07 ޑިސެމްބަރ 2020
ކުރިއަށް އޮތް ސީޒަނުގައި ވެސް މާޒިޔާގެ ކެޕްޓަނެއްގެ ގޮތުގައި އަސަދުﷲ އަބްދުﷲ ހަމަޖައްސައިފި އެވެ.
ކުރިއަށް އޮތް ސީޒަނުގައި ވެސް މާޒިޔާގެ ކެޕްޓަނެއްގެ ގޮތުގައި އަސަދުﷲ އަބްދުﷲ ހަމަޖައްސައިފި އެވެ.
އަސަދުﷲ އަންނަނީ 2014 ވަނަ އަހަރުން ފެށިގެން މާޒިޔާގެ ކެޕްޓަންކަން ކުރަމުންނެވެ. އޭނާގެ ކެޕްޓަންކަމުގެ ދަށުގައި މާޒިޔާ އިން ވަނީ ރާއްޖޭގެ ހުރިހާ މުބާރާތެއްގެ ތަށި ހޯދައިފަ އެވެ. ކުރިއަށް އޮތް ސީޒަނަކީ އޭނާ މާޒިޔާގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅޭނެ ހަތް ވަނަ ސީޒަނެވެ. މާޒިޔާއާ އެކު ނުވަ މުބާރާތުގެ ތަށި އުފުލާލިއިރު އޭގެ ތެރެއިން އަށް މުބާރާތް ކާމިޔާބުކުރީ އަސަދުﷲގެ ކެޕްޓަންކަމުގަ އެވެ.
ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދާފައިވާ އަސަދުﷲ އަކީ ރާއްޖޭގެ ފުޓްބޯޅައިގައި އެއް ކްލަބަކަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މާޒިޔާ އަށް ކުޅެދިން ނުވަ ވަރަކަށް އަހަރު ތެރޭ އެ ޓީމަށް 153 ގޯލު ޖަހައިދީފަ އެވެ.
އޭވައިއެލް އިން ވިދާލި ފޯވާޑް ކްލަބް ވެލެންސިއާ އަށް ކުޅުމަށް ފަހު މާޒިޔާ އަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އަސަދުﷲގެ ކުޅުން އެންމެ ބޮޑަށް ފާހަގަވާން ފެށީ 2014 ވަަނަ އަހަރުގެ ސީޒަން މެދުތެރެއިން އަލީ ސުޒޭން މާޒިޔާގެ ކޯޗުކަމާ ހަވާލުވުމުންނެވެ. ފަހުން މާޒިޔާއާ ހަވާލުވި މެސެޑޯނިއާ ކޯޗު މަރުޔާން ސެކުލޮސްކީގެ ކޯޗުކަމުގައި ވެސް އަސަދުﷲ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ފުޓްބޯޅައިގެ މަޝްހޫރު ރަށެއް ކަމަށްވާ އދ. މަހިބަދޫ އަށް އުފަން އަސަދުﷲގެ ދެ ކަކުލަށް ފާއިތުވި ތިން އަހަރުގެ ތެރޭ ދެ ފަހަރެއްގެ މަތިން ސީރިއަސް އަނިޔާއެއް ލިބުނު ނަމަވެސް އޭނާ ކޮންމެ ފަހަރަކު ވެސް ވަނީ ރަނގަޅު ރިހެބިލިޓޭޝަނެއްގެ ތެރެއިން މަސައްކަތް ކޮށްގެން އެނބުރި އައިސްފަ އެވެ.
މާޒިޔާގެ ކެޕްޓަނާއި ވައިސް ކެޕްޓަނުން: (ކ.ވ)، ޑުންގާ، އިރޭ، އަސަދުﷲ، ސަމުއްޓެ އަދި އުމެއިރު.-- ފޮޓޯ: މާޒިޔާ
ވަރުގަދަ ސްކޮޑަކާ އެކު މި ސީޒަނަށް ކުރިމަތިލާ މާޒިޔާގެ ވައިސް ކެޕްޓަނުންގެ ގޮތުގައި ހަމަޖައްސާފައިވަނީ މުހައްމަދު އިރުފާން (އިރޭ)، ސަމޫހު އަލީ (ސަމުއްޓޭ)، ހަސަން ޝިފާޒް (ޑުންގާ) އަދި މި ސީޒަނުގައި އަލުން މާޒިޔާއާ ގުޅުނު ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަަދު އުމެއިރު އެވެ.
މާޒިޔާ އިން ވަނީ ކެޕްޓަނުންނާއި ވައިސް ކެޕްޓަނުންނަށް ރަމްޒީ ބޭންޑެއް ހަވާލުކޮށްފަ އެވެ. މާޒިޔާގެ ކޯޗަކީ ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި އަދި 2018 ވަނަ އަހަރު ޓީސީ އަށް ލީގު ހޯދައިދިން ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.
މާޒިޔާ ސީޒަން ފަށާނީ މާދަމާރޭ ކްލަބް އީގަލްސްއާ އެކު ކުޅޭ ޗެރިޓީ ޝީލްޑް މެޗުންނެވެ. އެންމެ ފަހުގެ ލީގު ޗެމްޕިއަން މި ފަހަރުގެ ލީގު ފަށާނީ މި މަހު 13 ވަނަ ދުވަހުގެރޭ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ ދެކޮޅަށް ކުޅޭ މެޗުންނެވެ.
ވެއްޓުނަސް މާޒިޔާއަށް ތެދުވެވޭނެކަން ސާބިތު ކޮށްދެވިއްޖެ
"ދަނޑަށް ފަރިތަވުމުގެ ފައިދާ މާޒިޔާ އިން ނަގާނަން"
އޮޕަރޭޝަނަށް ފަހު ފަސް ކުޅުންތެރިއަކު އަލުން ދަނޑަށް
އޮޕަރޭޝަނަށް ފަހު އަސަދުﷲ ވަރުގަދަ އަޒުމެއްގައި
އަސަދުﷲގެ ކަކުލަށް އަނެއްކާ ވެސް ސީރިއަސް އަނިޔާއެއް
އަސަދުﷲ ބޮޑު ހިތްހަމަޖެހުމަކީ ސްކޮޑު ވަރުގަދަވުން
ޓީމު ވަރުގަދަ، އަސަދުﷲ ބޮޑު އިތުބާރެއްގައި
ކެޕްޓަން އަސަދުﷲ ވެސް މާޒިޔާގައި މަޑުކޮށްފި
ގިނަ ދުވަހު ކުޅުމާ ދުރުގައި ހުރި ކަމުގެ އިހުސާސް ނުކުރެވޭ: އަސަދުﷲ
އަސަދުﷲ އެނބުރި އައި މެޗުން މާޒިޔާ އަށް މޮޅެއް