ވަޒީރު ކަމަށް އައްޔަން ކުރެއްވީ ވެސް އަދި ވަކިކުރައްވާނީ ވެސް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ކަމަށާއި އެމަނިކުފާނުގެ "ލޮލުން ވިޔަސް އެކަހަލަ އިޝާރާތެއް އަޔަސް" މަގާމުން އިސްތިއުފާ ދެއްވަން ތައްޔާރު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
09 ސެޕްޓެމްބަރ 2020
ވަޒީރު ކަމަށް އައްޔަން ކުރެއްވީ ވެސް އަދި ވަކިކުރައްވާނީ ވެސް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ކަމަށާއި އެމަނިކުފާނުގެ "ލޮލުން ވިޔަސް އެކަހަލަ އިޝާރާތެއް އަޔަސް" މަގާމުން އިސްތިއުފާ ދެއްވަން ތައްޔާރު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
"މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް،" އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދު އެދިވަޑައިގެންފައިވާ ގޮތަށް މަގާމުން އިސްތިއުފާ ދެއްވާނަންތޯ ދެންނެވުމުން ފައްޔާޒު ވިދާޅުވި އެވެ.
ރައީސް ނަޝީދާއި ފައްޔާޒާ ދޭތެރޭ މައްސަލަތަކެއް އުފެދިފައިވާ މި ދަނޑިވަޅު، ފައްޔާޒް މަގާމުން ވަކިކުރަން ރައީސް ނަޝީދު އިސްވެ ހުންނަވައިގެން މަސައްކަތްޕުޅުތަކެއް ވަނީ ފައްޓަވައިފަ އެވެ. ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމުގެ ހަރަކާތެއް ފަށައިފައިވާ އިރު، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ނަޝީދު ފޮނުއްވި ސިޓީއެއްގައި ފައްޔާޒު އަމިއްލަ އަށް މަގާމުން އެކަހެރިވެ ވަޑައިގަތުމަށް ވެސް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.
"އެ ސިޓީގައިވާ ދެ ކަމަކަށް އަޅުގަނޑު ކޮމެންޓް ކޮށްލަން ބޭނުން ވަނީ. އެއް ކަމަކީ ސިޓީގައި އެދިވަޑައިގެންފައިވާ ގޮތަށް އެ ސިޓީ އަޅުގަނޑު ވެސް ބޭނުން ރާއްޖޭގެ އެންމެންނަށް ވެސް ފެންނަން. ދެ ވަނަ ކަމަކީ އަޅުގަނޑު މަގާމަށް އައްޔަން ކުރީ ރައީސް (އިބްރާހިމް މުހަންމަދު ސޯލިހު). ރައީސް އެދިވަޑައިގެންފިއްޔާ އެއީ ލޮލުން ވިޔަސް އެކަހަލަ އިޝާރާތެއް ކޮށްލައްވާއިރަށް އަޅުގަނޑު އިސްތިއުފާ ދޭނަން،" ފައްޔާޒް ވިދާޅުވި އެވެ.
ހަސަން ލަތީފަށް ރައީސް ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނު އެއްވެސް ވަޒީރަކާ ޒާތީ އެއްވެސް ކަމެއް ނެތެވެ. އެހެން ނަމަވެސް، ސިޓީގައިވާ ގޮތުން، ފައްޔާޒުގެ މައްޗަށް ނަޝީދު ކުރައްވާފައި ވަނީ ކޮރަޕްޝަންގެ ތުހުމަތުތަކެކެވެ. ސިޓީގައި ވިދާޅުވެފައިވާ ގޮތުން، އެމްޑީޕީއާ އެންމެ ދުރީ ކޮރަޕްޝަންގެ ތުހުމަތުތައް ކަމަށްވާއިރު، އެމަނިކުފާނުގެ ތިން އަހަރުގެ ވެރިކަން ނިމުނުއިރު ވެސް އެންމެ ގިނައިން ނުދައްކާ ވާހަކައަކީ ވެސް ކޮރަޕްޝަނުގެ ވާހަކަ އެވެ. އެހެންވެ ފައްޔާޒު މަގާމުން ދުރުކުރުމަށް އެމަނިކުފާނު މަސައްކަތް ކުރައްވަނީ އެމްޑީޕީގެ ކުރިމަގަށް ޓަކައި ކަމަށް ނަޝީދު ވިދާޅުވެފައި ވެ އެވެ.
އެކަމަކު ކޮރަޕްޝަންގެ ތުހުމަތުތައް ފައްޔާޒު ވަނީ ވަރަށް ގިނަ ފަހަރު ދޮގުކުރައްވައިފަ އެވެ.
ފައްޔާޒު އެކަހެރިވެވަޑައިގަތުމަށް ނަޝީދު އެދިވަޑައިގެންފި
ކޮރަޕްޝަން ނުހިންގާ ކަމުގެ ޔަގީންކަން ދެން: ފައްޔާޒު
ފައްޔާޒުގެ މައްސަލައާއެކު ނަޝީދު ގައުމީ މަޖިލިހަށް!
ބައެއް މެމްބަރުން ނަޝީދާ ދެކޮޅަށް ނުކުންނަވައިފި
"މަގާމުން ދުރުކުރިޔަސް ސިޔާސީ ހަޔާތް ނުނިންމާނަން"
"ފައްޔާޒު ވަކިކުރަން ހިނގަނީ ޕާޓީގެ އެތެރޭގެ ކަމެއް"
ފައްޔާޒަށް އިތުބާރު އެބައޮތް، ދިފާއު ކުރާނަން: ރައީސް
ސަރުކާރުގެ ބޭނުމަށް މެމްބަރުންނަށް ގުޅާނަން: ފައްޔާޒު
ވޯޓާ ގުޅެނީ ފައްޔާޒު "ބްރޯ" އަކަށް ވުމުގެ ބިރު؟!
ގޮނޑިތައް ދިނީ ރައީސަށް ޖެއްސުންކުރާކަށް ނޫން:ރޮޒައިނާ