12 ސެޕްޓެމްބަރ 2020
މި މަހުގެ 4 ވަނަ ދުވަހު ޑިޒްނީ ޕްލަސް އިން ޕްރިމިއާކުރި އެ ސްޓޫޑިއޯގެ އާ ފިލްމު "މުލާން" ގެ މަންޒަރުތަކެއް ޗައިނާގެ ވިގޫރް މުސްލިމުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގާ ޝިއަންޖިންގައި ނަގާފައިވާ މައްސަލަ ހޫނުވުމާ ގުޅިގެން އެ ފިލްމާ ބެހޭ ޚަބަރުތައް ނުގެންނަން ޗައިނާގެ ބޮޑެތި މީޑިއާތަކަށް އެ ގައުމުގެ ސަރުކާރުން އަންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި މަހުގެ 4 ވަނަ ދުވަހު ޑިޒްނީ ޕްލަސް އިން ޕްރިމިއާކުރި އެ ސްޓޫޑިއޯގެ އާ ފިލްމު "މުލާން" ގެ މަންޒަރުތަކެއް ޗައިނާގެ ވިގޫރް މުސްލިމުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގާ ޝިއަންޖިންގައި ނަގާފައިވާ މައްސަލަ ހޫނުވުމާ ގުޅިގެން އެ ފިލްމާ ބެހޭ ޚަބަރުތައް ނުގެންނަން ޗައިނާގެ ބޮޑެތި މީޑިއާތަކަށް އެ ގައުމުގެ ސަރުކާރުން އަންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިގޮތަށް އަންގާފައި ވަނީ ހޮލީވުޑްގެ ފިލްމުތަކަށް އޭޝިއާގައި އެންމެ ބޮޑު މާކެޓެއް އޮންނަ ޗައިނާގެ ތިއޭޓަރުތަކުގައި "މުލާން" ހުކުރު ދުވަހުން ފެށިގެން ދައްކަން ފަށާފައި ވަނިކޮށެވެ.
ފިލްމާ ގުޅުން ހުރި ޚަބަރުތައް ނުގެންނަން އެންގިކަން ބައެއް މީޑިއާތަކުން ރޮއިޓާޒް އަށް ކަށަވަރުކޮށް ދީފައިވެ އެވެ. އެގޮތުން ބައެއް ތަންތަނަށް އެކަން އެންގީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކެއްގެ އޮފިޝަލުންތަކެއްގެ ޓެކްސްޓް މެސެޖްތަކުން ކަމަށް ބުންޏެވެ. އަދި ބައެއް މީޑިއާތަކުން ބުނީ އެކަން އެންގީ ސައިބަސްޕޭސް އެޑްމިނިސްޓްރޭޝަން އޮފް ޗައިނާއިންނެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން އެތަނުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
Exclusive: China bars media coverage of Disney's 'Mulan' after Xinjiang backlash - sources https://t.co/ppOMR6WmNf
— Adhushan (@Adhushan1) September 11, 2020
"މުލާން" ގެ މަންޒަރުތަކެއް ޝިއަންޖިންގައި ނެގިކަން އެނގުމާ އެކު ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ އެ ފިލްމު ބޮއިކޮޓްކުރަން ގޮވާލައި ކެމްޕޭން ވެސް ކުރަމުންނެވެ. އޭގެ ތެރޭގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތައް ވެސް ހިމެނެ އެވެ.
އެފަދަ ޖަމާއަތްތަކުން ބުނެފައިވާ ގޮތުގައި ޑިޒްނީން "މުލާން" ގެ މަންޒަރުތަކެއް ޝިއަންޖިންގްގައި ނެގުމަކީ ޗައިނާ އިން ވިގޫރް މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކަށް ހިތްވަރު ދިނުމެވެ. އަދި މިކަން ބަލައިނުގަނެވޭނެ ކަމަށް ބުނެފައިވެ އެވެ.
މި މައްސަލާގައި ޑިޒްނީން އޮތީ ހިމެނޭނުންނެވެ.
"މުލާން" ގެ ވިކިޕީޑިއާ ޕޭޖް ބުނާގޮތުން އެ ފިލްމުގެ މަންޒަރުތައް ނެގީ ޗައިނާ އާއި ނިއު ޒިލެންޑްގަ އެވެ. އެކަމަކު ޗައިނާގައި ޝޫޓްކުރީ ކޮން ތަންތާކު ކަމެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް ބައެެއް މީޑިއާތަކުން ވަނީ ފިލްމު ޝޫޓްކުރަން ޑިޒްނީން ޝިއަންޖިންގްގައި ލޮކޭޝަން ހޯދަން މަސައްކަތްކުރި ކަމަށް ބުނެފަ އެވެ.
ވިގޫރް މުސްލިމުންނާ ދެކޮޅަށް ޖަރީމާތައް ހިންގާ ތަނުގައި ފިލްމު ޝޫޓްކުރިކަން ފަޅާއެރީ ފިލްމު ނިމިގެން ގެނެސްދޭ ކްރެޑިޓް ތެރޭގައި ޗައިނާގެ ކަމާބެހޭ ފަރާތްތަކަށް ޝުކުރުއަދާކޮށްފައި އޮތުމުންނެވެ. މީގެ ސްކްރީންޝޮޓްތަކެއް ވެސް ބައެއް މީހުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ.
ޗައިނާގެ ވާހަކެއް ކިޔައިދޭ "މުލާން" ގެ މައިގަނޑު ޕްލޮޓަކީ އަސްކަރިއްޔާގައި މަސައްކަތްކޮށްފައިވާ އުމުރުން ދުވަސްވީ މީހަކު އަލުން އެނބުރި ހަނގުރާމަ އަށް ނުކުންނަން ޖެހުމުން ބަދަލުގައި އޭނާގެ އަންހެން ދަރިފުޅު ޖިންސް އޮޅުވާލައިގެން ހަނގުރާމަ އަށް ނުކުމެ ދައްކައިލާ ކުޅަދާނަ ކަމެވެ. "މުލާން" އަކީ ޑިޒްނީ 1998 ގައި ހަމަ އެ ނަމުގައި ގެނެސްދިން އެނިމޭޓެޑް ފިލްމު އަސްލަކަށް ބަލައިގެން ނިކީ ކާރޯ ޑައިރެކްޓްކުރި ފިލްމެކެވެ.
ޖުމްލަ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ "މުލާން" ގެ މައިގަނޑު ކާސްޓަކީ ޗައިނާ މީހުންނެވެ. މި ފިލްމު ދުނިޔޭގެ އެކި ހިސާބުތަކުގައި އަޅުވައިގެން މިހާތަނަށް 7.5 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ.
މުސްލިމް ގައިދީންނަށް ލާއިންސާނީ އަނިޔާކޮށްފައި ވެދާނެ
ވިގޫރްގައި މުލާން ޝޫޓްކުރުމުން ޑިޒްނީ ހޫނުފެނަށް
ޗައިނާގެ ޓޫރިޒަމް ލޯގޯއެއް ޑިޒްނީގެ ލޯގޯއާ ވައްތަރު
ޑިޒްނީގެ "މުލާން" ބޮއިކޮޓް ކުރަން ގޮވައިލަނީ
"ޑެއާޑެވިލް" ގެނެސްދެނީ އަންނަ އަހަރު މާޗުގައި
މުފާސާއަށް އަޑު އެޅި ޖޭމްސް އާލް ޖޯންސް މަރުވެއްޖެ
ބިލިއަން ޑޮލަރު ހޯދި ދެވަނަ ފިލްމަކަށް "ޑެޑްޕޫލް"
މެންޑަލޯރިއަން އާއި ގްރޮގޫގެ ފިލްމެއް އުފައްދަނީ
"ފެންޓާސްޓިކް ފޯ" އަށް ޕެޑްރޯ ޕަސްކަލް؟
"މެޑަމް ވެބް"ގެ ޓްރެއިލާ ނެރެފި