29 ސެޕްޓެމްބަރ 2016
ނިއު ރޭޑިއަންޓް އަތުން 1-0 އިން މޮޅުވެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމަށް ކްލަބް އީގަލްސް އެރިއިރު، ހަތަރު ވަނަ އަށް އަރަން ލިބުނު ފުރުސަތު ނިއު އަށް އަނެއްކާ ވެސް ގެއްލިއްޖެ އެވެ.
ނިއު ރޭޑިއަންޓް އަތުން 1-0 އިން މޮޅުވެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމަށް ކްލަބް އީގަލްސް އެރިއިރު، ހަތަރު ވަނަ އަށް އަރަން ލިބުނު ފުރުސަތު ނިއު އަށް އަނެއްކާ ވެސް ގެއްލިއްޖެ އެވެ.
އީގަލްސް ދެ ވަނަ މަގާމަށް އެރީ 35 ޕޮއިންޓާ އެކު އެވެ. ކުރިން ދެ ވަނައިގައި 33 ޕޮއިންޓާ އެކު ޓީސީ ސްޕޯޓްސް ކްލަބް ތިން ވަނަ އަށް ވެއްޓިފައިވީ ނަމަވެސް މިރޭ ވިކްޓަރީ އަތުން މޮޅުވެގެން އަލުން ޓީސީ އަށް ދެ ވަނަ މަގާމަށް އެރޭނެ އެވެ. އެއް ވަނައިގައި 43 ޕޮއިންޓާ އެކު އޮތް މާޒިޔާ ވަނީ ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ.
ނިއު އޮތީ 19 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. މި މެޗުން މޮޅުވި ނަމަ ނިއު އަށް ހަތަރު ވަނަ މަގާމަށް އެރޭނެ އެވެ. ނިއު ބަލިވުމާ އެކު، މި ހަފުތާގައި ކުޅޭ މެޗުތަކަށް ފަހު ހަތަރު ވަނައިގައި އޮތް ވެލެންސިއާ އާއި ފަސް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް ނިއުއާ ތަފާތު ބޮޑުކުރުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ. ދެ ޓީމަށް ވެސް 20 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން ހަތަރު ވަނައިގައި އޮތީ ވެލެންސިއާ އެވެ. ޔުނައިޓެޑް ވިކްޓަރީ އޮތީ ފަސް ވަނައިގަ އެވެ.
ނިއު އާއި އީގަލްސް މިއަދު ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ނިޝާން އަލީ/ މިހާރު
މިއަދުގެ މެޗުގައި ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ހުސް ފުރުސަތެއް ލިބުނީ ނިއުގެ ޔޫތު ޓީމުގެ ކުޅުންތެރިޔާ ހުސެއިން ޝަރީފް މުހައްމަދަށެވެ. ގޯލް ކުރިމަތީ ޝަރީފް ހުސްކޮށް ހުއްޓާ ގޯލުގެ ތެރެއަށް ބޭނުން ގޮތަކަށް ފޮނުވާލަން ލިބުނު ނަމަވެސް އޭނާ މަޑުމަޑުން ޖެހުމުން ބޯޅަ ދިޔައީ ގޯލްކުރިމަތިން ހުރަސް ވެގެންނެވެ.
ދެ ވަނަ ހާފު ފަށައިގެން 58 ވަނަ މިނެޓުގައި ނިއުގެ ކެޕްޓަން އަހުމަދު ނިޔާޒް ފޮނުވާލި ބާރު ބޯޅަ ޖެހުނީ ދަނޑީގަ އެވެ. ނިއުގެ ފުރުސަތުތައް ބޭކާރުވިއިރު، އީގަލްސް އިން ވަނީ ލިބުނު ފުރަތަމަ ހުސް ފުރުސަތުގައި ލީޑު ނަގައިފަ އެވެ. މި ގޯލް 62 ވަނަ މިނެޓުގައި ކާމިޔާބުކުރީ މެސަޑޯނިއާ ފޯވާޑް ރިސްޓޭ ނައުމޯފެވެ. މެދުތެރެއިން ލިބުނު ބޯޅަ ހިފައިގެން އަރާ ގޯލަށް ފޮނުވާލުމުން ނިއުގެ ޖަޕާން ގޯލްކީޕަރު އަތުގައި ޖެހިފައި ނުކުތުމުން، ރިސްޓޭ ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.
އޭގެ ފަހުން ލީޑު ފުޅާކުރަން އީގަލްސް އަށް ދެ ފުރުސަތު ލިބުނެވެ. އެގޮތުން 68 ވަނަ މިނެޓުގައި މުހައްމަދު ސެޑިކް ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ކީޕަރު ކައިރިން ނައްޓާލާފައި އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ ނިއުގެ ޑިފެންޑަރަކު ވަނީ ސާފުކޮށްފަ އެވެ. އަދި ނިއުގެ ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ރިސްޓޭ ޖެހި ބާރު ބޯޅަ ނިއުގެ ގޯލްކީޕަރު ސަލާމަތްކުރި އެވެ.
ފަހު ބުރުގެ ކުރިން: މިއީ ތިން ޓީމުގެ ރޭހެއްތަ؟
ނިއު ބަލިކޮށް އީގަލްސް އެއް ވަނަ އަށް
ނިއު ބަލިކޮށް އީގަލްސް އިން މާޒިޔާއާ ޕޮއިންޓަކާ ގާތަށް
އަލްވެސް އާއި މެސީގެ ފަހަތުގައި އިމްރާން!
ގްރީން ބަލިކޮށް އީގަލްސްއިން މާޒިޔާއާ ކައިރިކޮށްފި
އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަން ފަށާނީ ޖޫން މަހު؟
ނިއު ބަލިކޮށް އީގަލްސް ގަދަ ތިނެއް ކަށަވަރުކޮށްފި
ގްރީން އާއި މާޒިޔާ އެއްވަރު، އީގަލްސް އަށް މޮޅެއް
ނިއު އާއި އީގަލްސް އެއްވަރުވެއްޖެ
ސެންޓޭގެ ހެޓްރިކާ އެކު ނިއު ޗެމްޕިއަންކަމާ ގާތަށް