26 އޯގަސްޓް 2020
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޯޑަ ކޮންޓްރޯލް ނިޒާމަށް ހަމަޖައްސާފައިވާ ވަގުތީ އިންތިޒާމުގެ ބަދަލުގައި އާ ނިޒާމެއް ގާއިމުކޮށް، މިދިޔަ ހަފުތާގައި މަސައްކަތް ފުރިހަމަކޮށްފައިވާ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން މިއަދު ބުނެފި އެވެ.
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޯޑަ ކޮންޓްރޯލް ނިޒާމަށް ހަމަޖައްސާފައިވާ ވަގުތީ އިންތިޒާމުގެ ބަދަލުގައި އާ ނިޒާމެއް ގާއިމުކޮށް، މިދިޔަ ހަފުތާގައި މަސައްކަތް ފުރިހަމަކޮށްފައިވާ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިނިސްޓްރީގެ ދަށުން ހިންގާ، ނެޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން އެ މަސައްކަތް މިނިންމީ ދިޔަ ބުދަ ދުވަހު އެވެ. މާފަރު ވައިގެ ބަނދަރުގައި މި ނިޒާމު ގާއިމުކުރުމާ އެކު ރާއްޖޭގެ ހުރިހާ ވައިގެ ބަނދަރަކާއި ކަނޑުގެ ބަނދަރުތަކުގައި މި ހިދުމަތް ގާއިމްކުރެވުނީ ކަމަށް މިނިސްޓްރީން ބުންޏެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުކޮށްފައިވާ ބޯޑަ ކޮންޓްރޯލް ސިސްޓަމް ބޭނުންކުރަނީ -- ފޮޓޯ: ކޮމިއުނިކޭޝަން މިނިސްޓްރީ
ކޮވިޑް-19 ގެ ސަބަބުން ދަތުރުފަތުރަށް ދަތިވެފައި ވާއިރު، މި ނިޒާމުގެ ސަބަބުން، މާފަރަށް ދަތުރުކުރުމަށް ފަސޭހަތަކެއް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ނިޒާމު ބޭނުންކުރުމާއި އާ އާލާތްތައް ބޭނުންކުރުމުގައި އެންސީއައިޓީގެ ފަރާތުން ބޭނުންވާ އެހީތެރިކަން މިނިސްޓްރީން ފޯރުކޮށްދޭނެ ކަމަށް ވެސް ބުންޏެވެ.
އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 60 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ހެދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރު 1 ގަ އެވެ. މިއީ އޭ320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށް ވެސް ޖެއްސޭ ފެންވަރުގެ އެއާޕޯޓެވެ.
މާފަރު އެއާޕޯޓުގެ ފިއުލް ފާމް ބޭނުންކުރަން ފަށައިފި
މާފަރުން ގޮތް ނޭނގޭ ޖަނަވާރެއް، ރައްޔިތުން ބިރުން
މާފަރުގައި އެކްސްކަވޭޓަރު ފުރޮޅާލައި މީހަކު މަރުވެއްޖެ
މާފަރު އެއާޕޯޓު ޓާމިނަލް ބޮޑުކުރަނީ
މާފަރު އެއާޕޯޓް ބޮޑުކުރަނީ، 443 މިލިއަން ހަރަދުވޭ!
މާފަރު އެއާޕޯޓުގައި 4 ލައްކަ ލީޓަރުގެ ފިއުލް ފާމެއް
މާފަރަށް 300 ޖެޓް ޖައްސައިފި، އަންނަން އިތުރު 80
މާފަރު އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށަނީ
މާފަރު ލެބުން ދިވެހިންނަށް ހިލޭ ޓެސްޓު ކުރެވޭނެ
ކެމިކަލް ހުއްދަ އަށް އެދޭ ސިސްޓަމް އަޕްގްރޭޑް ކުރަނީ