ނިއު ރޭޑިއަންޓުގެ މައްޗަށް 1-0 އިން ކުރި ހޯދައި އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް އަރައި، އެއް ވަނައިގައި އޮތް މާޒިޔާއާ ޕޮއިންޓަކާ ގާތަށް ކްލަބް އީގަލްސް މިރޭ ޖެހިލައިފި އެވެ.
30 ޖޫން 2016
ނިއު ރޭޑިއަންޓުގެ މައްޗަށް 1-0 އިން ކުރި ހޯދައި އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް އަރައި، އެއް ވަނައިގައި އޮތް މާޒިޔާއާ ޕޮއިންޓަކާ ގާތަށް ކްލަބް އީގަލްސް މިރޭ ޖެހިލައިފި އެވެ.
ލީގުގައި ރޭ ޓީސީ ސްޕޯޓްސް އަތުން ބަލިވި މާޒިޔާ އެއް ވަނައިގައި އޮތީ 13 ޕޮއިންޓާ އެކު އެވެ. އީގަލްސް ދެ ވަނަ އަށް އެރީ 12 ޕޮއިންޓާ އެކު އެވެ. މިހާތަނަށް ދެ ވަނައިގައި 10 ޕޮއިންޓާ އެކު އޮތް ޓީސީ ސްޕޯޓްސް ވަނީ ތިން ވަނަ އަށް ވެއްޓިފަ އެވެ. ހަތަރު ވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތީ ޔުނައިޓެޑް ވިކްޓަރީ އެވެ. އަނެއްކޮޅުން ނިއު އޮތީ ފަސް ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.
މިރޭގެ މެޗުގައި އީގަލްސް އިން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނު ނަމަވެސް ލަނޑު ޖަހާނެ ގިނަ ހުސް ފުރުސަތު ލިބުނީ ނިއު އަށެވެ. އެގޮތުން މެޗު ފަށައިގެން 27 ވަނަ މިނެޓުގައި ނިއު އިން ލީޑު ނެގުމާ ގާތަށް ދިޔަ އެވެ. އެކަމަކު އަބްދުﷲ ހަނީފް (ބެންޖޯ) ދިން ބޯޅަ އޭރިއާ ތެރެއިން ހަމްޒާ މުހައްމަދު (ހަމްޕު) ކޮންޓްރޯލްކުރުމަށް ފަހު ޖެހުމުން ދިޔައީ ގޯލް ދަނޑި މަތިންނެވެ. އަދި 35 ވަނަ މިނެޓުގައި ނިއުގެ މުހައްމަދު މުސްލިހް (މުއްޓި) އީގަލްސްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ އީގަލްސްގެ ސްރީ ލަންކާ ގޯލްކީޕަރު ސުޖަން ޕެރޭރާ މަތަކުރި އެވެ. އޭގެ ފަހުން އޭނާ އަށް އޭރިއާ ތެރެއިން ލިބުނު ބޯޅަ، ބޭނުން ގޮތަކަށް ޖަހަން ލިބުނު ނަމަވެސް ރަނގަޅަށް ފޮނުވާނުލެވި އުޅެނިކޮށް އީގަލްސް ޑިފެންޑަރުން ވަނީ އެ ބޯޅަ ސަލާމަތްކޮށްފަ އެވެ.
މި ހާފުގައި އީގަލްސް އިން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އިބްރާހިމް ހަމްދާނަށެވެ. އޭރިއާ ތެރެއިން އޭނާ އަށް ލިބުނު ބޯޅަ ޖެހުމުން އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.
އީގަލްސް އިން ލީޑު ނެގީ ދެ ވަނަ ހާފުގައި، 54 ވަނަ މިނެޓުގަ އެވެ. އަރިމަތިން ހުރަސްކުރި ބޯޅަ އޭރިއާ ތެރެއިން އަބްދުﷲ ސަމީހު މޫސާ އަށް މުޅިން ހުހަށް ލިބުމުން އޭނާ ވަނީ ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލައިފަ އެވެ.
މެޗުގެ ފަހު ބައިގައި ނިއު އިން ކުރިއަށް ޖެހުނު ނަމަވެސް އިތުރު ވަގުތާ ހަމަޔަށް މާ ރަނގަޅު ހަމަލާއެއް އުފެއްދޭ ގޮތެއް ނުވި އެވެ. އިތުރު ވަގުތުގެ ތެރޭ އޭރިއާ ތެރެއިން މުއްޓި އަށް ލިބުނު ބޯޅަ ބޮލުން ފޮނުވަލުމުން ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.
އަލްވެސް އާއި މެސީގެ ފަހަތުގައި އިމްރާން!
ގްރީން ބަލިކޮށް އީގަލްސްއިން މާޒިޔާއާ ކައިރިކޮށްފި
ފަހު ބުރުގެ ކުރިން: މިއީ ތިން ޓީމުގެ ރޭހެއްތަ؟
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ރެކޯޑްތަކަކަށް މޯހަން ނުވިސްނާ؛ މިއަދަށް ތައްޔާރު!
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ފުޓްބޯޅަ: ކްލަބްތަކަށް ވަރިހަމަވީތޯ ސުވާލު އުފައްދައިފި
އެހެން ޓީމަކަށް މާޒިޔާއާ ވާދަކޮށްލެވިދާނެތަ؟
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ