06 ސެޕްޓެމްބަރ 2020
އެމެރިކާގެ ކަޅު ނަސްލުގެ މީހުންގެ ކުދި ވިޔަފާރިތަކަށް އެހީވާން، މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ އިތުރު 1 މިލިއަން ޑޮލަރު ހަދިޔާކުރަން ނިންމައިފި އެވެ.
އެމެރިކާގެ ކަޅު ނަސްލުގެ މީހުންގެ ކުދި ވިޔަފާރިތަކަށް އެހީވާން، މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ އިތުރު 1 މިލިއަން ޑޮލަރު ހަދިޔާކުރަން ނިންމައިފި އެވެ.
މިކަން 39 އަހަރުގެ ލަވަކިޔުންތެރިޔާ ވަނީ އިންސްޓަގްރާމްގައި އިއުލާނުކޮށްފަ އެވެ. މަޝްހޫރު މިއުޒިޝަން ޖޭ-ޒީއާ ކައިވެނިކޮށްގެން ތިން ދަރިން ވެސް ތިބި ބިޔޯންސޭ ބުނި ގޮތުގައި އޭނާގެ އަމިއްލަ ފައުންޑޭޝަން ބޭގުޑްގެ ފަރާތުން ދެވަނަ ބުރެއްގެ ދަށުން ދޫކުރާ މި އެހީ އަށް ކުރިމަތިލާން މި މަހުގެ ތެރޭގައި ހުޅުވައިލާނެ އެވެ.
ކުދި ވިޔަފާރިތަކަށް އެހީވުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ މަދަނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ ނެޝަނަލް އެސޯސިއޭޝަން ފޯ ދި އެޑްވާންސްމަންޓް އޮފް ކަލަޑް ޕީޕަލް (އެންއޭއޭސީޕީ) އާ ގުޅިގެންނެވެ.
އެ ޖަމިއްޔާ އާއި ބިޔޯންސޭ ޕާޓްނަޝިޕް ހެދީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އެގޮތުން ފުރަތަމަ ބުރުގައި 20 ވިޔަފާރިއަކަށް 10،000 ޑޮލަރުގެ މަގުން ފައިސާ ދޫކޮށްފައިވެ އެވެ.
ކަޅު ނަސްލުގެ މީހުންގެ ކުދި ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިތަކަށް އެހީވާން ބިޔޯންސޭ ނިންމި އިރު، ކޮވިޑް-19އާ ދިމާކޮށް މީގެ ކުރިން ވެސް އެކި ޖަމިއްޔާތަކަށް ކާމިޔާބު ލަވަކިޔުންތެރިޔާ ފައިސާގެ އެހީތައް ދީފައިވެ އެވެ.
ބިޔޯންސޭގެ މިލްކިއްޔާތު 400 މިލިއަން ޑޮލަރަށް އަރާ އިރު، ފިރިމީހާ ޖޭ-ޒީ އަކީ ވެސް މިއުޒިޝަނުންގެ ތެރެއިން މުއްސަނދި ފަންނާނެކެވެ. އޭނާގެ މިލްކިއްޔާތު ބިލިއަން ޑޮލަރަށް އަރަ އެވެ.
ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ޖޮލީ ދެ ލައްކަ ޑޮލަރު
މުޒާހަރާ އަށް ތާއީދުކޮށް މޮޑެލްއަކު ދެ ލައްކަ ޑޮލަރު
މައިކަލް ޖެކްސަނާ ބިޔޯންސޭ އަޅާކިޔުމުން ކަމަކުނުދިޔަ
މަންމަގެ ރެސިޕީ ފޮތުން ހައިރާތަށް އެހީ
އޮބާމާ ފައުންޑޭޝަނަށް ބެޒޮސްގެ 100 މިލިއަން ޑޮލަރު
އަފްގާންގެ ރެފިއުޖީންނަށް އެއާބީއެންބީން ބޯހިޔާވަހިކަން
ބެޒޯސްގެ ފަރާތުން 200 މިލިއަން ޑޮލަރުގެ އެހީއެއް
ވީޑިއޯކުރާތީ ފުލުހަކު ޖެހީ ޓޭލާ ސްވިފްޓްގެ ލަވައެއް
ޗެރިޓީއަކަށް އެވަރެސްޓް ފަރުބަދަ އަށް އަރަނީ
ބިޔޯންސޭގެ ރެކޯޑާ އެކު ދަރިފުޅަށް ވެސް ގްރެމީއެއް