ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 65 ގޮނޑިއާ އެކު މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ދިނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަތިކޮށް، މެނިފެސްޓޯގައިވާ ކަންކަން ތަންފީޒު ކުރުމަށް ހުރަސްއަޅަން ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
13 އޯގަސްޓް 2020
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 65 ގޮނޑިއާ އެކު މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ދިނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަތިކޮށް، މެނިފެސްޓޯގައިވާ ކަންކަން ތަންފީޒު ކުރުމަށް ހުރަސްއަޅަން ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ބަލިކަށިކޮށްލަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ދެތިން މެމްބަރަކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ދެއްކެވި ވާހަކަ އަށް ތާއީދު ކުރައްވައި، ކުރެއްވި ޓުވީޓެއްގައި ރޮޒައިނާ ވިދާޅުވީ އެމްޑީޕީ އަށް މަޖިލީހުގެ ގޮނޑިތައް ދިނީ މެނިފެސްޓޯގައިވާ ކަންކަން އުނދަގުލަކާ ނުލައި ތަންފީޒު ކުރަން ފަސޭހަކޮށްދޭން ކަމަށެވެ.
އޭނާ ވިދާޅުވީ، އެމްޑީޕީ އަށް ގޮނޑިތައް ދިނީ އިދިކޮޅު ޕާޓީ ހެދިގެން މަޖިލިސް މެދުވެރިކޮށް، ރައީސުލްޖުމްހޫރިއްޔާ އަށް ޖެއްސުންކުރަން ނޫން ކަަމަށެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އުޅުން ފަދަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ހިންގާ ބައެއް އަމަލުތައް ސިފަކުރައްވައި ރޮޒައިނާ ވިދާޅުވީ "މި ދެން ބޮޑުވަރު" ކަމަށެވެ.
Rayyithun MDPah verikan dhinumahfahu seedha RJ @ibusolih nisbaiva party ah majleehun 65 gondi dhinee undhagulakaa nulaa manifesto ga vaakankan thanfeez kurumah.
— ?? ??????? ???? ? (@Roxeyna) August 13, 2020
Idhikolhu party hedhigen majlis medhuverikoh RJ ah jessun kuraakah noon. Mihaaru dhen boduvaruhttps://t.co/JA2hjCl5Vi
ރޮޒައިނާގެ ޓުވީޓް.
އޭނާގެ އެ ޓުވީޓަށް ރައްދު ދެމުން އެމްޑީޕީގެ ސަޕޯޓަރަކު އެދުނީ އެ ޕާޓީ އަށް ގޮނޑިތައް ދިނީ ގުޅިގެން އެ ޕާޓީ ފުނޑާލަން ނޫން ކަމަށް ރޮޒައިނާ އަށް ހަނދާން ކޮށްދިނުމަށެވެ.
އޭގެ ރައްދުގައި ރޮޒެއިނާ ވިދާޅުވި ގޮތުގައި ގައުމުގެ ވެރިކަން އެއްފަހަރާ ދެ މީހުންނަކަށް ނުކުރެއްވޭނެ އެވެ. އޭނާ އެ އިޝާރާތް ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ.
Qaumegge verikan effaharaa 2 meehunnakah nukureveyne. Ekan kuran ulhenya nukunnaanee husgoas. Alhugandu party funda kah noolhen + alhugandu kahala nikamehchakah miparty eh nufundeyne. Ekan kureveyni bodunnah. Direct ur msg 2d right person. I’ll stand behind party leader @ibusolih https://t.co/YG9mRzP283
— ?? ??????? ???? ? (@Roxeyna) August 13, 2020
އޭނާ ވިދާޅުވީ ގައުމުގެ ވެރިކަން ދެ ބޭފުޅަކު ކުރައްވަން އުޅުއްވައިފި ނަމަ ނުކުންނާނީ ހުސް ގޯހެވެ.
"އަޅުގަނޑު ޕާޓީ ފުނޑާލާކަށް ނޫޅެން. އަޅުގަނޑު ކަހަލަ ނިކަމެއްޗަކަށް މި ޕާޓީއެއް ނުފުނޑޭނެ. އެކަން ކުރެވޭނީ ބޮޑުންނަށް،" އެމްޑީޕީގެ މެމްބަރު ރޮޒައިނާ ވިދާޅުވި އެވެ.
ޕާޓީ ފުނޑާލަން އުޅޭ މީހަކަށް ނިސްބަތްކުރައްވައި އެ ވާހަކަ ދައްކަން އެދިވަޑައިގަންނަވަމުން ރޮޒައިނާ ވިދާޅުވި ގޮތުގައި އެމްޑީޕީ އަކީ ވަކި މީހެއް ނުވަތަ ވަކި އާއިލާގެ އެއްޗެއް ކަމަށް ބައެއް މީހުންނަށް ހީވެ އެވެ. އެކަމަކު އެއީ އެމްޑީޕީ ހިނގަން ޖެހޭ އުސޫލު ނަމަ އިލެކްޝަންސް ކޮމިޝަންގައި ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ޕާޓީގެ ލީޑަރު ވަރަށް ސާފު ކަމަށެވެ. އަދި ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރަން ޖެހޭ ގޮތާއި ޕާޓީގެ ނިންމުންތައް ނިންމާނެ ގޮތް ވެސް ލިޔެފައި އޮންނަ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު މަސައްކަތެއް ނުކުރަން ރައްޔިތުންނަށް ގެއްލުންވާ ގޮތަކަށް. އަދި މީހަކު ބުނާހާ ގޮތަކަށް ވެސް. ބަޔަކަށް އެކަން ބަލައިނުގަނެވުނަސް ހެޔޮ،" ރޮޒައިނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ކޮންމެ މެމްބަރަކަށް ވެސް ހައްގުތަކެއް ލިބިގެންވާ ކަމަށާއި ބަޔަކު ކިތަންމެ ރުޅި އަޔަސް އެ ހައްގުގެ ބޭނުން ހިފާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ އިތުބާރު ކުރައްވާ ކަމަށް ބުނާ އެއް ވަޒީރު، ފައްޔާޒު ވަކިކުރަން އެމްޑީޕީގެ ބައެއް މެމްބަރުން މަސައްކަތް ކުރައްވަމުން ގެންދަވާއިރު އެކަމާ ދެކޮޅަށް ވެސް ޕާލަމެންޓްރީ ގްރޫޕްގެ ބައެއް ބޭފުޅުން ވަނީ ތެދުވެވަޑައިގެންފަ އެވެ. އެކަމުގައި އިސްކޮށް އުޅުއްވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.
ފައްޔާޒް މަގާމުން ދުރުކުރަން އުޅޭ ސަބަބު އެކަމުގައި އުޅުއްވާ މެމްބަރުން ވިދާޅެއް ނުވެ އެވެ. އަމިއްލަ އަށް ދިފާއުވެވަޑައިގަންނަވަމުން ފައްޔާޒް ވިދާޅުވެފައި ވަނީ އޭނާ މަގާމުން ވަކިކުރަން ޖެހޭ ސަބަބެއް ނޯންނާނެ އެވެ. އިތުބާރު ނެތް ކަމުގެ ވޯޓުގައި ސޮއިކުރަން ފެށީ، ހިތްހަމަނުޖެހޭ ސަބަބެއް އޭނާ އަށް ބުނެދިނުމެއް ވެސް ނެތި ކަމުގެ ކަންބޮޑުވުން ފައްޔާޒު ފާޅުކުރެއްވި އެވެ.
ފައްޔާޒުގެ މައްސަލައާއެކު ނަޝީދު ގައުމީ މަޖިލިހަށް!
ވޯޓާ ގުޅެނީ ފައްޔާޒު "ބްރޯ" އަކަށް ވުމުގެ ބިރު؟!
ބައެއް މެމްބަރުން ނަޝީދާ ދެކޮޅަށް ނުކުންނަވައިފި
ވޯޓު ނުދިނީ އަމީން ބަހައްޓާކަށް ނޫން: ޣަފޫރު
އަޅުގަނޑު މަގާމުން ވަކިކުރާނީ ރައީސް: ފައްޔާޒު
ފައްޔާޒު އެކަހެރިވެވަޑައިގަތުމަށް ނަޝީދު އެދިވަޑައިގެންފި
ސަރުކާރުގެ ބޭނުމަށް މެމްބަރުންނަށް ގުޅާނަން: ފައްޔާޒު
އިތުރު ޖަލްސާއެއް ނުބޭއްވޭނެކަމަށް ކަނޑައަޅަން އެދިއްޖެ
"ނަޝީދު ވަކިކުރަން އުޅެގެން އެމްޑީޕީ ވާނީ ބަލި"
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން ހުށަހަޅަނީ