15 މާޗް 2020
ފުވައްމުލަކުން މާލެއަށް ދަތުރުކުރަމުން އަންނަ "އައިލެންޑް ސަފާރީ1"ގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ތިބި ދެ މީހުން ލ. އަތޮޅަށް ބާލައި، ކަރަންޓީނުކުރާނެ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއޯސީ) ން މިރޭ ބުނެފި އެވެ.
ފުވައްމުލަކުން މާލެއަށް ދަތުރުކުރަމުން އަންނަ "އައިލެންޑް ސަފާރީ1"ގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ތިބި ދެ މީހުން ލ. އަތޮޅަށް ބާލައި، ކަރަންޓީނުކުރާނެ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއޯސީ) ން މިރޭ ބުނެފި އެވެ.
އެ ސެންޓަރުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، އެ ސަފާރީގައި ތިބީ ޖުމްލަ 32 މީހުން ކަމަށާއި އެއީ 16 ޓޫރިސްޓުންނާއި 16 ފަޅުވެރިން ކަމަށެވެ. އޭނާ ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވް ވި ދެ މީހުން، ލ. އަތޮޅާ ހިސާބުން ވަކިކުރުމަށް ފަހު، ސަފާރީ ދަތުރުކުރާނީ މާލެ އަށް ކަމަށެވެ. އެކަމަކު، އެ ސަފާރީގެ ހުރިހާ އެންމެން ވެސް އައިސޮލޭޓްކޮށް މޮނިޓާ ކުރާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
އައިލެންޑް ސަފާރީ1 ގައި ތިބި ދެ ޓޫރިސްޓަކަށް ބަލި ޖެހުނުކަން ކަށަވަރުކުރި އިރު، ސަފާރީ އޮތީ ފުވައްމުލަކުގެ ބޭރުގައި ބަނދަރުކޮށްފަ އެވެ. އެ ދެ މީހުންގެ ގައިން ސާމްޕަަލް ނެގީ ވެސް ސަފާރީ އެތަނުގައި އޮއްވަ އެވެ.
ފުވައްމުލަކުގެ މޭޔަރު އަބްދުﷲ ފަލާހް ޝަރީފް "މިހާރު" އަށް މިރޭ ވިދާޅުވީ އައިލެންޑް ސަފާރީ މިދިޔަ ބުދަ- ބުރާސްފަތީގައި އޮތީ ފުވައްމުލަކު ބަނދަރުގައި ކަމަށާއި އެހެން ނަމަވެސް އެއިން އެއްވެސް ޓޫރިސްޓަކު އެ ރަށަށް ނުފައިބާ ކަން މިހާތަނަށް ލިބުނު މައުލޫމާތުން އެނގިވަޑައިގަންނަވާ ކަަމަށެވެ. އެކަމަކު، އެ ސަފާރީގެ ދެ ފަޅުވެރިއަކު އެ ރަށަށް ފޭބި ކަމަށާއި އެެހެންވެ، އެ ދެ މީހުންނާ ގުޅުން ހުރި ކޮންޓެކްޓްތައް ހޯދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ސަފާރީ މާޗް، 11، 12 ގައި އޮތީ މި ރަށު ބަނދަރުގައި. ދެން ފުރައިގެން ދިޔައީ އަޅުގަނޑުމެންނަށް އިވޭ ގޮތުގައި އައްޑު އަށް. އެ އަށް ފަހު އިއްޔެ މި ރަށަށް ބަނދަރުކުރި، އެހެން ނަަމަވެސް އިއްޔެ އެ ބޯޓުން އެއްވެސް ބަޔަކު ނުފައިބާ. ހެލްތު އޮފިޝަލުން ބޯޓަށް އަރައި ޓޫރިސްޓުންގެ ގައިން ސާމްޕަލް ނެގީ ހަމަ އެކަނި،" ފަލާހު ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި، އައިލެންޑް ސަފާރީ ލ. އަތޮޅަށް މިހާރު ކުރާ ދަތުރުގައި ގއ. ވިލިނގިލީގައި ބަނދަރުކުރި އެވެ. ނަމަވެސް އެއްވެސް މީހަކު އެ ރަށަށް ނުފައިބާ ކަމަށް އޭނާ ވިދާޅުވި އެވެ. ވިލިނގިލިން އެ ސަފާރީ އަށް ކާބޯތަކެތި އެރުވީ ވެސް ފުލުހުންގެ އެހީގައި ކަމަށް މަބްރޫކް ވިދާޅުވި އެވެ.
އެކަމަކު އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައިލެންޑް ސަފާރީ1 ގެ އެއްވެސް ފަޅުވެރިއަކު އައްޑު އަށް ނުފައިބާ ކަމަށާއި އެ ބޯޓުގެ ދެ ޓޫރިސްޓުން ބައްޔަށް ޕޮޒިޓިވްވިކަން އެނގުނުއިރު ބޯޓް އޮތީ ފުވައްމުލަކު ބަނދަރުގައި ކަމަށެވެ.
"އައްޑޫ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މިދަނީ އަޅަމުން،" ސޯބެ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވި އެވެ.
ޓެގުން ނިންމީ ކުރެއްދުއަށް ދިޔަ ވަކީލުން ޓެސްޓުނުކުރަން
ޓޫރިސްޓު ފުރުވާލި މައްސަލަ ބަލަން ފުލުހުން ކުރެއްދޫގައި
ކޮވިޑް-19: ރާއްޖޭން 13 މީހަކު ރަނގަޅުވެއްޖެ
ކޮވިޑް-19: ހަކުރާހުރާ އިން ޝައްކުވި މީހާ ނެގެޓިވް
ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ މީހަކު ރަނގަޅުވެއްޖެ
މާލޭގެ ދެ ގެއެއް ބަންދުކޮށް ޓެސްޓްކުރަން ފަށައިފި
ފެލައިނީއާ ބައްދަލުވި ނަމަ އަވަހަށް ރިޕޯޓްކުރަން އެދެފި
ކޮވިޑު ޖެހުނު މީހަކާ ގުޅުން ހުރި މީހެއް ހުޅުމާލޭގައި
ކޮވިޑް-19: މާލޭން 16 މީހަކު ކަރަންޓީން ކޮށްފި
ކޮވިޑްގައި މިއަދު ދެ މީހަކު ނިޔާވެއްޖެ