Roadha Mihaaru
ނީލަމުގައި ގާންދީގެ އައިނަށް 340،00 ޑޮލަރު

ނީލަމުގައި މަހާތަމާ ގާންދީގެ އައިނަށް 340،000 ޑޮލަރު

23 އޯގަސްޓް 2020

އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތަމާ ގާންދީ ތުރުކުރެއްވި އައިނެއް ނީލަމެއްގައި ވިއްކައިލަކަން ހުޅުވައިލުމާ އެކު ކުރިން ލަފާކުރި އަދަދަށް ވުރެ އެތައް ގުނަ ބޮޑުކޮށް ހުކުރު ދުވަހު ވިކިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތަމާ ގާންދީ ތުރުކުރެއްވި އައިނެއް ނީލަމެއްގައި ވިއްކައިލަކަން ހުޅުވައިލުމާ އެކު ކުރިން ލަފާކުރި އަދަދަށް ވުރެ އެތައް ގުނަ ބޮޑުކޮށް ހުކުރު ދުވަހު ވިކިއްޖެ އެވެ.

އިނގިރޭސިވިލާތުގެ އީސްޓް ބްރިސްޓަލް އޯކްޝަންސް އިން ކުރިން ލަފާކުރީ ރަން ކުލައިގެ ދުނިގަނޑަކާ އެކު ވަށް ލެންސް އެކުލެވޭ އައިނު އެންމެ ދަށްވެގެން ވެސް 15،000 ޕައުންޑް (19,634.25 ޑޮލަރު) އަށް ވިއްލައިލެވޭނެ ކަމަށެވެ. ނަމަވެސް އޮންލައިންކޮށް ކުރިއަށް ގެންދިޔަ ނީލަމަށް ހުޅުވައިލިތާ އެންމެ ހަ މިނިޓްގެ ތެރޭގައި އައިނު ވިކުނީ 260،000 ޕައުންޑް (340,327 ޑޮލަރު) އަށެވެ.

އައިނުގެ ނީލަން ކާމިޔާބުކުރީ އެމެރިކާ މީހެކެވެ.

އީސްޓް ބްރިސްޓަލް އޮކްޝަންސްގެ ފަރާތުން ވާހަކަ ދެއްކި އެންޑްރޫ ސްޓޯވް ބުނީ އައިނު ވިކުނީ ކުރިން ލަފާކުރި ވަރަށް ވެސް ވެސް ބޮޑު އަގަކަށް ކަމަށް ވާތީ މިއީ މިހާތަނަށް އެތަނުން ކުރިއަށް ގެންދިޔަ ނީލަމުގެ ތެރެއިން އެންމެ ހާއްސަ އަދި އަގުބޮޑު ނީލަން ކަމަށެވެ. އަދި އުންމީދު ވެސް ނުކުރާ ވަރުގެ ބޮޑު އަގަކަށް އައިނު ވިކުމުން އެންޑްރޫ އެކަން ސިފަކޮށްފައި ވަނީ "ދަ ސްޓާ ލޮޓް އޮފް ދަ ސެންޗަރީ" ގެ ގޮތުގަ އެވެ.

"މިއީ އަހަރެމެންގެ އޮކްޝަންސް އަށް ލިބުނު ރިކޯޑެއް އެކަންޏެއް ނޫން. ނީލަމުން ދައްކުވައި ދިނީ ބައިނަލްއަގްވާމީ ތާރީހީ އެއްޗެއްގެ މުހިއްމުކަން." އެންޑްރޫ ބުންޏެވެ.

ނީލަމުގައި ވިއްކައިލި ގާންދީގެ އައިނަކީ މީގެ ދުވަސްކޮޅެއް ކުރިން އެންޑްރޫ މަސައްކަތް ކުރާ ތަނުގެ ތެރޭގައި އެލުވާފައި އޮތް ލެޓާބޮކްސްއެއްގެ ތެރެއިން ފެނުނު އެއްޗެކެވެ. އެ ނުހުޅުވާތާ އެތައް ޒަމާނަކަށް ފަހު ހުޅުވި އިރު އައިނު އޮތީ އޭގައި ތެރޭގައި އޮތް ސިޓީއުރައެއްގަ އެވެ. އަދި އެއާއެކު ނޯޓެއް ވެސް އޮތެވެ. އޭގައި ލިޔެފައި އޮތީ "މި އައިނަކީ ގާންދީގެ އައިނު ކަމަށާއި އޭތި ހަދިޔާކޮށްފައި ވަނީ އަހަރެންގެ ބޮޑުބޭބެއަށް" ކަމަށެވެ. ނޯޓްގައި އިން ނަމްބަރަށް ގުޅައިގެން އައިނު ވިއްކި މީހާ ވެސް އެންޑީ ވަނީ ހޯދައިފަ އެވެ. އެއީ މިހާރު 80 އަހަރުން މައްޗަށް ގޮސްފައިވާ މީހެކެވެ. އެ މީހާ އެންޑީ އަށް ކިޔައިދިން ގޮތުގައި ގާންދީ ބޭނުންކުރެއްވި އައިނެއް އޭނާގެ ބޮޑުބޭބެ އަށް ލިބުނީ ދެކުނު އެފްރިކާގައި ގާންދީ އުޅުއްވި ދުވަސްވަރު ކަމަށެވެ. އައިނު ލިބުނު މީހާ އަކީ އޭރު ބްރިޓިޝް ޕެޓްރޯލިއަމް (ބީޕީ) ގައި ދެކުނު އެފްރިކާގައި މަސައްކަތްކުރި މީހެކެވެ.

ގާންދީގެ ތާރީހީ އައިނު ނީލަމުގައި ވިއްކައިލަން އޭގެ ސައްހަކަން ބެލުމަށް ވެސް ގިނަ ރިސާޗްތަކެއް ހެދުމަށް ފަހު އެވެ. އެގޮތުން އެއީ ސީދާ ގާންދީގެ އައިނެއްކަން ކަށަވަރުވެފައިވާ އިރު އޭގެ އަގު 13،000-19،500 ޑޮލަރަށް އަރާ ކަމަށް ބުނެފައިވެ އެވެ.