13 ޖޫން 2022
ޗައިނާގެ ވީގޫރް ދަރިކޮޅުގެ މުސްލިމުން ކޭމްޕްތަކުގައި ބަންދުކޮށް އެ މީހުންނާ މެދު ފުލުހުން އަމަލުކުރަން އަންގާފައިވާ ގޮތްތައް ހާމަވާ އެތައް ހާސް ފޮޓޯއަކާއި ޑޮކިއުމަންޓްތަކެއް އެ ގައުމުގެ ފުލުހުންގެ ސާވާތާތަކުން ބަޔަކު ވަނީ ނަގައިފަ އެވެ. ނޫސްވެރިންގެ ބަޔަކު ގުޅިގެން އެ ޑޮކިއުމެންޓްތައް ދިރާސާކޮށް ބެލި އިރު، ކޭމްޕްތަކާ ބެހޭ ގޮތުން ޗައިނާއިން ދައްކަނީ ކަނޑައެޅިގެން ދޮގުކަން ވަނީ ހާމަވެފަ އެވެ.
ޗައިނާގެ ވީގޫރް ދަރިކޮޅުގެ މުސްލިމުން ކޭމްޕްތަކުގައި ބަންދުކޮށް އެ މީހުންނާ މެދު ފުލުހުން އަމަލުކުރަން އަންގާފައިވާ ގޮތްތައް ހާމަވާ އެތައް ހާސް ފޮޓޯއަކާއި ޑޮކިއުމަންޓްތަކެއް އެ ގައުމުގެ ފުލުހުންގެ ސާވާތާތަކުން ބަޔަކު ވަނީ ނަގައިފަ އެވެ. ނޫސްވެރިންގެ ބަޔަކު ގުޅިގެން އެ ޑޮކިއުމެންޓްތައް ދިރާސާކޮށް ބެލި އިރު، ކޭމްޕްތަކާ ބެހޭ ގޮތުން ޗައިނާއިން ދައްކަނީ ކަނޑައެޅިގެން ދޮގުކަން ވަނީ ހާމަވެފަ އެވެ.
ޝިންޖިއަން ފުލުހުންގެ ސާވާތަކުން ލީކުވި މައުލޫމާތުގެ ތެރޭގައި ކޭމްޕްތަކުގައި ބަންދުކޮށްގެން ގެންގުޅޭ 2،800 މީހެއްގެ ފޮޓޯ އާއި މީހުންގެ ޒާތީ މައުލޫމާތުގެ 300،000 އަށް ވުރެ ގިނަ ރެކޯޑާއި ގައިދީންގެ 23،000 އަށް ވުރެ ގިނަ މީހުންގެ މައުލޫމާތާއި އެ މީހުންނާ މެދު ފުލުހުން އަމަލުކުރަންވީ ގޮތުގެ އިރުޝާދު ހިމެނޭ 10 ސެޓް ހިމެނެ އެވެ.
މީގެ ތެރޭގައި ޗައިނާގެ އިސް އޮފިޝަލުންގެ ތަގުރީރުތަކާއި ސްޕްރެޑްޝީޓްތަކާއި ޕްރެޒެންޓޭޝަންތައް ވެސް ހިމެނޭއިރު ވީގޫރް މުސްލިމުންނާ މެދު އަމަލުކުރާ ގޮތް ވަރަށް ސާފުކޮށް ވަނީ ހާމަވެފަ އެވެ.
ހާމަވި މައުލޫމާތުން އެނގޭ ގޮތުގައި އެންމެ ސަރަހައްދަކުން ވެސް 23،000 ނުވަތަ ބޮޑެތި މީހުންގެ ތެރެއިން 12 ޕަސެންޓް މީހުން ޗައިނާގައި ވަނީ 2017-2018 ވަނަ އަހަރާ ދެމެދު ކޭމްޕްތަކަށް ގެންގޮސް ބަންދުކޮށްފަ އެވެ. މި ނިސްބަތުން މުޅި ޝިންޖިއަން ސަރަހައްދަށް ބަލާ ނަމަ ވީގޫރް ދަރިކޮޅުގެ 1.2 މިލިއަން މީހުން ކޭމްޕްތަކުގައި ހައްޔަރުކުރި ކަމަށް އަންދާޒާކުރެވެ އެވެ.
ލީކުވި ޑޮކިއުމަންޓްތަކުގެ ތެރޭގައި ހިމެނޭ، ކޭމްޕްތަކުގައި ހައްޔަރުކޮށްގެން ގެންގުޅޭ ބައެއް މީހުންގެ ފޮޓޯ
ތުރުކީ ދަރިކޮޅަށް ނިސްބަތްވާ ވީގޫރުން ޝިންޖިއަންގެ ޝުފޫ ކޭމްޕަށް ގެންގޮސް އެ މީހުންނާ މެދު އަމަލުކުރަން ދީފައިވާ އިރުޝާދުގައި އެއްވެސް މީހަކު ފިލައިގެން ދާން އުޅެފި ނަމަ ބަޑިޖަހައި މަރާލުން ހުއްދަކޮށްފައިވެ އެވެ. ކޭމްޕްގައި ގެންގުޅޭ މީހުން އެއް ކޭމްޕުން އަނެއް ކޭމްޕަށް ގެންދާއިރު ތިބެންޖެހޭނީ ފުރަގަހަށް ބިޑި އަޅުވައި ޗޭނު ޖަހައި އަދި ކަނު ބަނދެފައި ކަމަށް ފުލުހުންގެ މެނުއަލްގައި އޮވެ އެވެ.
މިއީ މީގެ ކުރިން 2018 ވަނަ އަހަރު ޔޫޓިއުބްގައި ލީކުވި ވީޑިއޯއެއްގައި ވެސް ފެންނަ ގޮތެވެ. އެހެންވެ އެ ވީޑިއޯ އަކީ ސައްހަ އެއްޗެއް ނޫން ކަމަށް ޗައިނާއިން ބުނާ ވާހަކަ ވަނީ ދޮގުވެފަ އެވެ.
ލީކުވި ޑޮކިއުމަންޓްތަކުގެ ތެރޭގައި، ކޭމްޕްތަކުގައި ތިބި 2،884 މީހެއްގެ ފޮޓޯ ހިމެނެ އެވެ. މީހުންގެ ނަމާއި އުމުރާ ވެސް އެކު ފޮޓޯތައް ލޭބަލްކޮށްފައި ވާއިރު މިއީ އެ މީހުންގެ އާއިލާތަކަށް އެތައް އަހަރެއް ފަހުން އެ މީހުންނާ ބެހޭ ގޮތުން ލިބުނު ހަމައެކަނި މައުލޫމާތަށް ވާނެ އެވެ. މި މީހުންގެ ތެރޭގައި ފުރާވަރުގެ ކުދިންނާއި އުމުރުން ވަރަށް ދުވަސްވީ މީހުން ވެސް ހިމެނެ އެވެ. ހާމަވި މައުލޫމާތުގައި އެންމެ ޒުވާން ކުއްޖަކީ 13 އަހަރުގެ ކުއްޖެކެވެ. އެންމެ ދުވަސްވީ މީހަކީ 73 އަހަރުގެ މީހެކެވެ.
މި ފޮޓޯގައި ވަނީ ކޭމްޕްތަކުގައި މުސްލިމުންގެ އަތުން އަތުލާފައިވާ ބައެއް ތަކެތި. މީގެ ތެރޭގައި ނަމާދުކުރާއިރު އަޅާ މުސައްލަ އާއި ގުރުއާން ހަތިމު ވެސް ހިމެނޭ.
މުސްލިމުންނާ ދެކޮޅަށް އަނިޔާވެރި ނުވާ ކަމަށް ޗައިނާއިން ބުނި ނަމަވެސް ހާމަވި މައުލޫމާތުން އެނގޭ ގޮތުގައި ތުނބުޅި ބެހެއްޓީ އަދި ގުރުއާން ކިޔަވާތީ ވެސް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައި އެބަތިއްބެވެ. ގައިދީންގެ އަތުން އަތުލާފައިވާ ކަމަށް ބުނާ ތަކެތީގެ ލިސްޓުތަކުގައި ނަމާދުކުރަން އަޅާ މުސައްލަ/ކުނާ އަދި ދީނީ ފޮތް، ތަސްބީހް ފަތި އަދި ބުރުގާ ހިމެނެ އެވެ.
ޗައިނާގެ އެކި ހިސާބުތަކުގައި ކޭމްޕްތައް ހަދައިގެން ވީގޫރް ދަރިކޮޅުގެ މުސްލިމުން ހައްޔަރުކޮށް އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމަށް އެކި ޖަމާއަތްތަކުން ބުނި ނަމަވެސް ޗައިނާ ސަރުކާރުން ބުނަނީ އެއީ ޗައިނާގެ އަގު ވައްޓާލަން ދައްކާ ދޮގު ވާހަކަ ކަމަށެވެ. ކޭމްޕްތައް ހަދައިގެން ގެންގުޅެނީ ޗައިނާގެ މުޖުތަމައުއަށް ފެތޭ ގޮތަށް މީހުންގެ އުޅުން ބަދަލުކުރަން ޖެހޭ ކަމަށް ފެންނަ މީހުން ތަރުބިއްޔަތުކޮށް ކިޔަވައިދޭން ކަމަށް ޗައިނާއިން ބުނެ އެވެ. މިކަމާ ފާޑުކިޔުންތައް އަމާޒުވާން ފެށުމުން ކޭމްޕްތަކުން އެންމެން ގްރެޖުއޭޓްވެއްޖެ ކަމަށާއި ތަންތަން ބަންދުކުރަމުން އަންނަ ކަމަށް ވެސް ޗައިނާއިން ކުރިން ބުނެފައިވެ އެވެ.
ގުރްއާން ގެންގުޅޭތީ އުއިގާ މުސްލިމުން ހަރުކަށި
މުސްލިމް ގައިދީންނަށް ލާއިންސާނީ އަނިޔާކޮށްފައި ވެދާނެ
ޗައިނާ އެމްބަސީ ކައިރީގައި މުޒާހަރަކޮށްފި
ޗައިނާއިން ދީނީ އިލްމުވެރިންނާއި އިމާމުން ހައްޔަރުކުރަނީ
ވީގޫރު މުސްލިމުންނަށް އަނިޔާވެރިއެއް ނުވަން: ޗައިނާ
ޗައިނާގެ މުސްލިމް ކޭމްޕްތަކުގައި ރޭޕް ކުރުމުގެ ޝަކުވާ
މުސްލިމުންނާ ދެކޮޅަށް ޗައިނާއިން ހިންގަނީ ގަތުލްއާއްމެއް
ޗައިނާގައި މުސްލިމުން ހައްޔަރުކުރަން އިތުރު ކޭމްޕްތަކެއް
"މުލާން" ގެ ޚަބަރުތައް ނުގެންނަން އަންގައިފި!
ވީގޫރް މުސްލިމުން ޗައިނާއާ ދެކޮޅަށް ދައުވާކޮށްފި