25 ސެޕްޓެމްބަރ 2020
ނޯޓް: މިއީ އޮސްޓްރޭލިއަން ސްޓްރެޓެޖިކް ޕޮލިސީ އިންސްޓިއުޓްގެ ރިސާޗަރެއް ކަމަށްވާ ނަތަން ރިއުސާ "ދަ ގާޑިއަން" ގައި ޝާއިއުކުރައްވާފައިވާ ލިޔުމެއްގެ ހުލާސާ ތަރުޖަމާއެކެވެ. އޭނާ އަކީ އިންސާނީ ހައްގުތަކާ ގުޅޭ ކަންކަން ހޯދައި ބެލުމުގައި ސެޓެލައިޓް އިމޭޖް ދިރާސާކުރުމާއި ޖިއޯސްޕޭޓަލްގެ ތަޖުރިބާކާރެކެވެ.
ނޯޓް: މިއީ އޮސްޓްރޭލިއަން ސްޓްރެޓެޖިކް ޕޮލިސީ އިންސްޓިއުޓްގެ ރިސާޗަރެއް ކަމަށްވާ ނަތަން ރިއުސާ "ދަ ގާޑިއަން" ގައި ޝާއިއުކުރައްވާފައިވާ ލިޔުމެއްގެ ހުލާސާ ތަރުޖަމާއެކެވެ. އޭނާ އަކީ އިންސާނީ ހައްގުތަކާ ގުޅޭ ކަންކަން ހޯދައި ބެލުމުގައި ސެޓެލައިޓް އިމޭޖް ދިރާސާކުރުމާއި ޖިއޯސްޕޭޓަލްގެ ތަޖުރިބާކާރެކެވެ.
ޗައިނާގެ ޝިންޖިއަންގައި 2007 ވަނަ އަހަރުން ފެށިގެން އަންނަނީ އެތަނުގައި އުޅޭ ވީގޫރް ދަރިކޮޅުގެ މީހުންގެ އާދަކާދަ ދެމެހެއްޓުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. ވީގޫރުން ނުވަތަ ތުރުކީ ނަސްލުގެ ޗައިނާ މީހުންގެ ތެރޭގައި ގިނައީ މުސްލިމުންނެވެ. މަނާކޮށްފައިވަނީ އެ މީހުންގެ އާދަކާދަ އާއި ދީން އާންމުކޮށް ފާޅުވާ ގޮތަށް އުޅުން އެކަންޏެއް ނޫނެވެ. ސިއްރިއްޔާތުގައި ވެސް އެ މީހުންނަށް އެ ކަންކަން މަނަލެވެ. މިއީ ޗައިނާ ސަރުކާރާ ދެކޮޅަށް ސިޔާސީ ގޮތުން ތަފާތު ޚިޔާލެއް ފާޅުކުރުން ބޮޑު ކުށަކަށް ވުމުގެ އިތުރުން ވީގޫރް ދަރިކޮޅުގެ މީހުންނަށް އަދަބު ލިބޭނެ ކަންކަމެވެ.
ވީގޫރް ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހަރުކަށި އަދި އަނިޔާވެރި ހަރަކާތްތަކެއް ފަށައި އެ މީހުން ހިފައި ހައްޔަރުކޮށްގެން ގެންގޮސް ގެންގުޅެން ފެށީ ޗައިނާ ސަރުކާރުން ބުނިހާ ގޮތަކަށް ހެދިގެން އުޅެންޖެހޭ އަނިޔާވެރި ކޭމްޕްތަކެއްގަ އެވެ. އެ ކޭމްޕްތައް ހެދުމުގެ މައިގަނޑު ބޭނުމަކަށް އޮތީ އެތަނުގައި ވީގޫރް މީހުން ހައްޔަރުކޮށް ސިކުނޑި ދޮވެލައި، ޗައިނާ ބޭނުންވާ ގޮތަށް ވިސްނުން ބަދަލުކުރުވުމެވެ. މި ބިރުވެރިކަމުގެ ތެރޭގައި ވީގޫރް މީހުން "ބަސް އަހައި ކިޔަމަންވީ" އެވެ. ދީނާއި ސަގާފަތާއި އާދަކާދަ ވަންހަނާކޮށް ހިމޭންވީ އެވެ.
ގިނަ ބައެއްގެ ލަފާކުރުންތަކުން ދައްކަނީ ޗައިނާ އިން ހަދައިގެން އުޅޭ ޑިޓެންޝަން ކޭމްޕްތަކުގައި ހައްޔަރުކުރި ޝިންޖިއަންގައި އުޅޭ ވީގޫރް ދަރިކޮޅު މީހުންނާއި އެހެން ނަސްލުތަކުގެ މުސްލިމުންގެ ތެރެއިން 10 ޕަސެންޓް މީހުން ހައްޔަރުކޮށްފައިވާނެ ކަމަށެވެ.
އޮސްޓްރޭލިއަން ސްޓްރެޓެޖިކް ޕޮލިސީ އިންސްޓިޓިއުޓުން ޝިންޖިއަންގެ އިންސާނީ ހައްގުތަކުގެ މައްސަލަތައް ދިރާސާކުރިއިރު ދެ އަހަރު ވަންދެން އަހަރެން ނޫސްވެރިންނާއި ރިސާޗަރުންނާއި ސާވެޔަރުންނާ އެކު މަސައްކަތްކޮށް، ޗައިނާ އިން ހަދައިގެން އުޅޭ ސިއްރު ކޭމްޕްތައް ސެޓެލައިޓް ފޮޓޯތައް ބޭނުންކޮށްގެން ވީހާ ވެސް ގިނައިން ދެނެގަނެވޭ ބެލީމެވެ. ހޯދުންތަކުން އެނގުނީ ޗައިނާ ސަރުކާރުން ބުނާ ގޮތާ ދިމާ އިދިކޮޅަށް، އެތައް ބައިވަރު ކޭމްޕްތައް ހަދައިގެން އުޅޭކަމެވެ.
ބުރާސްފަތި ދުވަހު އަހަރެމެން ވާނީ، މިކަމަށް ހާއްސަކޮށް ހެދި ވެބްސައިޓެއް ކަމަށްވާ Xinjiang Data Project ގައި، އަލަށް ލިބުނު ހުރިހާ މައުލޫމާތެއް ހިއްސާކޮށްފަ އެވެ.
ވަކިވަކިން ހުރި 380 ޑިޓެންޝަން ސެންޓަރެއް އަހަރެމެންނަށް ފެނުނެވެ. މިއީ 2007 ވަނަ އަހަރުން ފެށިގެން އެކި ހިސާބުތަކުގައި ހަދައި ބޮޑުކުރަމުން އައިސްފައިވާ ތަންތަނެވެ. އެކަމަކު މިއީ ޗައިނާގައި ހުރި މިފަދަ ހުރިހާ ތަނެއް އަހަރެމެންނަށް ފެނުން ކަމަކަށް ގަބޫލެއް ނުކުރަމެވެ. ފެނުނު ތަންތަނުގެ ތެރެއިން އެންމެ ބޮޑު ތަނެއް ކަމަށް ފާހަގަވީ 380 އޭކަރުގެ ސަރަހައްދެއްގައި ހަދާފައިވާ ތަނެކެވެ.
މި އަނިޔާވެރިކަމުން ވީގޫރް ސަރަހައްދު ވަނީ ނާމާންކަމުގެ ތެރޭގަ އެވެ. ކޭމްޕްތަކަށް ގެންދިޔަ އެތައް ހާސް ބަޔަކު ލައްވައި ގަދަކަމުން ބުރަ މަސައްކަތްކުރުވާ ކަމަށް ބެލެވެ އެވެ. އެ މީހުންނާ މެދު އިހާނެތިކޮށް އަމަލުކުރާ، ވަޒީފާ ދޭ މީހުންގެ ޝަކުވާއެއް އަހާނެ މީހަކު ނެތެވެ. ބޭސްފަރުވާގެ ހަގެއް ނެތެވެ. މިއިން ކަމަކާ ވާހަކަ ދެއްކިޔަސް ކޭމްޕްގައި އަނެއްކާ ހައްޔަރުކުރާނެ ކަމުގެ ބިރު އޮވެ އެވެ.
އާބާދީގެ ރަސްމީ ހިސާބުތަކާ އަޅާބަލާ ނަމަ، ޗައިނާގައި އަޣުލަބިއްޔަތު އޮންނަ ނަސްލުގެ މީހުން ނުހިމަނައި ކޮންމެ 37،000 މީހަކަށް ކޭމްޕެއް އެބަހުއްޓެވެ. މި ރޭޓްގައި އެމެރިކާގެ ނިއު ޔޯކްގެ ކަޅު ނަސްލުގެ މީހުންނަށް ޖަލު ހަދާ ނަމަ މިއީ ތިން އަހަރު ތެރޭ 55 ޖަލަށް ވުރެ ގިނައިން ހެދުމާ އެއްވަރެވެ.
ޝިންޖިއަންގެ ގަވަރުނަރުގެ ވާހަކައާ، އެ ތަނުގައި އޮތް ހަގީގަތާ މުޅިން ތަފާތެވެ. ގަވަރުނަރު ޝޮހްރަތު ޒާކިރް ޑިސެމްބަރު މަހު ވިދާޅުވެފައިވަނީ ކޭމްޕްތަކުގައި "ހުރިހާ ޓްރެއިނީން ކިޔެވުން ފުރިހަމަކޮށްފި" ކަމަށެވެ. އަދި މި އެންމެން މިހާރު ވަނީ މުޖުތަމައުއާ ގުޅިފައި ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު ސެޓެލައިޓް އިމޭޖްތަކުން ލިބެނީ މި ވާހަކަތާ ދިމާ އިދިކޮޅު ހެއްކެވެ. އެތައް ބައިވަރު ކޭމްޕްތަކެއްގެ ސައިޒު ދަނީ އަދިވެސް ބޮޑުކުރަމުންނެވެ. އަދި މިހާރުވެސް 12 ވަރަކަށް ކޭމްޕް އަލަށް ވެސް އެބަ ހަދަ އެވެ. އުރުމްގީ ގައި ހުރި އެންމެ ބޮޑު ކޭމްޕް ވެސް މިދިޔަ އަހަރު އިތުރު އެއް ކިލޯ މީޓަރަށް ބޮޑުކޮށްފައިވެ އެވެ. ގަވަރުނަރު އެގޮތަށް ވާހަކަ ދެއްކެވި އިރު ވެސް އެ ކޭމްޕްގައި އިތުރު 20 އިމާރާތެއްގެ މަސައްކަތް އޭރު ވެސް ދިޔައީ ކުރަމުންނެވެ.
ޒާކިރްގެ އެ ވާހަކަ ދެއްކެވި ދުވަސްވަރު 60 އަށް ވުރެ ގިނަ ޑިޓެންޝަން ފެސިލިޓީ ބޮޑުކަމުން ދިޔަކަމުގެ ހެކި އަހަރެމެންނަށް ލިބުނެވެ.
ކަޝްގަރް ސިޓީ ކައިރީގައި ވޯލްޑް ބޭންކުގެ އެހީގައި ހަދާފައިވާ ވޮކޭޝަނަލް ޓްރެއިނިން ސްކޫލެއް ކައިރީގައި މިދިޔަ ޖެނުއަރީ މަހު 60 އޭކަރުގެ ޑިޓެންޝަން ސެންޓަރެއް ހަދައި ހުޅުވި އެވެ. މިއީ ވެސް، ކޭމްޕްތަކުން އެންމެ ދޫކޮށްލާފައިވާ ކަމަށް ޒާކިރް ވިދާޅުވި ފަހުން ހުޅުވިތަނެކެވެ. އަލަށް ހެދި މި ކޭމްޕް ވަށައިގެން 14 މީޓަރުގެ އުސް ފާރެއް ލާފައި ހުރެ އެވެ. އަދި ތަނުގެ ފޯރިމަރަން ތިބޭ މީހުންނަށް 10 މީޓަރުގެ އިސް ވޮޗް ޓަވަރުތައް ހުރެ އެވެ. މިތަނުގައި ފަސް ބުރީގެ 13 އިމާރާތް އެބަހުއްޓެވެ. މި ތަންތަނުގެ ޖުމްލަ ބޮޑުމިން 100،000 އަކަމީޓަރު ހުރެ އެވެ. ލަފާކުރެވޭ ގޮތުން، އަލަށް ހަދާ މީގެ ކޮންމެ ކޭމްޕެއްގައި ދިހަ ވަރަކަށް ހާސް މީހުން ގެންގުޅެވޭނެ އެވެ.
ކޭމްޕްތަކުގައި ތިބި އެންމެ ދޫކޮށްލާފައިވާ ކަމަށް ބުންޏަސް، ސެޓެލައިޓް ފޮޓޯތަކުންނާއި މީހުން ހެކިބަހުން އެނގެނީ އެތައް ހާސް ބަޔަކު ވަނީ ސެކިއުރިޓީ ވަރުގަދަ ކޭމްތަކަށް ގެންގޮސްފައި ކަމަށެވެ.
މިގޮތަށް ގަދަބާރުން މީހުން މުޖުތަމައުން އެކަހެރިކުރަން ފެށުމުން އާންމުންގެ ތެރޭގައި ވަނީ ބޮޑު ބިރުވެރިކަމެއް އުފެދިފަ އެވެ. ވީގޫރް ނުވަތަ، ޗައިނާ ސަރުކާރުން ނުރައްކަލެއް ކަމަށް ބަލާ ނަސްލެއްގެ ކޮންމެ މީހަކަށް ވެސް އަބަދުމެ އޮންނަ ބިރަކީ ކޮންމެ ވަގުތެއްގައި ވެސް މީގެ ކޭމްޕަކަށް ގެންދިއުމެވެ. އެއިން ނަސްލެއްގެ މީހަކަށް، ސަރުކާރުގެ އޮފިޝަލަކު ހިތްހަމަނުޖެހޭ އެއްޗެއް ބުނެވުނަސް ނުވަތަ ޗައިނާގެ ރަސްމީ ނަސްލުގެ އާންމުންގެ މީހަކު ނުވަތަ އަވަށްޓެރިއަކު ނުރުހޭ ކަމެއް ކޮށްލެވުނަސް ކޭމްޕަކަށް ގެންގޮސް މުޖުތަމައުން އެކަހެރިކޮށްފާނެ އެވެ.
އެހެންވެ އެ މީހުން ތިބެނީ ހިމޭނުންނެވެ.
މިއީ ޗައިނާ ސަރުކާރުން ބޭނުންވާ ގޮތެވެ. މި ބިރުވެރި ސަރަހައްދަށް ދިޔަ ކޮންމެ މީހަކަށް މިކަން އެއްވެސް އޮޅުމެއް ނެތި ފެނެ އެވެ. މިއަަހަރުގެ ކުރީކޮޅު ޓޫރިސްޓަކު ޔޫޓިއުބްގައި ޕޯސްޓްކުރި ވީޑިއޯއެއްގައި، ވީގޫރް ސަރަހައްދުގެ އާސާރީ ތަންތަން ހިމެނޭ ހިސާބުގައި މީހުން އުޅުނަސް އެއިން މީހަކު އަނގަޔަކުން ނުބުނެ އެވެ. ޓޫރިސްޓުންނާ އެކު ހަލަބޮލި މި ސަރަހައްދުގައި އެ ވީޑިއޯ ކުރި މިހާގެ އަޑު ނޫނީ ނީވެ އެވެ. މީހުން އުޅޭތާ 600 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އެ ސަރަހައްދުގެ އެތައް ގެއެއް ހުރީ ފަޅަށެވެ.
ހަމަ އެތަނުގައި މީގެ ހަތަރު އަހަރު ކުރިން ނަގާފައިވާ ވީޑިއޯއެއްގައި ފެންނަނީ އެ ފަޅުކަމެއް ނޫނެވެ. އިވެނީ އިސްލާމީ ހެދުމުގައި ތިބި އަންހެނުން އެ މީހުންގެ ދަރިންނަށް ގޮވާ އަޑާއި ގޭގޭ ދޮރުމަތީގައި ކުޑަކުދިން އުފާވެރިކަމާ އެކު ކުޅެ ވާހަކަ ދެއްކުމުގައި ތިބޭތީ އެވެ.
މިދިޔަ މަހު ޓޫރިސްޓަކު ނެގި ވީޑިއޯއެއްގައި، ޓޫރިސްޓް މީހާ ވީގޫރްގެ އާބާދަކަށް ވަންނަން އުޅުމުން ފުލުހަކު ހުރަސް އަޅައި، އެތަނުގައި އެއްވެސް މީހަކު ނޫޅޭ ކަމަށް ބުނާތީ އިވެ އެވެ.
މި އަނިޔާވެރިކަމުން ވީގޫރް ސަރަހައްދު ވަނީ ނާމާންކަމުގެ ތެރޭގަ އެވެ. ކޭމްޕްތަކަށް ގެންދިޔަ އެތައް ހާސް ބަޔަކު ލައްވައި ގަދަކަމުން ބުރަ މަސައްކަތްކުރުވާ ކަމަށް ބެލެވެ އެވެ. އެ މީހުންނާ މެދު އިހާނެތިކޮށް އަމަލުކުރާ، ވަޒީފާ ދޭ މީހުންގެ ޝަކުވާއެއް އަހާނެ މީހަކު ނެތެވެ. ބޭސްފަރުވާގެ ހަގެއް ނެތެވެ. މިއިން ކަމަކާ ވާހަކަ ދެއްކިޔަސް ކޭމްޕްގައި އަނެއްކާ ހައްޔަރުކުރާނެ ކަމުގެ ބިރު އޮވެ އެވެ.
މި ކަންކަން ކުރާ މީހުންނަށް ރަސްމީ އިދާރާތަކުން އަދަބު ނުދިނުން އެއްކިބާގައި އޮތް އިރު ދެނީ އެކަން އެގޮތަށް ކުރުމުގެ ހިތްވަރެވެ. ބާރުއަޅަނީ ކަން ކުރުމަށެވެ.
ގުރްއާން ގެންގުޅޭތީ އުއިގާ މުސްލިމުން ހަރުކަށި
މުސްލިމް ގައިދީންނަށް ލާއިންސާނީ އަނިޔާކޮށްފައި ވެދާނެ
ޗައިނާގެ މުސްލިމުންނަށް ކުރާ އަނިޔާ ހާމަވާ ލިޔުންތަކެއް
ޗައިނާ އެމްބަސީ ކައިރީގައި މުޒާހަރަކޮށްފި
ޗައިނާއިން ދީނީ އިލްމުވެރިންނާއި އިމާމުން ހައްޔަރުކުރަނީ
ވީގޫރު މުސްލިމުންނަށް އަނިޔާވެރިއެއް ނުވަން: ޗައިނާ
ޗައިނާގެ މުސްލިމް ކޭމްޕްތަކުގައި ރޭޕް ކުރުމުގެ ޝަކުވާ
މުސްލިމުންނާ ދެކޮޅަށް ޗައިނާއިން ހިންގަނީ ގަތުލްއާއްމެއް
"މުލާން" ގެ ޚަބަރުތައް ނުގެންނަން އަންގައިފި!
ވީގޫރް މުސްލިމުން ޗައިނާއާ ދެކޮޅަށް ދައުވާކޮށްފި