05 އޯގަސްޓް 2020
މެޑްރިޑް (އޮގަސްޓް 5) – ކޮވިޑް-19 އާ ގުޅިގެން، މި އަހަރުގެ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގައި ނުކުޅެން އެންމެ ފަހުގެ ޗެމްޕިއަން ރަފައެލް ނަޑާލް ނިންމައިފި އެވެ.
މެޑްރިޑް (އޮގަސްޓް 5) – ކޮވިޑް-19 އާ ގުޅިގެން، މި އަހަރުގެ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގައި ނުކުޅެން އެންމެ ފަހުގެ ޗެމްޕިއަން ރަފައެލް ނަޑާލް ނިންމައިފި އެވެ.
ނަޑާލް ކުރި ޓްވީޓެއްގައި ބުނީ ވަރަށް ބޮޑަށް ވިސްނުމަށް ފަހު ނުކުޅެން ނިންމާފައިވާ ކަމަށާއި މުޅި ދުނިޔޭގައި ވެސް އޮތީ ދަތި އުދަނގޫ ހާލަތެއް ކަމަށެވެ.
"ކޮވިޑް ކޭސްތައް އަންނަނީ މަތިވަމުން. ފެންނަ ފެނުމުން އަދިވެސް ކޮންޓްރޯލެއް ނެތް،" ނަޑާލް ބުނެފައިވެ އެވެ. "މިއީ އަހަރެން ނިންމަން ބޭނުންވި ނިންމުމެއް ނޫން. އެކަމަކު މި ފަހަރު އަހަރެން ނިންމީ އަހަރެންގެ ހިތްބުނާ ގޮތް ހަދަން އަދި މި ވަގުތަށް ދަތުރުނުކުރަން."
ނަޑާލް ވަނީ، އަލުން އެކުލަވާލި ބައިނަލްއަގްވާމީ ޓެނިސް ކަލަންޑަރަށް ވެސް ފާޑުކިޔައިފަ އެވެ. މި މަހުގެ 31 އިން ސެޕްޓެމްބަރު 13 އަށް ޔޫއެސް އޯޕަން ބޭއްވުމަށް ފަހު ފްރެންޗް އޯޕަން ސެޕްޓެމްބަރު 27 ގައި ފަށާނެ އެވެ.
ނަޑާލްގެ ވާދަވެރިޔާ ސްވިޒަލެންޑުގެ ރޮޖާ ފެޑެރާ ކަކުލުގެ އޮޕަރޭޝަނަކަށް ފަހު ރިވަކަވަރީގައި ހުރުމުން އޭނާ އަށް ވެސް މި މުބާރާތުގައި ނުކުޅެވޭނެ އެވެ. އެހެންވެ މި ފަހަރުގެ ޔޫއެސް އޯޕަން ވެގެންދާނީ 1999 ވަނަ އަހަރަށް ފަހު ގްރޭންޑް ސްލޭމް މުބާރާތެއްގެ މެއިން ޑްރޯގައި މީގެ ތެރެއިން ކުޅުންތެރިޔަކު ނުހިމެނޭނެ ފުރަތަމަ ފަހަރަށެވެ.
ޖުމްލަ 20 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ފެޑެރާގެ އަދަދާ އެއްވަރުކުރަން، ނަޑާލަށް ބޭނުންވަނީ އެންމެ ތަށްޓެކެވެ. އެހެންވެ އޭނާ މި ދޫކޮށްލީ ޔޫއެސް އޯޕަން ކާމިޔާބުކޮށް ފެޑެރާއާ އެއްވަރުކުރަން ލިބިފައި އޮތް ފުރުސަތެކެވެ.
ޔޫއެސް އޯޕަން: ހަތަރު ވަނަ ބުރުން ނަޑާލް ކަޓައިފި
މޮޅު ކުޅުމަކާ އެކު ނަޑާލް ޔޫއެސް އޯޕަން ކާމިޔާބުކޮށްފި
ނަޑާލް ހިތްވަރު ހޯދަނީ ޓައިގާ ވުޑްސް ކައިރިން
މަޝްހޫރު ވެއްޖެނަމަ ޕްރެޝަރު ދެގުނަ ވާނެ: ނަޑާލް
"އުމުރަކީ ހަަމައެކަނި ނަންބަރެއް، ތަފާތަކީ ހިތްވަރު"
12 އަހަރަށް ފަހު ނަޑާލް އަށް ބޮޑު ނާކާމިޔާބެއް
ޖޮކޮވިޗް އޮލިމްޕިކްސްގައި ނަޑާލްގެ މައްޗަށް ކުރި ހޯދައިފި
އޮލިމްޕިކްސްއާ ކުރިމަތިލާއިރު ނަޑާލްގެ ފޯމު ދަށްވެފައި
ނަޑާލް ކެޓީ ފުރަތަމަ ބުރުން، ދެން އަލުން ނުފެނިދާނެ
24 ވަނަ ތައްޓާއެކު ޖޮކޮވިޗް، ކޯބީގެ ހަނދާންއާކޮށްފި