05 އޯގަސްޓް 2020
ފުވައްމުލަކުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ފުވައްމުލަކުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ އެވެ.
މާލެއިން ގޮސް ހުރި އެ މީހާ ޕޮޒިޓިވްވީ، ފުވައްމުލަކު ހޮސްޕިޓަލުން ބުނިގޮތުގައި ކަރަންޓީނުގެ 14 ދުވަސް ހަމަވެގެން އިއްޔެ ޓެސްޓު ކުރުމުންނެވެ. އޭނާއާ އެކު އެ ރަށުން އިތުރު ބަޔަކު ޕޮޒިޓިވްވި ކަމެއް އެނގިފައެއް ނުވެ އެވެ. އެކަމަކު އެ ރަށުން ނެގި ބައެއް ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބެ އެވެ.
ފުވައްމުލަކުން އިއްޔެ ޕޮޒިޓިވްވެފައި ވަނީ 36 އަހަރުގެ އަންހެނެކެވެ.
މާލެ އިން ރަށްރަށަށް ދާ މީހުން 14 ދުވަސް ވަންދެން ކަރަންޓީނުގައި ތިބެން ޖެހޭއިރު، ބައެއް ރަށްރަށުގައި ކަރަންޓީނުގައި ތިބި މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ކަރަންޓީނުގެ މުއްދަތު ހަމަވެގެން ދޫކޮށްލަން ހަދާ ޓެސްޓުންނެވެ.
މާލޭގައި ހަލުއި ކަމާއެކު ކޮވިޑް-19 މިހާރު ފެތުރެމުން ދާއިރު، މާލެއިން ރަށްރަށަށް ދިޔުމުގައި ވެސް ވަނީ އުސޫލުތައް ހަރުކަށިކޮށްފަ އެވެ. އެގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ މިހާރު ރަށްރަށަކަށް ނުދެވެ އެވެ. އަދި ރަށްރަށުގައި ވެސް ބޭރަށް ނިކުމެ އުޅޭއިރު މާސްކް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އެދިފަ އެވެ.
މިހާރު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 100އިން މަތީގަ އެވެ. އެއާއެކު ރޭގަނޑު ދިހަ އަކުން ފަތިހު ފަހެއް ޖަހަންދެން މާލޭގައި ވަނީ ކާފިއު އިއުލާންކޮށްފަ އެވެ.
އައްޑޫ، ފުވައްމުލައް، ގަމުގެ ކާފިއު ވަގުތު އިތުރު
އައްޑު އާއި ފުވައްމުލަކުގެ ކާފިއު ވަގުތު އިތުރުކޮށްފި
އައްޑު އާއި ފުވައްމުލަކުގައި ވެސް ކާފިއު ހިންގަނީ
ކޮމިއުނިޓީ ސްޕްރެޑާ އެކު ފުވައްމުލައް ހުއްޓިފައި
ސަފާރީން ކޮވިޑް ޖެހުނު މީހުން ބާލާނީ ލ. އަތޮޅަށް
މެނިންގޯކޮކަލްގެ ކޮންޓެކްޓް ޓްރޭސިން ހަދައި، ބޭސް ދެނީ
ރޯގާތައް ފެތުރޭ އަދަދު ކޮންޓްރޯލް ނުވެ އިތުރުވަނީ
ފައިލޭރިއާ ޖެހިފައިވާ ތިން ބިދޭސީއަކު ކޫއްޑޫން ފެނިއްޖެ
ޑެންގޫ ހުން ޖެހިގެން ފުރަތަމަ ހަތަރު ދުވަހު 40 ކޭސް
ޗިކުންގުންޔާ ފެތުރޭ ވަރު ކޮންޓްރޯލެއް ނުވޭ!