20 މާޗް 2019
ފާއިތުވި އަހަރުތަކުގައި މާޒިޔާގެ ކެޕްޓަން ބޭންޑް އަޅައިގެން މޮޅު ކުޅުމެއް ދެއްކި ގައުމީ ޓީމުގެ ފޯވާޑް އަސަދުﷲ އަބްދުﷲ (އަސައްކޮ) ވެސް މާޒިޔާއާ އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފި އެވެ.
ފާއިތުވި އަހަރުތަކުގައި މާޒިޔާގެ ކެޕްޓަން ބޭންޑް އަޅައިގެން މޮޅު ކުޅުމެއް ދެއްކި ގައުމީ ޓީމުގެ ފޯވާޑް އަސަދުﷲ އަބްދުﷲ (އަސައްކޮ) ވެސް މާޒިޔާއާ އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފި އެވެ.
އދ. މަހިބަދޫ އަށް އުފަން އަސަދުﷲ ވަނީ މާޒިޔާއާ އެކު އިތުރު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އޭނާގެ އިތުރުން އެންމެ ފަހުން މާޒިޔާގައި މަޑުކުރަން ނިންމި ކުޅުންތެރިއަކީ ގައުމީ ޓީމުގެ ވާތުބެކް މުޖުތާޒް މުހައްމަދު (މުޖޭ) އެވެ.
އޭވައިއެލް އިން ވިދާލި ފޯވާޑް ކްލަބް ވެލެންސިއާ އަށް ކުޅުމަށް ފަހު މާޒިޔާ އަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އޭނާ ވަނީ މާޒިޔާއާ އެކު ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްފަ އެވެ. އަސަދުﷲގެ ކުޅުން އެންމެ ބޮޑަށް ފާހަގަވާން ފެށީ 2014 ވަަނަ އަހަރުގެ ސީޒަން މެދުތެރެއިން އަލީ ސުޒޭން މާޒިޔާގެ ކޯޗުކަމާ ހަވާލުވުމުންނެވެ. އޭނާ ވަނީ މޮޅު ކުޅުންތެރިއާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދައިފަ އެވެ.
ކަކުލަށް 2017 ވަނަ އަހަރުގެ އޮގަސްޓް މަހު ލިބުނު އަނިޔާއަކަށް ފަހު ނުވަ މަސް ދުވަހަށް އަސަދުﷲ ކުޅުމާ ދުރުގައި މަޑުކުރަން ޖެހުނެވެ. އަނިޔާއިން ރަނގަޅުވެ އަސަދުﷲ ކުޅުމަށް އެނބުރި އައީ މިދިޔަ އަހަރު މެއި މަހު އެވެ. އަލުން ކުޅުމުގެ ތެރެއަށް އައިސް ކުރީގެ މޮޅު ކުޅުން ނުދެއްކުނު ނަމަވެސް އަސަދުﷲ ވަނީ ޓީމު ލީޑުކުރުމުގައި ތަފާތު ދައްކައިފަ އެވެ.
އަސަދުﷲ ދެއްކި ކުޅުން ރަނގަޅުވުމުގެ ސަަބަބުން މިދިޔަ އަހަރު ސާފް ސުޒުކީ ކަޕަށް ދިޔަ ޓީމުން އޭނާ އަށް ފުރުސަތު ދޭން ގައުމީ ޓީމުގެ ކޯޗު ކްރޮއޭޝިއާގެ ޕީޓަ ސެގާޓް ވަނީ ނިންމައިފަ އެވެ. ސެގާޓް ކުރި އިތުބާރުގެ އަލީގައި އަސަދުﷲ ވަނީ ސާފް ކާމިޔާބު ކުރި ޓީމުގައި ވެސް ލިބުނު ފުރުސަތުގެ ބޭނުން ހިފައިފަ އެވެ. ހާއްސަކޮށް ސެމީ ފައިނަލުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ނޭޕާލާ ދެކޮޅަށް އޭނާ ދެއްކި ހިތްވަރު ގިނަ ބަޔަކު ފާހަގަކުރެ އެވެ.
މިދިޔަ އަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން މުޖޭ (ކ) ބޯޅަ ހިފައިގެން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ތ. ތިމަރަފުށްޓަށް އުފަން މުޖޭ އަކީ ކްލަބް ވެެލެންސިއާ އިން ކެރިއަރު ފެށި ކުޅުންތެރިއެކެވެ. އޭގެ ފަހުން އޭނާ ވަނީ އިހުސާން އަބްދުލް ގަނީ (ސާންތީ)ގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ކުޅެފަ އެވެ. މިދިޔަ އަހަރު މާޒިޔާ އަށް ބަދަލުވެ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ވެސް ކުޅުނު މުޖޭ ވަނީ ސާފް ތަށި ގެނައި ޓީމުގެ ކުޅުންތެރިޔެކެވެ.
ކުރިއަށް އޮތް ސީޒަނަށް އެންމެ ބޮޑަށް ޓީމު ވަރުގަދަ ކުރި ކްލަބަކީ މާޒިޔާ އެވެ. އެ ޓީމުން ވަނީ މިދިޔަ އަހަރު ޓީސީ އަށް ކުޅުނު އިބްރާހިމް ވަހީދު (އިއްބެ) އާއި އަބްދުﷲ ހަނީފް (ބެންޖޯ) އާއި ނިއު ރޭޑިއަންޓަށް ކުޅުނު އަހުމަދު އަބްދުﷲ (ލިލީ) އާއި ހަމްޒާ މުހައްމަދު (ހަމްޕު)ގެ އިތުރުން ވިކްޓަރީ އަށް ކުޅުނު ހުސެއިން ނިހާން (ނިހާޓް) ވެސް ގެނެސްފަ އެވެ.
މާޒިޔާ ދޫކޮށް ދިޔަ ކުޅުންތެރިންނަކީ ދަ ގްރާންޑޭ އަށް ސޮއިކުރި ޔަސްފާދު ހަބީބު (މުލަކޭ) އާއި ޓީސީ އަށް ބަދަލުވި އިސްމާއިލް އީސާ (މެސީ) އަދި ދާދި ފަހުން ގްރީން ސްޓްރީޓްސް އަށް ސޮއިކުރި ގާސިމް ސައްމާމު (ސައްމެ) އެވެ.
މިދިޔަ ސީޒަނުގައި މާޒިޔާ އަށް ކޯޗުކޮށްދިން އިސްމާއިލް މަހަފޫޒް (އިންމަ) ދަ ގްރާންޑޭއާ ހަވާލުވެފައިވާއިރު، މާޒިޔާ އިން އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
ވެއްޓުނަސް މާޒިޔާއަށް ތެދުވެވޭނެކަން ސާބިތު ކޮށްދެވިއްޖެ
"ދަނޑަށް ފަރިތަވުމުގެ ފައިދާ މާޒިޔާ އިން ނަގާނަން"
މާޒިޔާގެ ކެޕްޓަންކަން ރެކޯޑް ތަރި އަސަދުﷲ އަށް
އޮޕަރޭޝަނަށް ފަހު ފަސް ކުޅުންތެރިއަކު އަލުން ދަނޑަށް
އޮޕަރޭޝަނަށް ފަހު އަސަދުﷲ ވަރުގަދަ އަޒުމެއްގައި
އަސަދުﷲގެ ކަކުލަށް އަނެއްކާ ވެސް ސީރިއަސް އަނިޔާއެއް
އަސަދުﷲ ބޮޑު ހިތްހަމަޖެހުމަކީ ސްކޮޑު ވަރުގަދަވުން
ޓީމު ވަރުގަދަ، އަސަދުﷲ ބޮޑު އިތުބާރެއްގައި
ގިނަ ދުވަހު ކުޅުމާ ދުރުގައި ހުރި ކަމުގެ އިހުސާސް ނުކުރެވޭ: އަސަދުﷲ
އަސަދުﷲ އެނބުރި އައި މެޗުން މާޒިޔާ އަށް މޮޅެއް