25 އޯގަސްޓް 2020
ޔޫއޭއީއާ އެކު ގައުމީ ފުޓްބޯޅަ ޓީމުން އެކުވެރިކަމުގެ މެޗުތަކެއް ކުޅެން އެއްބަސްވެފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
ޔޫއޭއީއާ އެކު ގައުމީ ފުޓްބޯޅަ ޓީމުން އެކުވެރިކަމުގެ މެޗުތަކެއް ކުޅެން އެއްބަސްވެފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
މެޗުތައް ކުޅެން މަޝްވަރާކޮށްފައިވަނީ މި މަހުގެ 12 ވަނަ ދުވަހު ޔޫއޭއީގައި ބޭއްވި ބައްދަލުވުންތަކަށް ފަހު އެވެ. ޔޫއޭއީ ފުޓްބޯޅަ އެސޯސިއޭޝަނުގެ ޗެއާމަން ރާޝިދު ބިން ހުމައިދު އަލް ނުއައިމީއާ އެކު ބޭއްވި މި ބައްދަލުވުމުގައި އެއްބަސްވެވުނީ ޔޫއޭއީގެ އިތުރުން ރާއްޖޭގައި ވެސް މެޗުތަކެއް ކުޅޭގޮތަށެވެ. މަޝްވަރާކުރީ އަންހެން އަދި ފިރިހެން ގައުމީ ޓީމުގެ މެޗުތައް ކުޅޭ ގޮތަށެވެ.
ބައްސާމް "މިހާރަ"ށް ވިދާޅުވީ މެޗުތައް ކުޅޭނެ ސީދާ ތާރީހެއް ކަނޑައެޅުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި ތާރީހުތައް ކަނޑައެޅޭނީ މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19ގެ ހާލަތުން އަރައިގަނެވި ދަތުރު ފަތުރު ކުރުމުގެ ހުއްދަތައް ފަސޭހައިން ލިބެން ފެށުމުން ކަމަށެވެ.
"ކުރިން ވެސް ބުނިހެން ރާއްޖޭން ދެން ކުޅެންވީ ޓަފް (ވަރުގަދަ) ޓީމުތަކާ ދެކޮޅަށް. އެ މެޗުތައް ކުޅެގެން އަހަރެމެން ބަލިވެދާނެ އެކަމަކު ޑިވެލޮޕްމަންޓަށް ވިސްނާއިރު މިއީ އަހަރެމެންނަށް ފައިދާތަކެއް ކުރާނެ މެޗުތަކެއް،" ބައްސާމް ވިދާޅުވި އެވެ.
މެޗުތައް ކުޅުމުގެ އިތުރުން ދެން ޔޫއޭއީއާ އެކު މަޝްވަރާކުރެވުނު އަނެއް ކަންތައްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރަން ކުރެވޭނެ މަސައްކަތްތަކާއި ބެހޭގޮތުންނާއި ކޯޗުންނާއި ރެފްރީން ތަރައްގީކުރަން އެހީ ހޯދޭނެ ގޮތްތަކާ ބެހޭގޮތުންނެވެ.
ޔޫއޭއީ އެފްއޭގެ އޮފިޝަލުންނާ އެކު ބައްސާމް (ކ.2) ބޭއްވި ބައްދަލުވުމުގެ ތެރެއިން.
ގައުމީ ފުޓްބޯޅަ ޓީމަށް ފަހަކަށް އައިސް ބައިނަލްއަގުވާމީ މެޗުތައް ލިބެނީ ވަރަށް މަދުންނެވެ. ފީފާ ކަލަންޑަރުގައި ގައުމީ ޓީމަށް ހާއްސަވެފައި އޮންނަ ދުވަސްތަކުގައި ރާއްޖޭން ގިނަ ފަހަރަށް ކުޅެނީ ވާދަވެރި މެޗުތަކެވެ. ރަސްމީ އެކުވެރިކަމުގެ މެޗުތަކެއް ކުޅޭ ނިސްބަތް އަންނަނީ ވަރަށް މަދުވަމުންނެވެ. އެންމެ ފަހުން އެކުވެރިކަމުގެ މެޗެއް ކުޅުނީ މިދިޔަ ނޮވެމްބަރު މަހު މެލޭޝިއާގައި އެ ގައުމާ ދެކޮޅަށެވެ. މާލޭގައި އެންމެ ފަހުން ގައުމީ ޓީމުން އެކުވެރިކަމުގެ މެޗެއް ކުޅުނީ 2016 ވަނަ އަހަރު ސެޕްޓެމްބަރު މަހު ބަންގްލަދޭޝްއާ ދެކޮޅަށެވެ.
ގައުމީ ޓީމުގެ ކޯޗަކަށް ނެދަލެންދްސްގެ މާޓިން ކޫޕްމަން ހަމަޖެއްސުމަށް މި އަހަރު ކުރީކޮޅުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބައްސާމް ވަނީ ކުރިއަށް އޮތްތަނުގައި ފީފާ އިންޓަނޭޝަނަލް ދުވަސްތަކަށް ހާއްސަކޮށްގެން މެޗުތަކެއް ކުޅޭނެ ކަމަށާއި ފުޓްބޯޅަ ޝެޑިއުލްރާވާނީ ގައުމީ ޓީމުގެ މެޗުތަކަށް ފީފާ ދުވަސްތަކުގައި މެޗުތަކެއް ކުޅެވޭ ގޮތަށް ކަމަށެވެ.
ކޮވިޑް-19ގެ ސަބަބުން ފީފާ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2023 ގެ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތައް ވަނީ މި އަހަރު ނުބާއްވަން ނިންމައިފަ އެވެ. އަދި މި އަހަރު ބާއްވަން އުޅުނު ސާފް ސުޒުކީ ކަޕް ވެސް އަންނަ އަހަރަށް ފަސްކޮށްފައިވާއިރު، މި އަހަރު ރަސްމީކޮށް ރާއްޖެ އަށް އެއްވެސް މެޗެއް ނޯންނާނެ އެވެ.
އެފްއޭއެމް:ބަންގްލަދޭޝް ހޮޓަލަކަށް ބޮޑު ބިލެއް ނުދައްކާ
މޮރިއޭރޯއަށް ދެން އިތުރު ފުރުސަތެއް ނެތް
އުއްޗު ދެއްވި ފައިސާ އެހެން ކަންކަމަށް ބޭނުން ކުރި
ނުގެނެވުނު އިޓަލީގެ މެންޓަލިޓީ، އެފްއޭއެމްގެ އިހުމާލު
ފުޓުބޯޅަ ހަލާކުވެއްޖެ، ޒިންމާ ނަގާނެ ބަޔަކު ނެތް!
އެފްއޭއެމުން މުވައްޒަފުންނަށް މުސާރަ ދޭން ފަށައިފި
އެފްއޭއެމް ރިފޯމް ކުރަން ގޮވާލާ ކެމްޕޭނެއް ފަށަނީ
ޕްރެޝަރު ކުރިމަތިވުމުން ބައްސާމް ޕްރެސް ކޮންފަރެންސަކަށް
އެފްއޭމުން ކުޅުންތެރިންނަށް އަދިވެސް ފައިސާ ނުދޭ
އުއްޗު ފައިސާ ދީފި، އެފްއޭއެމުން ކުޅުންތެރިންނަށް ނުދޭ