27 އޯގަސްޓް 2021
ތާލިބާނުންގެ ކޮންޓްރޯލްގެ ދަށަށް އަފްގާނިސްތާން ދިއުމާ ގުޅިގެން ގައުމު ދޫކޮށް ދާ މީހުން އިތުރުވަމުންދާތީ އެފަދަ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހިލޭ ފޯރުކޮށްދޭން އެއާބީއެންބީން ނިންމައިފި އެވެ.
ތާލިބާނުންގެ ކޮންޓްރޯލްގެ ދަށަށް އަފްގާނިސްތާން ދިއުމާ ގުޅިގެން ގައުމު ދޫކޮށް ދާ މީހުން އިތުރުވަމުންދާތީ އެފަދަ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހިލޭ ފޯރުކޮށްދޭން އެއާބީއެންބީން ނިންމައިފި އެވެ.
އެމެރިކާގެ މަޝްހޫރު ވެކޭޝަން ރެންޓަލް ކޮމްޕެނީގެ ސީއީއޯ ބްރަޔަން ޗެޒްކީ ވެސް މި ވާހަކަ އަންގާރަ ދުވަހު ޓްވިޓާގައި ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަފްގާންގެ ރައްޔިތުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން އެ ކުންފުންޏާ ގުޅުމުން އެކަން ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސައި ދެއްވާނެ ކަމަށެވެ. މިކަމަށް ހިނގާ ހުރިހާ ހަރަދެއް ބަލަހައްޓާނީ އެއާބީއެންބީންނެވެ.
If you’re willing to host a refugee family, reach out and I’ll connect you with the right people here to make it happen!
— Brian Chesky (@bchesky) August 24, 2021
އެ ކުންފުނީގެ ރެފިއުޖީ ފަންޑްގެ ދަށުން އަފްގާންގެ ރެފިއުޖީންނަށް ހިލޭ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ފެށި ޕްރޮގްރާމަކީ މުޅި ދުނިޔެ އަށް ހުޅުވައިލާ ކަމެކެވެ. އެހެންވެ އެމެރިކާގެ އިތުރުން އަފްގާންގެ ރައްޔިތުން ދާ އެހެން ގައުމުތަކުގައި ވެސް އެ ރެފިއުޖީންނަށް ހިލޭ ތިބެވޭނެ ގޮތް އެއާބީއެންބީން ހަމަޖައްސައިދޭނެ އެވެ.
Starting today, Airbnb will begin housing 20,000 Afghan refugees globally for free.
— Brian Chesky (@bchesky) August 24, 2021
ނަމަވެސް މި އިންތިޒާމު ހަޖައްސައިދޭނީ ކިހާ ދުވަހަކަށް ކަމާއި މިކަމާ ގުޅޭ މާ ބޮޑު ތަފުސީލުތަކެއް އެ ކުންފުނިން އަދި ހާމައެއްނުކުރެ އެވެ. އެކަމަކު މި ވަގުތު 20،000 ރެފިއުޖީންނަށް އެހީވާން ތައްޔާރަށް އޮތް ކަމަށް އެއާބީއެންބީން ބުންޏެވެ.
ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން އެ ކުންފުނިން އަންނަނީ އެކިއެކި ހާދިސާތަކުގައި ރެފިއުޖީންނަށްވާ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.
އަފްގާނު ރެފިއުޖީން ބޭރުކުރުމަށް އެމެރިކާގެ އެހީ ބޭނުން
އެމެރިކާ އާއި ތާލިބާނުންގެ މަޝްވަރާތަކެއް ބާއްވައިފި
އެހީވުމަށް އެމެރިކާ އިން ތާލިބާނުންނާ މުއާމަލާތްކުރަނީ
ކާބުލްގެ ވައިގެ ބަނދަރު ހިންގާނީ ތުރުކީ އާއި ގަތަރުން
އާންމުންނަށް ހަމަލާ ދިން ސިފައިންނަށް ފިޔަވަޅެއް ނާޅާނެ
އަފްގާނުން މީހުން ބޭލުމުގައި އެއްވެސް އިންސާފެއް ނެތް
ތާލިބާނުން، ކުރީގެ ސިފައިން މަރާތީ އެކަން ކުށްވެރިކޮށްފި
އަފްގާން ރެފިއުޖީން އެ ގައުމުން ނެރެދިނުމަށް ގޮވާލައިފި
އެމެރިކާގެ މަސްލަހަތު ބަލަހައްޓާނީ ގަތަރު އެމްބަސީން
އަފްގާނުގައި އައިއެސް ފުޅާވާތީ އެމެރިކާ ކަންބޮޑުވޭ