Roadha Mihaaru
ހޫނުވާތީ މަތިންދާބޯޓުން ނުކުމެ ފިޔަގަނޑުމަތީ!

ހޫނުވާތީ ކަމަށް ބުނެ މަތިންދާބޯޓުގެ އިމަޖެންސީ ދޮރުން ނުކުމެ ފިޔަގަނޑުމަތީ!

05 ސެޕްޓެމްބަރ 2020

މަތިންދާބޯޓުގެ އެތެރެ މާ ހޫނު ކަމަށް ބުނެ ފިނިކޮށްލަން އިމަޖެންސީ ދޮރު ހުޅުވާލައި ބޯޓުގެ ފިޔަގަނޑު މައްޗަށް އެރި އަންހެނަކު އެ އާލައިންގައި ދަތުރުނުކުރެވޭ ގޮތަށް ޔުކްރޭން އިންޓަނޭޝަނަލް އެއާލައިންސް (ޔޫއައިއޭ) އިން އުމުރަށް ސަސްޕެންޑްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަތިންދާބޯޓުގެ އެތެރެ މާ ހޫނު ކަމަށް ބުނެ ފިނިކޮށްލަން އިމަޖެންސީ ދޮރު ހުޅުވާލައި ބޯޓުގެ ފިޔަގަނޑު މައްޗަށް އެރި އަންހެނަކު އެ އާލައިންގައި ދަތުރުނުކުރެވޭ ގޮތަށް ޔުކްރޭން އިންޓަނޭޝަނަލް އެއާލައިންސް (ޔޫއައިއޭ) އިން އުމުރަށް ސަސްޕެންޑްކޮށްފި އެވެ.

މިކަން ހިނގާފައި ވަނީ މި މަހުގެ 31 ވަނަ ދުވަހު ޔުކްރޭންގެ ކިއެވްގެ ބޮރިސްޕިލް އިންޓަނޭޝަނަލް އެއާޕޯޓްގަ އެވެ. އެ އެއާޕޯޓުން ތުރުކީ އަށް ދަތުރަށް ފަށަން ތައްޔާރުވަމުން ދަނިކޮށް ބޮއިން 737 ގެ ބޯޓުގެ އިމަޖެންސީ ދޮރު ހުޅުވާލައި ފިޔަގަނޑު މައްޗަށް އެރި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އިންސްޓަގްރާމްގައި ދައުރުވެފައިވެ އެވެ. އޭނާ ހުރީ ފިޔަގަނޑު މަތީގައި ކޮޅަށެވެ.

މި ހާދިސާއާ ގުޅިގެން އޭނާ ސަސްޕެންޑްކޮށް، ޔޫއައިއޭ އިން ބުނީ އެ އަމަލުގެ ސަބަބުން، ބޯޓަށް އަރައި ތިބި ހުރިހާ ފަސިންޖަރުން ބިރު ގަތް ކަމަށެވެ. ދަތުރުވެރިންނަށް ނުރައްކާވާ މިފަދަ އަމަލުތައް ބަލައި ނުގަނެވޭނެ ކަމަށް ވެސް ބުންޏެވެ. މިކަން ކުރި މީހާ އަބޯޓަށް އެރީ ފިރިމީހާ އާއި ދަރިންނާ ވެސް އެކީގަ އެވެ.

ޔޫއައިއޭ އިން ބުނީ އަންހެން މީހާ އޭނާގެ ދަރިންނަށް ވެސް ދެއްކީ ވަރަށް ގޯސް ނަމޫނާއެއް ކަމަށާއި އޭނާ ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށެވެ. މި ހާދިސާއާ ގުޅިގެން އެއާޕޯޓްގެ ސެކިއުރިޓިންނާއި ފުލުހުން ވަނީ އަންހެން މީހާ ބޯޓުން ބާލައި ޓެސްޓްތަކެއް ވެސް ހަދައިފަ އެވެ.

އެކަމަކު އޭނާ މަސްތުވާތަކެއްޗާއި ބަނގުރާ ފަދަ އެއްޗެއް ބޭނުންކޮށްގެން ހުރި ކަމަކަށް ޓެސްޓްތަކުން ނުދައްކަ އެވެ.