15 އޯގަސްޓް 2020
ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ގައުމަށް ފުރާ ޓޫރިސްޓުން ކޮވިޑް-19އަށް ޓެސްޓް ކުރުމުގައި އުނދަގޫތަކެއް ކުރިމަތިވެ ޝަކުވާ ބޮޑުވެފައި ވަނިކޮށް، ފުރާ މީހުންނަށް އަވަހަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސައިފި އެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ގައުމަށް ފުރާ ޓޫރިސްޓުން ކޮވިޑް-19އަށް ޓެސްޓް ކުރުމުގައި އުނދަގޫތަކެއް ކުރިމަތިވެ ޝަކުވާ ބޮޑުވެފައި ވަނިކޮށް، ފުރާ މީހުންނަށް އަވަހަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސައިފި އެވެ.
ރާއްޖެއިން ބޭރަށް ދެވޭނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވްވުމުންނެވެ.
އެ އެޖެންސީން އާއްމުކުރި ގޮތުގައި ފުރާ މީހުންނަށް ފަސް ތަނަކުން މިހާރު ޓެސްޓް ކުރެވޭނެ އެވެ. އެއީ، އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލެވެ.
ފުރާ މީހުންގެ ޓެސްޓް ކުރިއަށް ގެންދަން ކުރިން ހަމަޖައްސާފައި އޮތީ ޕްރައިވެޓް ދެ ހޮސްޕިޓަލެކެވެ. އެކަމަކު ފަހުން ބަދަލުކުރީ، އެޗްއީއޯސީ މެދުވެރިކޮށް އައިޖީއެމްއެޗުން އެކަން ކުރިއަށް ގެންދާށެވެ. އެކަމަކު މިހާރު މިވަނީ، ފައިސާ ދައްކައިގެން އަވަހަށް ޓެސްޓް ކުރެވޭ ގޮތް ހަދައިފަ އެވެ.
އެޗްޕީއޭ އިން ބުނީ އަވަހަށް ނަތީޖާ ބޭނުންވާ ނަމަ، ފުރުމުގެ 48 ގަޑިއިރު ކުރިން ސާމްޕަލް ފޮނުވަން ޖެހޭނެ ކަމަށެވެ. އެއާއެކު ދަތުރުކުރަން ހަމަޖައްސާފައިވާ ޝެޑިއުލްގެ ކޮޕީ އަދި ޓެސްޓު ލެބުން އެދިފައިވާ އެހެން ތަކެތި ވެސް ފޮނުވަން ޖެހޭނެ އެވެ.
ޓެސްޓް ހަދަން ހަމަޖެއްސި ތަންތަނުގެ ތެރެއިން އެންމެ އަގުހެޔޮކޮށް ޓެސްޓު ހަދައިދެނީ އޭޑީކޭއިންނެވެ. އެ ހޮސްޕިޓަލުން 1،500ރ. އަށް ކޮވިޑަށް ޓެސްޓުކޮށްދޭއިރު އައިޖީއެމްއެޗާއި ކުޅުދުއްފުއްޓާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ޓެސްޓް ހަދައިދޭން ހަމަޖައްސާފައިވަނީ 1،534ރ. އަށެވެ. ޓްރީޓޮޕް ހޮސްޕިޓަލުގައި 2،000ރ. އަށެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ކުރިން ބުނެފައިވާ ގޮތުގައި އަތޮޅުތަކުގެ ހެލްތު ސެންޓަރުތަކާއި ރިސޯޓްތަކުގައި ޕީސީއާރު މެޝިން ބަހައްޓައިގެން ޓެސްޓްކުރަން ބޭނުންވާ ހުށަހެޅުންތައް ބެލުމަށް ފަހު އެތަނުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ޓެސްޓް ކުރުމުގެ ހުއްދަ ދޭން ވަނީ ނިންމައިފަ އެވެ. ސީއެސްއާރުގެ ދަށުން ބައެއް ކުންފުނިތަކުން ހެލްތު ސެންޓަރުތަކުގައި މެޝިން ބަހައްޓަން ހުށަހެޅުމުން އެ ހުއްދަ ދީފައިވާ ކަމަށް އެތަނުން ބުންޏެވެ.
ރިސޯޓްތަކުގައި ވެސް އެ ފުރުސަތު އޮންނާނެ ކަމަށާއި ހުއްދަ ދޭ ގޮތަށް އަދި ހަމަޖައްސާފައި ވަނީ ޕީސީއާރު ޓެސްޓަށް އެކަނި ކަމަށް ވެސް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.
ރާއްޖެ އިން މިހާތަނަށް 5،500 އަށް ވުރެން ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު މި ބަލީގައި 22 މީހަކު ވަނީ މަރުވެފަ އެވެ. އަތޮޅުތަކުގެ ބައެއް ރަށްތަކުން ވެސް ޕޮޒިޓިވް ކޭސްތައް ފެނިގެން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. ބައެއް ރަށްތަކަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.
އެއް މަހުގެ ކުއްޖާގެ ހާލު ރަނގަޅު: އެޗްއީއޯސީ
ފުރާ ޓޫރިސްޓުން އެޗްއީއޯސީ މެދުވެރިވެ ޓެސްޓްކުރަނީ
ޕޮޒިޓިވް ފެސިލިޓީއަށް ބަލި ނޫން ދެ ކުއްޖަކު ގެންގޮސްފި
ބަލި ފެތުރުން ބާރުވެއްޖެ، އޮގަސްޓުގައި ދުވާލަކު 170
ޕޮޒިޓިވް ކޭސްތައް މައްޗަށް: ނުރައްކަލުގެ އިންޒާރެއް
އިއްޔެ މަރުވީ އައިޖީއެމްއެޗުން ބަލި ޖެހުނު މީހެއް
ކޮވިޑް-19: އައިޖީއެމްއެޗުގެ ކްލަސްޓާ ބޮޑުވަނީ
ކޮވިޑް-19: ރާއްޖޭން 13 މީހަކު ރަނގަޅުވެއްޖެ
ހަތަރު ދުވަސް ތެރޭގައި 1000 މީހުން ފަރުވާ ހޯދައިފި
ކޮވިޑް-19 އަށް މިއަދު 2،600 މީހުން ޕޮޒިޓިވް