28 އޮކްޓޯބަރ 2016
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މި ފަހަރު އެންމެ ވިދާލި ދެ ކުޅުންތެރިންނަކީ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޓީސީ ސްޕޯޓްސް ކްލަބުގެ އަލީ ފާސިރު (ސެންޓޭ) އާއި އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދި ކްލަބް އީގަލްސްގެ ސުޖަން ޕެރޭރާ އެވެ. ލީގުގައި ސެންޓޭ ލަނޑުގެ އީދެއް ގެނައިއިރު، އޭނާ އަށް ގޯލެއް ވައްދާނުލެވުނީ ހަމައެކަނި ސުޖަން ކޮޅަށެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މި ފަހަރު އެންމެ ވިދާލި ދެ ކުޅުންތެރިންނަކީ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޓީސީ ސްޕޯޓްސް ކްލަބުގެ އަލީ ފާސިރު (ސެންޓޭ) އާއި އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދި ކްލަބް އީގަލްސްގެ ސުޖަން ޕެރޭރާ އެވެ. ލީގުގައި ސެންޓޭ ލަނޑުގެ އީދެއް ގެނައިއިރު، އޭނާ އަށް ގޯލެއް ވައްދާނުލެވުނީ ހަމައެކަނި ސުޖަން ކޮޅަށެވެ.
ލީގުގައި ކުޅުނު 21 މެޗުން ސެންޓޭ ވަނީ 29 ލަނޑު ޖަހައިފަ އެވެ. ސެންޓޭ އަށް ލަނޑެއް ކާމިޔާބު ނުކުރެވި ދިޔައީ ހަ މެޗުގަ އެވެ. ސެންޓޭ އެންމެ ގިނަ ލަނޑު ޖެހި ވިކްޓަރީ ކޮޅަށް އޭނާ އަށް ލަނޑު ކާމިޔާބުކުރި އެވެ. ދެ ވަނަ އަށް އެންމެ ގިނައިން ޖެހީ ބީޖީ ސްޕޯޓްސް ކޮޅަށެވެ. އެ ޓީމު ގޯލަށް ސެންޓޭ ވަނީ ހަތް ލަނޑު ވައްދާލައިފަ އެވެ. ތިން ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހީ ވެލެންސިއާ ކޮޅަށެވެ. އެ ޓީމު ކޮޅަށް ހަ ލަނޑު ޖެހި އެވެ. ނިއު ރޭޑިއަންޓާއި މާޒިޔާ ތެރެއިން ކޮންމެ ޓީމެއް ކޮޅަށް ތިން ލަނޑު ޖެހިއިރު، ޔުނައިޓެޑް ވިކްޓަރީ ކޮޅަށް ޖެހުނީ ދެ ލަނޑެވެ.
އަލީ ފާސިރު (ސެންޓޭ)، ޓީސީ ސްޕޯޓްސް ކްލަބް.-- ފޮޓޯ: މިހާރު
ސެންޓޭ ވަނީ ލީގުގައި ހަތަރު ހެޓްރިކް ހަދައިފަ އެވެ. އޭގެ ތެރެއިން ދެ ހެޓްރިކް ހެދީ ވިކްޓަރީ ކޮޅަށެވެ. އަނެއް ދެ ހެޓްރިކް ހެދީ ބީޖީ އާއި ވެލެންސިއާ ކޮޅަށެވެ. ސެންޓޭ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ކުޅުނު 21 މެޗުގެ ތެރެއިން ނުވަ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިގެންނެވެ.
މި ފަހަރުގެ ސީޒަން ފަށައިގެން އީގަލްސް އިން ވަނީ ބަލިނުވެ 13 މެޗު ހަމަކޮށްފަ އެވެ. މި 13 މެޗުގައި ވެސް ސުޖަންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. ލީގުގައި ކުޅުނު 21 މެޗުގެ ތެރެއިން ސުޖަން ވަނީ ލަނޑެއް ވައްދާނުލާ 13 މެޗު ނިންމާލައިފަ އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމު ތިން މެޗެއްގައި ލިބުނުއިރު، އޭނާ ކޮޅަށް ވަނީ އެންމެ އަށް ލަނޑެވެ. ލީގުގައި އެންމެ މަދުން ލަނޑު ވަނީ ވެސް ސުޖަން ކޮޅަށެވެ.
ސުޖަން އީގަލްސްގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ލަންކާ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް އޭނާ އަށް ވަނީ ދީފަ އެވެ. އީގަލްސް އިން މިދިޔަ ސީޒަނުގައި ސުޖަން ގެނައީ އެ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލަށް އަނިޔާވުމުންނެވެ.
ސުޖަން ޕެރޭރާ (އީގަލްސް).-- ފޮޓޯ: މިހާރު
ފާއިތުވި ދެ ސީޒަނުގައި ވެސް އެންމެ ގިނަ ލަނޑު ޖެހީ ޗެމްޕިއަން މާޒިޔާގެ އަސަދުﷲ އަބްދުﷲ އެވެ. މި ފަހަރު ލީގުގައި ކުޅުނު 21 މެޗުން އަސަދުﷲ ވަނީ 19 ލަނޑު ޖަހައިފަ އެވެ. އަސަދުﷲ ވެސް އެންމެ ގިނަ ލަނޑު ޖެހީ ވިކްޓަރީ ކޮޅަށެވެ. ލީގުގެ ހަތް ވަނަ އަށް ދިޔަ ވިކްޓަރީ ކޮޅަށް އަސަދުﷲ ވަނީ ފަސް ލަނޑު ޖަހައިފަ އެވެ. ބީޖީ ކޮޅަށް ހަތަރު ލަނޑުޖެހިއިރު، އީގަލްސް ކޮޅަށް ވަނީ ތިން ލަނޑު ޖެހި އެވެ. ނިއު އާއި ވެލެންސިއާ އަދި ޔުނައިޓެޑް ވިކްޓަރީގެ ތެރެއިން ކޮންމެ ޓީމެއް ކޮޅަށް ދެ ލަނޑު ޖެހިއިރު، ޓީސީ ކޮޅަށް ވަނީ އެއް ލަނޑު ވައްދާލައިފަ އެވެ.
މިފަހަރު ލީގުގައި އަސަދުﷲ ހެދީ އެންމެ ހެޓްރިކެކެވެ. އެއީ ވިކްޓަރީ ކޮޅަށެވެ. އަސަދުﷲ ވަނީ ހަތަރު މެޗެއްގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދައިފަ އެވެ.
މާޒިޔާގެ ފޯވާޑް އަސަދުﷲ.--- ފޮޓޯ: މިހާރު
މި ފަހަރުގެ ލީގުގައި ދެން އެންމެ ފާހަގަކުރެވޭ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިންނަކީ ޓީސީގެ ނާއިޒު ހަސަން (ދާދު) އާއި މާޒިޔާގެ މުހައްމަދު އުމެއިރު އަދި ޓީސީގެ ޝަމްވީލް ގާސިމް (ބޮންޑާ) އެވެ. މި ތިން ކުޅުންތެރިން ވެސް ވަނީ ވަރުގަދަ މެޗުތަކުގައި ކުޅެން ނިކުމެ ތަފާތު ދައްކައިފަ އެވެ. އީގަލްސްގެ ޒުވާން ޓީމު ލީޑުކޮށް އެ ޓީމުގެ ކެޕްޓަން އިމްރާން ނަޝީދު (އިންމަ) ދެއްކި މޮޅު ކުޅުމުގެ ސަބަބުން އޭނާ އަށް ވަނީ ސީނިއާ ގައުމީ ޓީމުން ފުރުސަތު ލިބިފަ އެވެ.
ޒުވާން ކުޅުންތެރިންނަށް ބަލާއިރު މި ފަހަރު ލީގުގައި ވިކްޓަރީގެ އަހުމަދު ރިސްވާން އާއި އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ސެންޓޭ ކުޅެން ނުކުމެ މާޒިޔާ ސަލާމަތް ކޮށްފި
ގްރީން ބަލިކޮށް އީގަލްސްއިން މާޒިޔާއާ ކައިރިކޮށްފި
އޮޕަރޭޝަނަށް ފަހު ފަސް ކުޅުންތެރިއަކު އަލުން ދަނޑަށް
އެނބުރި އަންނާނީ ކުރިއަށް ވުރެ ވަރުގަދަކޮށް: އަސަދުﷲ
މާޒިޔާގެ ފޯވާޑްލައިން ދެން ބައްޓަންވާނީ ކިހިނެއް؟
މޮޅު ކުޅުންތެރިއަކީ ސެންޓޭ، އެއް ވަނަ ކީޕަރަކީ ސުޖަން
މޮޅަކާ އެކު މާޒިޔާ ލީގުގެ އައްޑަނަ އުފުލާލައިފި
ލީގާ އެކު އަސަދުﷲ ކެރިއަރުގެ އެންމެ އުހަށް
އަސަދުﷲގެ ހެޓްރިކުން މާޒިޔާ އަށް ބޮޑު ލީޑެއް
އީގަލްސް މޮޅުވެ، މާޒިޔާއާ ގާތަށް ޖެހިލައިފި