26 ސެޕްޓެމްބަރ 2016
އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލިބުމާ އެކު މިއީ ކެރިއަރުގެ އެންމެ ކާމިޔާބު ސީޒަނަށް މިހާރު ވެސް ވެއްޖެ ކަމަށާއި އެކަމަކު ބާކީ އޮތް ދެ މުބާރާތުގައި ވެސް ދުލެއް ނުދޭނެ ކަމަށް މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނެފި އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލިބުމާ އެކު މިއީ ކެރިއަރުގެ އެންމެ ކާމިޔާބު ސީޒަނަށް މިހާރު ވެސް ވެއްޖެ ކަމަށާއި އެކަމަކު ބާކީ އޮތް ދެ މުބާރާތުގައި ވެސް ދުލެއް ނުދޭނެ ކަމަށް މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނެފި އެވެ.
ދެ ވަނަ ޑިވިޝަނުގެ ބާރެއްގެ ގޮތުގައި އޮތް މާޒިޔާ އިން މީގެ 10 އަހަރު ކުރިން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފަށައި މިހާރު ވަނީ ދިވެހި ފުޓްބޯޅައިގެ ގަދަބާރަކަށް ވެފަ އެވެ. އެ ޓީމުން އިއްޔެ ފުރަތަމަ ފަހަރަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި އިރު އެކަމުގެ އެންމެ ބޮޑު ހިއްސާއެއް އޮތް އެއް ކުޅުންތެރިޔަކީ މިދިޔަ ސީޒަނުގައި އެ ޓީމަށް ގައުމީ މުބާރާތް އަދި އޭގެ ކުރީ އަހަރު އެފްއޭ ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން އަސަދުﷲ އެވެ.
"މިހާރު ވެސް މިއީ ކެރިއަރުގެ އެންމެ ކާމިޔާބު ސީޒަނަށް ވެއްޖެ،" އަސަދުﷲ ބުންޏެވެ. "މި ސީޒަނަށް ނުކުތް އިރު ވެސް އެންމެ ބޮޑު ޓާގެޓަކީ ލީގު ކާމިޔާބުކުރުން. އެކަން ހާސިލްވެއްޖެ. އެކަމަކު އޭގެ މާނައަކީ އަނެއް ދެ މުބާރާތް ދޫކޮށްލުމެއް ނޫން. (އެފްއޭ ކަޕާއި ގައުމީ މުބާރާތް) ކާމިޔާބުކުރަން ވަރަށް ބޮޑަށް މަސައްކަތްކުރާނަން. އެ ދެ މުބާރާތުގައި ދުލެއް ނުދޭނަން."
ލީގަށް އަމާޒުކޮށް މާޒިޔާ އިން މަޝްހޫރު ގިނަ ކުޅުންތެރިން ގެނައިއިރު ސީޒަނުގެ ކުރީކޮޅު މައްސަލަތަކެއް ދިމާވި އެވެ. އަސަދުﷲ ބުނީ ގިނަ ކުޅުންތެރިންތަކެއް އަލަށް ޓީމާ ގުޅުމުން ހަމަޔަކަށް އެޅެން ވަގުތު ނެގި ކަމަށާއި އެކަމަކު ފަހުން ހުރިހާ ކަމެއް ދިޔައީ ރަނގަޅަށް ކަމަށެވެ.
"ވަރަށް ފުރިހަމަ ކާމިޔާބެއް މި ލިބުނީ. މާޒިޔާ މެނޭޖްމަންޓުން ފެށިގެން ކުޅުންތެރިންނާއި ކޯޗުންނާއ އޮފިޝަލުންގެ މަސައްކަތް މިއީ،" އަސަދުﷲ ބުންޏެވެ.
އޭނާ ބުނީ ޖޫން ޓްރާންސްފާގައި އަލީ އަޝްފާގް (ދަގަނޑޭ) ޓީމާ ގުޅުމުން ހިތްވަރު އާވި ކަމަށައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާއާ އެކު މާޒިޔާ އަށް ކުރިއެރުން ލިބި ކުޅުންތެރިން އިތުރަށް މޯޓިވޭޓްވި ކަމަށެވެ. އަސަދުﷲ ބުނީ ކުރިމަގުގައި ވެސް ހުންނާނީ މާޒިޔާގައި ކަމަށާއި އެހެން ކްލަބަކާ ގުޅުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
"މާޒިޔާއާ އެކު އިތުރު ކާމިޔާބީތަކެއް ހޯދަން ބޭނުންވަނީ. ވަރަށް ހިތްހަމަޖެހޭ ކްލަބާ މެދު،" މިދިޔަ ދެ އަހަރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަސަދުﷲ ބުންޏެވެ.
އެނބުރި އަންނާނީ ކުރިއަށް ވުރެ ވަރުގަދަކޮށް: އަސަދުﷲ
މާޒިޔާގެ ފޯވާޑްލައިން ދެން ބައްޓަންވާނީ ކިހިނެއް؟
މޮޅު ކުޅުންތެރިޔާ ހުއްޓުވުނީ އެންމެ މޮޅު ކީޕަރަށް!
އަސަދުﷲގެ ހެޓްރިކުން މާޒިޔާ އަށް ބޮޑު ލީޑެއް
ވެއްޓުނަސް މާޒިޔާއަށް ތެދުވެވޭނެކަން ސާބިތު ކޮށްދެވިއްޖެ
ގްރީން ބަލިކޮށް އީގަލްސްއިން މާޒިޔާއާ ކައިރިކޮށްފި
"ދަނޑަށް ފަރިތަވުމުގެ ފައިދާ މާޒިޔާ އިން ނަގާނަން"
މާޒިޔާގެ ކެޕްޓަންކަން ރެކޯޑް ތަރި އަސަދުﷲ އަށް
އޮޕަރޭޝަނަށް ފަހު ފަސް ކުޅުންތެރިއަކު އަލުން ދަނޑަށް
އޮޕަރޭޝަނަށް ފަހު އަސަދުﷲ ވަރުގަދަ އަޒުމެއްގައި