24 އޯގަސްޓް 2020
ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ކޯޑިނޭޝަން ބައްދަލުވުންތައް ނައިބު ރައީސް ފައިސަލް ނަސީމް ޗެއާ ކުރައްވަން ފައްޓަވައިފި އެވެ.
ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ކޯޑިނޭޝަން ބައްދަލުވުންތައް ނައިބު ރައީސް ފައިސަލް ނަސީމް ޗެއާ ކުރައްވަން ފައްޓަވައިފި އެވެ.
މާލެ ސަރަހައްދުގެ ލޮކްޑައުން އަށް ދިން ބޮޑެތި ލުއިތަކަށް ފަހު، ކޮވިޑާ ދެކޮޅަށް އެކި މުއައްސަސާތައް ގުޅިގެން އޮޕަރޭޝަން ހިންގަމުން އަންނަނީ ކުރިން އުފެއްދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އުވައިލުމަށް ފަހު، އެެޗްއީއޯސީންނެވެ.
މިދިޔަ މަހުގެ 1 ގައި އެޗްއީއޯސީ އުފެއްދި ފަހުން، އެ ސެންޓަރުގެ ކޯޑިނޭޝަން ބައްދަލުވުންތައް ޗެއާ ކުރައްވަމުން ގެންދެވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. އެކަމަކު، ވެންޓިލޭޓަރުތައް ގެނައުމުގެ ތެރޭގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީ އާއި ފުލުހުން ތަހުގީގު ކުރާތީ، އެ ތަހުގީގުން ގޮތެއް ކަނޑައެޅެންދެން މިނިސްޓަރު އަމީން ވަނީ އަމިއްލަ އަށް މަސްއޫލިއްޔަތުތަކުން އެކަހެރިވެވަޑައިގެންފަ އެވެ. އެހެންވެ، އެކްޓިން ހެލްތު މިނިސްޓަރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރައްވާފައި ވަނީ ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމެވެ.
މި ކަންތައްތަކާ ގުޅިގެން، އެޗްއީއޯސީގެ ކޯޑިނޭޝަން ބައްދަލުވުން މިނިސްޓަރު އަސްލަމް ދެ ދުވަހެއްގައި ޗެއްާ ކުރެއްވިޔަސް މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އެ ބައްދަލުވުން ޗެއާ ކުރައްވަނީ ނައިބު ރައީސް ފައިސަލެވެ. ހޮނިހިރު ދުވަހުގެ އެ ބައްދަލުވުމުގައި ވަނީ ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާ ކުރަން މަޝްވަރާ ކޮށްފަ އެވެ. އެ މަނިކުފާނާއެކު އެކްޓިން ހެލްތު މިނިސްޓަރު އަސްލަމު ވެސް، ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.
މިއަދުގެ ބައްދަލުވުމުގައި ނައިބު ރައީސްގެ އިތުރުން އެކްޓިން ހެލްތު މިނިސްޓަރު އަަސްލަމާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވެސް ބައިވެރިވެވަޑައިގަތެވެ.
Today’s Health Emergency Coordination Committee meeting on #Covid19. @FaisalNasym @HPA_MV @presidencymv pic.twitter.com/lrKSMhClwj
— Ministry of Health (@MoHmv) August 24, 2020
ރާއްޖެ އިން ކޮވިޑް ފެނުނު ދުވަސްވަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ގެންދެވީ އެންއީއޯސީގައި ތަމްސީލް ކުރާ ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންނާ އެކު، ކޮންމެ ދުވަހަކު ބައްދަލުވުމެއް ބާއްވަވަމުންނެވެ.
އެންއީއޯސީ އުވާލައި އޮޕަރޭޝަން ކުޑަކުރިފަހުން، ކޮވިޑް ޖެހޭ މީހުންނާއި އެ ބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެއާއެކު ކޮވިޑަށް ސާމްޕަލް ނެގުމާއި ޕޮޒިޓިވް މީހުން އައިސޮލޭޝަނަށް ގެންދިއުމުގައި ބޮޑެތި ލަސްތަކެއް ހުރިކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ.
ހޯމް އައިސޮލޭޝަންގައި މިވަގުތު ވެސް 300 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ފެސިލިޓީތަކަށް ނުގެންދެވި ތިބި މީހުންގެ ތެރޭގައި ގިނައީ އެތަނަށް ދާން އިންކާރުކުރާ މީހުން ކަމަށެވެ.
ކުޅުދުއްފުއްޓަށް ހާއްސަ ޓާސްކްފޯހެއް އެކުލަވާލައިފި
ފުރާ މީހުންނަށް ފަސޭހައިން ޓެސްޓްކުރެވޭ ގޮތް ހަދައިފި
އެޗްއީއޯސީ: އޮޕަރޭޝަން ކުޑަ، ކުރާނީ އެއް ކަމެއް
ކޮވިޑް-19 އަށް މިއަދު 2،600 މީހުން ޕޮޒިޓިވް
ކޮވިޑްގެ ޕީސީއާރު ޓެސްޓު ހެދެނީ ހަތަރު އަތޮޅަކުން
ވެކްސިންޖެހި މީހުންގެ ކަރަންޓީން މުއްދަތު 10 ދުވަހަށް
އޮމިކްރޯންގެ ރާޅު އެތައް ގުނައެއް ހަލުއިވެދާނެ
12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ޖަހަނީ
ކޮވިޑް ވެކްސިން ޖެހުން އީދު ބަންދަށް މެދުކަނޑާލަނީ
ވެކްސިންނުޖެހޭ އުމުރުގެ ކުދިން ކަރަންޓީނުވާކަށް ނުޖެހޭ