27 އޮކްޓޯބަރ 2016
ކްލަބް އީގަލްސްގެ މުހިއްމު ފަސް ކުޅުންތެރިޔަކު ކޮންޓްރެކްޓް އާކޮށް އަންނަ ސީޒަނުގައި ވެސް ކްލަބުގައި މަޑުކުރަން އެއްބަސްވެއްޖެ އެވެ.
ކްލަބް އީގަލްސްގެ މުހިއްމު ފަސް ކުޅުންތެރިޔަކު ކޮންޓްރެކްޓް އާކޮށް އަންނަ ސީޒަނުގައި ވެސް ކްލަބުގައި މަޑުކުރަން އެއްބަސްވެއްޖެ އެވެ.
އިތުރު އެއް އަހަރަށް އީގަލްސްގައި މަޑުކުރަން ނިންމި ފަސް ކުޅުންތެރިންނަކީ ސްރީ ލަންކާގެ ގޯލް ކީޕަރު ސުޖަން ޕެރޭރާ އާއި ޑިފެންޑަރު މުޖުތާޒް މުހައްމަދު (މުޖޭ) އާއި ތިން މިޑްފީލްޑަރުން ކަމަށްވާ އިމްރާން ނަޝީދު (އިންމަ) އާއި އަހުމަދު ޒާދު އަދި އިބްރާހިމް މުބީން (މުއްކި) އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކީޕަރުގެ މަގާމް ހޯދި ސުޖަން އީގަލްސްއާ ގުޅުނީ މިދިޔަ ސީޒަނުގެ މެދުތެރެއިންނެވެ. އޭނާ އަކީ ސްރީ ލަންކާ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ވެސް މެ އެވެ.
ކުރިން ނިއު ރޭޑިއަންޓަށް ކުޅުނު ޒާދު މިދިޔަ ސީޒަނުގައި ފެނުނީ ޓީސީ ސްޕޯޓްސް ކްލަބުންނެވެ. މި ފަހަރުގެ ސީޒަނުގައި އީގަލްސް އަށް ޒާދު ވަނީ މޮޅު ކުޅުމެއް ދައްކައި ސީނިއާ ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ.
އީގަލްސްގެ ކެޕްޓަންކަން މި ސީޒަނުގައި ކުރި އިންމަ އަކީ މި ފަހަރު ލީގުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި އެއް މިޑްފީލްޑަރެވެ. ކުރިން ވިޔަންސާ އަށް ކުޅުނު އިންމަ ވަނީ މި އަހަރު ފުރަތަމަ ފަހަރަށް ސީނިއާ ގައުމީ ޓީމުން ފުރުސަތު ހޯދައިފަ އެވެ. ގައުމީ ޓީމު އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ވެސް އިންމަ ވަނީ ކުޅެފަ އެވެ.
ކްލަބް ވެލެންސިއާ ދޫކޮށް މިދިޔަ އަހަރު އީގަލްސް އަށް ބަދަލުވުމަށް ފަހު މުޖޭ އަންނަނީ އީގަލްސްގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މިދިޔަ އަހަރު ސީނިއާ ގައުމީ ޓީމުން ވެސް މުޖޭ ޖާގަ ހޯދި އެވެ. މި އަހަރުގެ ކުރީކޮޅު ލިބުނު އަނިޔާއަކާ ގުޅިގެން މުޖޭ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރެފަ އެވެ. އެހެން ނަމަވެސް އަނިޔާއިން ރަނގަޅުވެ މުޖޭ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.
ޔޫތު ލެވެލުން ފެށިގެން މުއްކި އަންނަނީ އީގަލްސް އަށް ކުޅެމުންނެވެ. ޔޫތު މުބާރާތުން ވިދާލި މުއްކި އަކީ މިހާރު އީގަލްސްގެ ސީނިއާ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިއެކެވެ. ގައުމީ ޓީމު އެންމެ ފަހުން އޭޝިއަން ކަޕް ކޮލިފައިންގައި ލާއޮސްއާ ދެކޮޅަށް ކުޅުނު މެޗަށް ނެގި ސްކޮޑުން މުއްކި ވަނީ ޖާގަ ހޯދައިފަ އެވެ.
އީގަލްސް އިން ބުނީ މި ކުޅުންތެރިން މަޑުކުރުމަކީ ލިބުނު ވަރަށް ބޮޑު ހިތްްހަމަ ޖެހުމެއް ކަަމަށާއި މިއީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ލިބުނު ހިތްވަރެއް ކަމަށެވެ.
ގްރީން ބަލިކޮށް އީގަލްސްއިން މާޒިޔާއާ ކައިރިކޮށްފި
މޮޅު ކުޅުންތެރިޔާ ހުއްޓުވުނީ އެންމެ މޮޅު ކީޕަރަށް!
މޮޅު ކުޅުންތެރިއަކީ ސެންޓޭ، އެއް ވަނަ ކީޕަރަކީ ސުޖަން
މޮޅަކާ އެކު މާޒިޔާ ލީގުގެ އައްޑަނަ އުފުލާލައިފި
ވެލެންސިއާ ބަލިކޮށް އީގަލްސް އިން ފަރަގު ކުޑަކޮށްފި
ނާޝިދުގެ ހަނދާން އާކޮށް ވެލެންސިއާގެ ފަރާތުން ޖާޒީއެއް
އުނދަގޫ މޮޅަކަށް ފަހު އީގަލްސް ކުރީގެ މަގާމަށް
އީގަލްސް އެއްވަރުވިއިރު ޓީސީ މޮޅުވެއްޖެ
އީގަލްސް މޮޅުވެ، މާޒިޔާއާ ގާތަށް ޖެހިލައިފި
ބީޖީއާ އެއްވަރުވެ އީގަލްސް އަށް އުނދަގޫތަކެއް