Roadha Mihaaru
ކޮވިޑް-19: މާލޭން 16 މީހަކު ކަރަންޓީން ކޮށްފި

ކޮވިޑް-19 ޖެހުނު ޓޫރިސްޓާ ގުޅުން އޮތުުމުން މާލޭން 16 މީހަކު ކަރަންޓީން ކޮށްފި

09 މާޗް 2020

ކޮވިޑް-19 އަށް ރާއްޖެއިން ފުރަތަމަ ޕޮޒިޓިވް ވި ދެ ބިދޭސީންނަށް އެ ބަލި އެރުމަށް މެދުވެރިވި އިޓަލީގެ ޓޫރިސްޓު މީހާ މާލޭގައި ހޭދަކުރި ދެ ދުވަހު އޭނާއާ އެކި ގޮތްގޮތުން ކޮންޓެކްޓެކްޓް ވެފައިވާ 16 މީހަކު މިއަދުު ކަރަންޓީން ކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 އަށް ރާއްޖެއިން ފުރަތަމަ ޕޮޒިޓިވް ވި ދެ ބިދޭސީންނަށް އެ ބަލި އެރުމަށް މެދުވެރިވި އިޓަލީގެ ޓޫރިސްޓު މީހާ މާލޭގައި ހޭދަކުރި ދެ ދުވަހު އޭނާއާ އެކި ގޮތްގޮތުން ކޮންޓެކްޓެކްޓް ވެފައިވާ 16 މީހަކު މިއަދުު ކަރަންޓީން ކޮށްފި އެވެ.

ކޮވިޑް-19 އާ ބެހޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދިނުމަށް ރައީސް އޮފީހުން އައްޔަން ކޮށްފައިވާ، އެ އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ، އިޓަލީގެ ޓޫރިސްޓް މީހާއާ އެކި ގޮތްގޮތުން ގުޅުން ހުރި ކަމަށް ބެލެވިގެން މާލެ އިން އެކަހެރި ކުރީ މާގިރި ހޮޓަލުގެ 15 މުވައްޒަފަކާއި ޔުނިވާސަލް އެންޓަޕްރައިސަސްގެ ޓިކެޓިން އޮފީހެއްގެ މުވައްޒަފަކު ކަަމަށެވެ.

ކުުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ނިންމައި، އިޓަލީ އަށް ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިިވް ވިކަން އެންގި ޓޫރިސްޓް މީހާ މާލޭގައި ދެ ދުވަހު މަޑުކުރަން ޖެހުނީ އޭނާ ފުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިއުމުން ނުފުރިގެންނެވެ. އެ ދެ ދުވަހު އޭނާ މަޑުކުރީ މާގިރި ހޮޓަލުގަ އެވެ.

ކުރެއްދޫގެ ޑޮކްޓަރާއި އެހެން މީހަކު ކޮވިޑް-19 އަށް ޓެސްޓްކުރީ އެ ބަލި ޖެހުނުކަން އިޓަލީގެ ޓޫރިސްޓު މީހާ އެނބުރި ގައުމަށް ގޮސް އެންގުމުންނެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ އިޓަލީ އަށް އެނބުރި ދިޔަ ފަހުންނެވެ.

އިޓަލީގެ ޓޫރިސްޓު މީހާ މާލޭގައި އުޅުނީ މި މަހުގެ 1 އަދި 2 ގަ އެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި، ޓޫރިސްޓު މީހާ މާލޭގައި ހޭދަކުރި މުއްދަތުގައި އޭނާއާ ކޮންޓެކްޓް ވެފައި ވާތީ، އެކަހެރި ކުރި 16 މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން ވެސް ތިބީ ގޭގަ އާއި "ސެލްފް އައިސޮލޭޝަން" ގަ އެވެ. އެކަމަކު، އޭގެ ތެރެއިން އެކަކުގެ ގައިން ބަލީގެ އަލާމާތްތަކެއް ފެނުމުން އޭނާ ކަރަންޓީނު ކުރުމަށްޓަކައި ފަރުކޮޅުފުއްޓަށް ގެންދިއުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުން އައްޔަންކޮށްފައިވާ އެ އޮފީހުގެ މިއުނިކޭޝަން ޑިޕާޓްމަންޓުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ، ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަނީ. ފޮޓޯ:އަހުމަދު އަވްޝަމް

ކޮވިޑް-19 އާ ބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުން އައްޔަންކޮށްފައިވާ އެ އޮފީހުގެ މިއުނިކޭޝަން ޑިޕާޓްމަންޓުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ، ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަނީ. ފޮޓޯ:އަހުމަދު އަވްޝަމް

ޔުނިވާސަލްގެ ޓިކެޓިން އޮފީހުގައި މަސައްކަތް ކުރާ މީހާ އަކީ ކޮން ގައުމެއްގެ، ކޮން ޖިންސެއްގެ މީހެއް ކަމެއް މަބްރޫކް ވިދާޅެއް ނުވެ އެވެ. އެކަމަކު "މިހާރު"އަށް އެނިގިފައިވާ ގޮތުގައި އެެއީ ދިވެއްސެކެވެ.

އިޓަލީގެ ޓޫރިސްޓު މީހާ ކުރެއްދޫން އައިސް ދެ ދުވަސް ވަންދެން މާލޭގައި އުޅުނު އިރު އެކަން ނޭނގުނު ސަބަބު ބަލަމުން އަންނަ ކަމަށާއި އެކަން ހިނގި ގޮތް މިހާރު ވެސް އަންނަނީ ތަހުގީގުކުރަމުން ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވް ވެފައި ވަނީ ހަތަރު މީހުންނެވެ. އެއީ ކުރެއްދޫގައި މަަަސައްކަތްކުރި ދެ މީހަކާއި ސޭންޑީސް ބަތަލާ އައިލެންޑް ރިސޯޓުގައި އުޅުނު ދެ މީހެކެވެ. އެ ހަަތަރު މީހުންނަކީ ވެސް ބިދޭސީންނެވެ.

ކޮރޯނާވައިރަސް އަށް ރާއްޖޭން މިހާތަނަށް ޓެސްޓް ކޮށްފައި ވަނީ ޖުމްލަ 60 މީހެކެވެ.

ކޮވިޑް-19 އަށް ހަތަރު މީހުން ޕޮޒިޓިވް ވުމުން ކުރެއްދު އާއި ބަަތަލާ ވެސް އޮތީ ކަރަންޓީނުކޮށްފަ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމްގެ ވިޔަފާރި ހިންގާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ކުރެއްދޫ މިހާރު އޮތީ 1،300 އަށް ވުރެ ގިނަ މީހުންނާ އެކު ކަރަންޓީންކޮށްފަ އެވެ. އޭގެ ތެރޭގައި 699 ޓޫރިސްޓުންނާއި 270 ދިވެހި މުވައްޒަފުންނާއި، އިމާރާތްކުރުމުގެ މަސައްކަތަށް ގޮސް ތިބި އެހެން ކުންފުންޏެއްގެ ބިދޭސީންނާ އެކު 420 ބިދޭސީ މުވައްޒަފުން އެބަތިއްބެވެ.