16 އޯގަސްޓް 2020
އެސްޓީއޯ އާއި އެސްޓީއޯ ހިއްސާވާ ވިޔަފާރިތަކަށް މިދިޔަ އަހަރު 383 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވާ ކަމަށް އެ ކުންފުނީގެ ރިޕޯޓުތަކުން ދައްކައިފި އެވެ.
އެސްޓީއޯ އާއި އެސްޓީއޯ ހިއްސާވާ ވިޔަފާރިތަކަށް މިދިޔަ އަހަރު 383 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވާ ކަމަށް އެ ކުންފުނީގެ ރިޕޯޓުތަކުން ދައްކައިފި އެވެ.
އިއްޔެ އެ ކުންފުނިން އިއުލާން ކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ދައްކާ ގޮތުގައި މުޅި އެސްޓީއޯ ގްރޫޕަށް އާމްދަނީގެ ގޮތުގައި 10.9 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ އެ ކުންފުންޏާއި އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ ސަބްސިޑަރީ ކުންފުނިތަކުގެ އާމްދަނީ އެއްކޮށްގެންނެވެ. މިއީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ރިޕޯޓުތައް ދައްކާގޮތުގައި މިދިޔަ އަހަރު އެސްޓީއޯ ގްރޫޕު ކުންފުނިތައް އެއްކޮށްގެން ސާފު ފައިދާގެ ގޮތުގައި 383 މިލިއަން ރުފިޔާ ލިބިފައިވާއިރު އެސްޓީއޯ އަށް އެކަނި 303 މިލިއަން ރުފިޔާ ލިބުނު ކަމަށް އެ ކުންފުނިން ބުންޏެވެ. ދެހާސް އަށާރަ ވަނަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 14 މިލިއަން ރުފިޔާ އެވެ. އަދި ހުރިހާ ކުންފުނިތައް އެއްކޮށް ސާފު ފައިދާގެ ގޮތުގައި އެ އަހަރު ލިބިފައިވަނީ 30 މިލިއަން ރުފިޔާ އެވެ.
އެސްޓީއޯއިން މައުލޫމާތު ދޭގޮތުގައި އެ ކުންފުނީގެ މިދިޔަ އަހަރުގެ ފައިދާ އިތުރުވެފައި ވަނީ ހަރަދުތައް މަދުކޮށް އޮޕަރޭޓިން ޕްރޮފިޓް އިތުރުވުމާ ގުޅިގެންނެވެ. އެގޮތުން އޮޕަރޭޓިން ޕްރޮފިޓުގެ ގޮތުގައި 2018 ވަނަ އަހަރު 247 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރު 842 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
އެސްޓީއޯގެ ދަށުން ހިންގާ ކުންފުނިތަކުގެ ތެރޭގައި މޯލްޑިވް ގޭސް އާއި އެލައިޑް އިންޝުއަރެންސް އަދި މިފްކޯ ހިމެނެ އެވެ. މި ތިން ކުންފުނިން އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް ވަނީ 1.8 ބިލިއަން ރުފިޔާ ލިބިފަ އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ މިދިޔަ އަހަރަކީ ފާއިތުވި ހަތަރު އަހަރު ތެރޭގައި އެ ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރު ކަމަށެވެ. އަދި މިއީ އެ ކުންފުނީގެ ދަށުން ހިންގާ ކުންފުނިތަކާއި އެ ކުންފުނި ގުޅިގެން ކުރި މަސައްކަތުން ލިބުނު ފައިދާ އެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެސްޓީއޯ: އެންމެ ބޮޑަށް ފުޅާވީ ޝިޕިން ދާއިރާ
ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް 235 މިލިއަން
އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 31ގައި
އެސްޓީއޯއަށް ފުރަތަމަ ކުއާޓާގައި 368 މިލިއަން ރުފިޔާ
ނަޝީދުގެ މަރުހަބާ އާއި ޝުކުރު އަމްރު އަށް
އަމްރު އެސްޓީއޯ އިން ވަކިކޮށްފި
އެސްޓީއޯ، ޓެކޮނޮލޮޖީގައި ބޮޑު ބަދަލަކާ ދިމާއަށް!
"ރޭޑިއޯގްރަފީ ކޯސް: ސިއްހީ ދާއިރާއަށް ކުރިއެރުމެއް"
އައިޓީއެފްސީގެ ބޮޑު އެހީއެއް އެސްޓީއޯ އާއި މިފްކޯ އަށް
ދާއިމަށް ބޭސްކާންޖެހޭ 8،000 މީހުން ދެކުނުގައި!