24 ޖެނުއަރީ 2024
އެމްޑީޕީގެ ތެރޭން ވަކިވެގެން ގޮސް އުފެއްދި "ދަ ޑިމޮކްރެޓްސް"އާ އެކު އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުކުތުމުގެ ވިސްނުމެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ތެރޭން ވަކިވެގެން ގޮސް އުފެއްދި "ދަ ޑިމޮކްރެޓްސް"އާ އެކު އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުކުތުމުގެ ވިސްނުމެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ދެ ޕާޓީން އެއްކޮށް ދިޔުމުގެ އެއްވެސް ވިސްނުމެއް އެމްޑީޕީގެ ނެތް ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީން އަޅުގަނޑުމެން ހުރިހާ ދާއިރާއަކަށް ކުރިމަތިލާނެ. އެ ބޭފުޅުން [ޑިމޮކްރެޓްސް] ކުރިމަތިލައްވާ ދާއިރާތަކަށް ކުރިމަތިލައްވާނެ،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ އެމްޑީޕީން ޑިމޮކްރެޓްސްއާ އެކު މަސައްކަތް ކުރަން ނިންމާފައިވަނީ މިހާރު ކުރިއަށްދާ މަޖިލީހުގެ ތެރެއިން ސަރުކާރު ޒިންމާދާރުކުރުމަށް ކަމަށެވެ.
"އަޅުގަނޑުމެން މި އުޅެނީ ކައިވެންޏެއް ކުރާކަށް ނޫން. އަޅުގަނޑުމެންނަށް ހުރި ކަންބޮޑުވުންތަކަކަށް މި ވަގުތު އެކުގައި މަސައްކަތް ކުރަން،" ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރާ މަސައްކަތުގެ ނަތީޖާއަކަށް ވާނީ ދިވެހި އާންމު ރައްޔިތުންނަށް އަނެއްކާވެސް ކަންކަން މިވާ ގޮތް ސާފުވެގެން ގޮސް އެ މެޖޯރިޓީ ސަރުކާރަށް ނުދޭން ނިންމުން. އޭގެ މާނައަކީ ފަހަރުގައި މި ބޭފުޅުންގެ ސީޓްތަކެއް ވެސް ވިން ވެދާނެ. އަޅުގަނޑުމެންގެ ސީޓްތަކެއް ވެސް ވިން ވެދާނެ."
މަޖިލިސް އިންތިހާބަށް އެކުގައި މަސައްކަތް ކުރުމުގެ ވިސްނުމެއް އެމްޑީޕީގައި ނެތް ކަމަށް ފައްޔާޒު ވިދާޅުވި ނަމަވެސް ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވީ މިހާތަނަށް ދެ ޕާޓީން ވެސް އެފަދަ މަޝްވަރާކޮށްފައިނުވާ ކަމަށެވެ.
"ދެ ޕާޓީން އަދި މިވީހާ ތަނަކަށް ވާހަކައެއް ނުދައްކަން އިންތިހާބަށް އެކުގައި ނުކުންނަން، ގޮނޑިތައް ބެހުމާ މެދު އެއްވެސް ވާހަަކައެއް ނުދައްކަން،" އާޒިމް ވިދާޅުވި އެވެ.
އަލީ އާޒިމް: މަޖިލިސް އިންތިހާބަށް އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާއެއް ނުހިނގާ ކަމަށް ވިދާޅުވި - ނިޝާން އަލީ / މިހާރު
އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ވަނީ ސަރުކާރުގެ ބައެެއް ސިޔާސަތުތަކާ މެދު ކަންބޮޑުވާތީ އެކުގައި މަސައްކަތްކޮށް ސަރުކާރު ޒިންމާދާރުކުރަން ނިންމައިފަ އެވެ. އަދި ބައެއް ބިލްތައް ދެ ޕާޓީ އެކުވެގެން މަޖިލީހަށް ހުށަހަޅަން ވެސް ވަނީ ނިންމައިފަ އެވެ.
ފައްޔާޒް ވިދާޅުވީ މި ސަރުކާރުގެ އަމަލުތަކާ މެދު ވަރަށް ބޮޑެތި ކަންބޮޑުވުންތައް މިހާރު އެބަހުރި ކަމަށެވެ. އަދި ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބިއްޖެނަމަ ވަރަށް ގިނަ ހައްގުތަކެއް ހިފަހައްޓާނެ ކަމަށް ބެލެވޭ ކަމަށާއި އެހެންވެ މަޖިލިސް ތެރެއިން ސަރުކާރު ޒިންމާދާރު ކުރުވުމަށްޓަކައި އެ ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"މިހެން މިކަންކަމުގެ ކަންބޮޑުވުން އޮތުމުގެ ސަބަބުން އަޅުގަނޑުމެން މި ނިންމީ މިކަންކަން މޮނީޓާކޮށް، ޒިންމާދާރު އޮޕޮޒިޝަނެއްގެ ހައިސިއްޔަތުން މި ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ހަންމަތަ ކުރުމާއި ހަމައެއާ އެކު މި ގައުމުގެ ޑިމޮކްރަޓިކް މުސްތަގްބަލް ރަނގަޅު ކުރުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލިސް ތެރެއިން ގެނައުމަށް މަޖިލިސް ތެރޭގައި އަޅުގަނޑުމެން އެއްކޮށް މަސައްކަތް ކުރުމަށް." ފައްޔާޒް ވިދާޅުވި އެވެ.
ޑިމޮކްރަޓްސްގެ ރައީސް ހަސަން ލަތީފް ވިދާޅުވީ މި ސަރުކާރުގައި ސިޔާސީ ބޭފުޅުންގެ އަދަދު އިންތިހާއަށް އިތުރުވަމުންދާ ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރަމުންދަނީ ދިވެހިންނަށް ގެއްލުންވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ ބޮޑަށް މި ސަރުކާރާ މެދު ކަންބޮޑުވާ ކަމަކީ ވަރަށް ނުރަނގަޅު ގޮތަކަށް މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަންކޮށް، ބޮޑު ބާރަކާއި ރާއްޖޭގެ ސިޔާސަތު ޖެހޭގޮތަށް އަދި ޖެހިގަންނަ ގޮތަށް ބައްޓަން ކުރަމުންދާތީ އަދި އެގޮތަށް އަމަލު ކުރަމުންދާތީ." ހަސަން ވިދާޅުވި އެވެ.
މެންބަރުންނާއި ސިޔާސީ މަގާމުތަކުގެ އަދަދު ހިފަހައްޓަނީ
ވޯޓަށް އެހޭ ވަރަށް ވެސް މެންބަރުން ވަޑައިނުގަންނަވާ
މަޖިލިސް ޖަލްސާ ނުބޭއްވުމުން މެންބަރުންގެ ކަންބޮޑުވުން!
ޑިމޮކްރެޓްސްގެ މެންބަރުންގެ ބަދަލުގައި ކޯޓަށް ދާނީ ޕާޓީ
ނަޝީދުގެ މައްސަލައިގެ ގަރާރު އެޖެންޑާނުކުރަން އެދިއްޖެ
ނަޝީދުގެ އިތުބާރުގެ މައްސަލައަށް ޑިމޮކްރެޓްސް ވަންނަނީ
އަމީރު ވަނީ ގާނޫނުއަސާސީއާ ހިލާފުވެފައި: ޑިމޮކްރެޓްސް
"ނަޝީދު ވަކިކުރަން އުޅެގެން އެމްޑީޕީ ވާނީ ބަލި"
އިންތިހާބަށް ފަހު ނިޒާމީ ވޯޓެއް ނަގަން އެމްޑީޕީ ތާއީދު
"ދެވަނަ ބުރުގައި ނަޝީދާއެކު ނުފެންނަ ގޮތެއް ނުފެނޭ"