21 ޑިސެމްބަރ 2019
ޗައިނާގެ ސިޓީއެއް ކަމަށްވާ ޑާލިއަންގެ ޓޫރިޒަމް އިޝްތިހާރުކުރަން ބޭނުންކުރާނެ ލޯގޯއެއް ޑިޒައިންކުރަން ހުޅުވާލައި، އެއް ވަނަ އަށް ދިޔަ ލޯގޯ އެމެރިކާގެ ފިލްމު ކުންފުނި ޑިޒްނީގެ ލޯގޯއާ ވައްތަރުވުމުން ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.
ޗައިނާގެ ސިޓީއެއް ކަމަށްވާ ޑާލިއަންގެ ޓޫރިޒަމް އިޝްތިހާރުކުރަން ބޭނުންކުރާނެ ލޯގޯއެއް ޑިޒައިންކުރަން ހުޅުވާލައި، އެއް ވަނަ އަށް ދިޔަ ލޯގޯ އެމެރިކާގެ ފިލްމު ކުންފުނި ޑިޒްނީގެ ލޯގޯއާ ވައްތަރުވުމުން ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.
އެއް ވަނަ ހޮވުނު ލޯގޯއަކަށް ޑާލިއަން ކަލްޗާ އެންޑް ޓުއަރިޒަމް ބިއުރޯ އިން ހޮވި ލޯގޯގެ ނަން އަޅާފައި އިން ގޮތަށް ބަލާ އިރު ޑާލިއަންގެ ސްޕެލިިންގްގައި ޑީ އަކުރު އިނީ ސީދާ ޑިޒްނީގެ ސްޕެލިންގައި ޑީ އަކުރު އިންނަ ބައްޓަމަށެވެ. އަދި މުޅި ޑާލިއަންގެ ލިޔެފައި އިނީ ވެސް ޑިޒްނީގެ ފޮންޓާ ދާދި އެއްގޮތަށެވެ.
މި އެއްގޮތްވުން ގިނަ ބަޔަކަށް ހަޖަމުކުރަން ދަތިވެ، ޗައިނާގެ މަޝްހޫރު ސޯޝަލް ޕްލެޓްފޯމް ވެއިބޯގައި އެއް ވަނަ އަށް ދިޔަ ލޯގޯ އަށް ޖޯކް ޖަހާފައިވެ އެވެ. އަދި ގިނަ ބަޔަކު ބުނީ ޓޫރިޒަމް ބިއުރޯ އަށް މިކަން ފާހަގަނުކުރެވުމަކީ ވެސް ލަދުވެތި ކަމެއް ކަމަށާއި މިއީ ސީދާ ކޮޕީރައިޓްގެ އުސޫލުތަކާ ވެސް ހިލާފު ކަމަކަށް ވެދާނެ ކަމަށެވެ.
މިކަން ސޯޝަލް މީޑިއާގައި ބޮޑު މައްސަލައަކަށް ހެދުމުން ޑާލިއަން ލޯގޯ ޑިޒައިންކުރަން ބޭއްވި ހަރަކާތުގެ އޮގަނައިޒިން ކޮމިޓީން ބުނީ ލޯގޯގެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށާއި އެ ލޯގޯ އަކީ އަދި ރަސްމީކޮށް ބޭނުން ކުރަން ނިންމި އެއްޗެއް ނޫން ކަމަށެވެ.
"ލޯގޯ އަށް ފުރުސަތު ހުޅުވާލި އިރު އޮންނާނެ ކަނޑައަޅާފައި އެ އެއްޗަކީ އެ ލޯގޯއެއް ހުށަހަޅާ މީހެއްގެ އަމިއްލަ އުފެއްދުމަކަށް ވާން ޖެހޭނޭ،" ކޮމިޓީގެ ބަޔާނުގައި ބުންޏެވެ. "އަދި ކޮޕީރައިޓްގެ މައްސަލައެއް ފާހަގަކުރެއްވިއްޖެ ނަމަ ވަނަ އަނބުރާ ގެންދާނެކަން ވެސް އޮންނާނީ އަންގާފައި. އެހެންވީމާ މި މައްސަލައިގެ ތަހުގީގު ކުރިއަށް އެބަދޭ."
Our @jasonyng told @CNN that the Dalian case should serve as a reminder to foreign companies about copycat behaviors in China. "It underscores one of the perils of doing business in China, which operates on a whole different set of rules and scruples” https://t.co/jMA7jtlcfc
— Progressive Lawyers Group 法政匯思 (@HongKongPLG) December 19, 2019
މީގެ ކުރިން ވެސް ޗައިނާގައި މިފަދަ މައްސަލައެއް ފެންމަތިވެ ކޯޓާ ހަމައަށް ގޮސްފައިވެ އެވެ. އެގޮތުން 2016 ގައި އެމެރިކާގެ މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ މައިކަލް ޖޯޑަން އާއި ނައިކީ ގުޅިގެން ނެރުނު ބޫޓް ކަލެކްޝަން "އެއާ ޖޯޑަން" ގެ ލޯގޯ ޗައިނާގެ ކުޅިވަރު ސާމާނު އުފައްދާ ކުންފުނި ގިއައޮޑަން އިން ނަކަލުކުރުމުން ކޯޓަށް ދިއުމުން ފިޔަވަޅު އަޅާފައިވެ އެވެ.
ޑާލިއަންގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ހޮވި ލޯގޯ ޑިޒްނީގެ ލޯގޯއާ ވައްތަރުވި މައްސަލަ އަށް އިޝާރާތްކޮށް، ހޮންކޮންގްގެ ޕްރޮގްރެސިވް ލޯޔާޒް ގްރޫޕްގެ އިސް ވަކީލު ޖޭޒަން ވައި އެންޖީ ވިދާޅުވީ ޗައިނާ އިން ކުންފުނިތަކުގެ ލޯގޯ އާއި ޓްރޭޑްމާކް ކޮޕީކުރާ ނަމަ މިއީ އެ ގައުމުގައި ވިޔަފާރިކުރާ ބޭރުގެ ކުންފުނިތަކަށް އޮތް ސީރިއަސް މައްސަލައަކަށް ވެދާނެ ކަމަށެވެ. އެހެންވެ މިކަހަލަ މައްސަލަތަކާ ގުޅޭ ކަންކަން ހަރުދަނާ ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ލޯގޯއާ ބެހޭ ގޮތުން ޑިޒްނީން މިހާތަނަށް އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. އެ ކުންފުންޏަކީ ޗައިނާގައި ތީމް ޕާކެއް ވެސް ހިންގަމުން އަންނަ ކުންފުންޏެކެވެ. ޝަންހާއީގައި ޑިޒްނީ ތީމް ޕާކް ތަރައްގީކޮށް 2016 ގައި ހުޅުވީ 5.5 ބިލިއަން ޑޮލަރު ހަރަދުކޮށްގެންނެވެ.
"ސްޓާ ވޯސް" ހޮޓަލުގެ އަގު ބޮޑުކަމުން ފާޑުކިޔަނީ
ޑިޒްނީގެ އެންމެ އިސް މަގާމަށް އަލަށް އަންހެނެއް
"އެޓާނަލްސް" އިން ހެރީ ސްޓައިލްސް ވެސް ފެންނާނެ
ޑިޒްނީގެ ބާނީ އަށް އެ ސްޓޫޑިއޯ އިން ފިލްމެއް ހަދަނީ
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން
"މުލާން" ގެ ޚަބަރުތައް ނުގެންނަން އަންގައިފި!
ވިގޫރްގައި މުލާން ޝޫޓްކުރުމުން ޑިޒްނީ ހޫނުފެނަށް
ކެވިން ޓިކްޓޮކްގެ ސީއީއޯގެ މަގާމުން ވަކިވެއްޖެ
ޑިޒްނީގެ ވެރިއަކު ޓިކްޓޮކްގެ ވެރިއަކަށް
ޑިޒްނީން އީދު ތީމަށް ފިލްމެއް ގެނެސްދެނީ