިންގަނީ ގަތުލްއާއްމެއް
ޗައިނާގައި މުސްލިމުން ހައްޔަރުކުރަން އިތުރު ކޭމްޕްތަކެއް
"މުލާން" ގެ ޚަބަރުތައް ނުގެންނަން އަންގައިފި!