16 އޯގަސްޓް 2020
އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް، އެ ޕާޓީގެ މިހާރުގެ ޕާލަމެންްޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމަށް ކުރި ތުހުމަތާ އެކު ދެ ބޭފުޅުންގެ ވަރުގަދަ ކޯޅުމެއް ފެށިއްޖެ އެވެ.
އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް، އެ ޕާޓީގެ މިހާރުގެ ޕާލަމެންްޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމަށް ކުރި ތުހުމަތާ އެކު ދެ ބޭފުޅުންގެ ވަރުގަދަ ކޯޅުމެއް ފެށިއްޖެ އެވެ.
އެ ދެ ބޭފުޅުން ސޯޝަލް މީޑިއާގައި ބަހުގެ ހަމަލާތަކެއް މި ބަދަލުކުރެއްވީ، އިބްރާގެ ކޮއްކޮ އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް، އެމްޑީޕީގެ ތެރޭގައި ބާރުގަދަ ކުރައްވައި ޕާޓީގެ ކޮންޓްރޯލް އަތުލައްވަން އުޅޭ ކަމުގެ ތުހުމަތާ އެކު، އިތުބާރު ނެތް ކަމުގެ ވޯޓަކުން މަގާމުން ދުރު ކުރެއްވުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި ކުރައްވަނިކޮށެވެ. މަޖިލީހުގައި، 65 މެމްބަރުންނާ އެކު ސާފު އަޣުލަބިއްޔަތު އޮތް އެމްޑީޕީގެ ދެބައިވުން މި މައްސަލައިގައި އޮތީ ހާމަވެފަ އެވެ.
އަލީ އާޒިމަށް އިބްރާ ކުރެއްވި ތުހުމަތަކީ، އެމްޑީޕީގެ ތެރޭގައި "ޑީއާރުޕީ ހިންގަވަން" އުޅުއްވުމެވެ.
Alhugandah abadhuves team ah kulhen ingey, club hinganves ingey. Kulhen gengulhey boalha yaa wicket bai hifaigen geyakah nudhaanan. Adhi badhal hoadhumuge namugai rayyithunge tax faisaa in 200m dhamaigannaa kah dhuvahakuves noolhey nan https://t.co/pD35CgoCmI
— ??? ???? (@aliaazim) August 15, 2020
އެމްޑީޕީއާ އާޒިމް ގުޅިވަޑައިގަތީ، ޑީއާރުޕީގެ އޭރުގެ ލީޑަރު އަހުމަދު ތަސްމީން އަލީއާ އެކު ސިޔާސީ މަސައްކަތް ކުރެއްވުމަށް ފަހު އެވެ. އިބްރާގެ މި ތުހުމަތުގެ ކުރިން، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ވަނީ އާޒިމް އިސްވެ ހުންނަވައި، ދެތިން މެމްބަރުންނާ އެކު އެމްޑީޕީގެ ސަރުކާރު ބަލިކަށިކޮށްލަން އުޅުއްވާ ކަމަށް ވިދާޅުވެފަ އެވެ.
އިބްރާ އަށް ރައްދު ދެއްވައި، އާޒިމް ވިދާޅުވީ އޭނާ އަކީ އަބަދުވެސް ޓީމަށް ކުޅެން އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. ކްލަބް ވެސް ހިންގަވަން އެނގިވަޑައިގަންނަވާ ކަމަށެވެ.
"ކުޅެން ގެންގުޅޭ ބޯޅަ އާއި ވިކެޓް ބައި ހިފައިގެން ގެއަކަށް ނުދާނަން،" އާޒިމް ވިދާޅުވި އެވެ.
އިބްރާއާ މެދު ހިތްހަމަޖެހިވަޑައިނުގެން ފާޅުކުރެއްވި ޝުއޫރުތައް ނިންމަވައިލެއްވީ ދައުލަތުން ނުހައްގު ބަދަލެއް އިބުރާ ހޯއްދަވަން އުޅުއްވާ ކަމުގެ ތުހުމަތުު ވެސް އަޅުވަމުންނެވެ. ބަދަލު ހޯދުމުގެ ނަމުގައި ރައްޔިތުންގެ ފައިސާ އިން ވައްކަން ކުރަން ބޭނުންވާ ބަޔަކު ތިބި ކަމަށް އަލީ އާޒިމް ވަނީ ކުރިން ވެސް ވިދާޅުވެފަ އެވެ.
އިބްރާ އަށް ނިސްބަތް ކުރައްވައި އަލީ އާޒިމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ޓެކްސް ފައިދާ އިން 200 މިލިއަން ރުފިޔާ ދަމައިގަންނާކަށް ދުވަހަކު ވެސް އޭނާ ނޫޅުއްވާނެ އެވެ.
އިބްރާ ބަދަލު ހޯދަން އެދިފައި ވަނީ މަންދު ކޮލެޖު ހިންގި އެމްއީއެސްގެ އިމާރާތް އަތުލި މައްސަލައިގަ އެވެ. އޭނާގެ މުޅި މުދާ ދައުލަތުން ފޭރިގެންފައިވާތާ ހަތަރު އަހަރު ވެފައިވާއިރު، މިހާތަނަށް އެކަން ބެލޭނެ އެއްވެސް މަގެއް ނުފެންނަ ކަމަށް ވިދާޅުވެ، އިބްރާ ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ.
މަންދު ކޮލެޖު ހިންގަން 2008 ގައި އެމްއީއެސްގެ އިމާރާތް ދޫކުރީ 10 އަހަރަށެވެ. އެކަމަކު، އެ މުއްދަތު ހަމަނުވަނީސް އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެ 2015 ގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ އިމާރާތް އަތުލައިފަ އެވެ. އެ މިނިސްޓްރީން އޭރު ބުނެފައި ވަނީ އެއީ 2008 އިން ފެށިގެން އެތަނުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގަން ވި އެއްބަސްވުމާ އެއްގޮތަށް އެކަން ނުކުރުމެވެ.
އެކަމަކު މަންދު ކޮލެޖުން ބުނެފައިވާ ގޮތުގައި އެކަން ނުފެށި އޮތީ އެޑިއުކޭޝަން މިނިސްޓްރީގެ އިހުމާލުންނެވެ. އެކަމުގައި ޒިންމާވާން ޖެހޭނީ މިނިސްޓްރީން ކަމަށް ވެސް އިބްރާ ވަނީ ވިދާޅުވެފަ އެވެ.
އެމްޑީޕީގެ ތެރޭގައި ޑީއާރުޕީ ހިންގަން ނޫޅެން އިބުރާ އެދިވަޑައިގަތް އިރު، ނަޝީދު ވަނީ އެ ޕާޓީގެ ބައެއް ކަންކަމަށް ފާޅުގައި ފާޑުވިދާޅުވާ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމަށް ވެސް އެފަދަ ތުހުމަތަކާ އެކު ފާޑުކިއުން އަމާޒު ކުރައްވައިފަ އެވެ. ފައްޔާޒުގެ ވޯޓު ނަގަން އުޅުއްވާ ސަބަބު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނަށް ސާފުކޮށްދެއްވަމުން ވިދާޅުވެފައި ވަނީ ޕާޓީ އެއްފަރާތްކޮށް، އެއްވެސް މީހަކަށް ކޮންޓްރޯލް ނެގިގެން ނުވާނެ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ރޮޒައިނާގެ މަޅީގައި އެމްޑީޕީގެ އެއްވެސް މެމްބަރަކު ނުޖެހޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ފައްޔާޒުގެ ވޯޓާ އެކު، އެމްޑީޕީގެ ތެރޭގައި އޮތް އަރައިރުންވުންތައް ހާމަވާއިރު، އޭނާ އެދިވަޑައިގަންނަވަނީ އެފަދަ ނުތަނަވަސްކަމަކަށް ޕާޓީ ތެރެއިން ޖާގަ ދެވޭ ގޮތަށް އެއްވެސް ކަމެއް ނުކުރެއްވުމަށެވެ. އެކަމަކު، އެ ވޯޓަކީ ފައްޔާޒު މަގާމުން ދުރުކުރުމަށް ވުރެ، ޕާޓީގެ ތެރޭގައި ބާރުގަދަ ލީޑަރަކު ޓެސްޓު ކުރައްވާ ވޯޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެ ޕާޓީގެ ބައެއް މެމްބަރުން ދެކެވަޑައިގަންނަވަ އެވެ.
ޑިމޮކްރެޓްސްއާއެކު ވާދަކުރަން އެމްޑީޕީގެ ވިސްނުމެއް ނެތް
އޮޅުވާލުމެއް ކަމަށް ވިދާޅުވެ އާޒިމްގެ ރައްދު ފައްޔާޒަށް
މަންދު ކޮލެޖަށް ބަދަލު ދޭތީ އެމްޑީޕީގެ ފާޑުކިޔުން
އާޒިމް ފައްޔާޒަށް: "ކުރި ވައްކަންތައް އެނގޭ"
"ބްރޯ"ގެ ލަގަބާ އެކު ކޯލްތައް ގިނަވެއްޖެ: ފައްޔާޒު
އިބޫގެ މައްޗަށް ތަހުގީގު ހިންގަން އަންގަން ފާސްކޮށްފި
ބަދަލުގެގޮތުގައި ދިން ފައިސާ ދައުލަތަށް އަނބުރާ ހޯދަނީ
ފައްޔާޒު ހިތްވަރުދިނީ ޓެރަރިޒަމަށް: އަބްދުއްރަހީމް
"އަމީނަށް ހެދި ގޮތް" ދިފާއުކުރުމުން ރައްދު ދީފި
އެމްޑީޕީއަކީ ވެރިކަން ވައްޓާލާނެ ބައެއް ނޫން: ފައްޔާޒް