09 ސެޕްޓެމްބަރ 2019
ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 9) - ފޯރިގަދަ މެޗަކަށް ފަހު ދެއްކި މޮޅު ކުޅުމާ އެކު ރަޝިއާގެ ޑެނީލް މެޑްވެޑޭވް ބަލިކޮށް މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރަފައެލް ނަޑާލް ހަތަރު ވަނަ ފަހަރަށް ޔޫއެސް އޯޕަން ކާމިޔާބުކޮށްފި އެވެ.
ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 9) - ފޯރިގަދަ މެޗަކަށް ފަހު ދެއްކި މޮޅު ކުޅުމާ އެކު ރަޝިއާގެ ޑެނީލް މެޑްވެޑޭވް ބަލިކޮށް މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރަފައެލް ނަޑާލް ހަތަރު ވަނަ ފަހަރަށް ޔޫއެސް އޯޕަން ކާމިޔާބުކޮށްފި އެވެ.
އުމުރުން 33 އަހަރުގެ ނަޑާލް މީގެ ކުރިން ޔޫއެސް އޯޕަން ކާމިޔާބުކުރީ 2010، 2013 އަދި 2017 ގަ އެވެ. މި ފަހަރުގެ ފައިނަލުގައި 7-5 6-3 5-7 4-6 6-4 އިން ސެޓުތައް ދިޔައިރު، މި މެޗު ފަށައިގެން ޑެނީލް ދިޔައީ ނަޑާލަށް ގިނަ ގޮތްގޮތުން ޕްރެޝަރު ކުރަމުންނެވެ. ހަތަރު ގަޑިއިރާއި 50 މިނިޓަށް ދިގު ދެމިގެންދިޔަ މި ފައިނަލުގައި ނަޑާލަށް މެޗުގެ ތެރެއަށް ވަދެވުނީ އެއް ގަޑިއިރު ދިޔަ ފަހުންނެވެ. ނަޑާލް ވަނީ ފަހު ސެޓުތަކުގައި ޑެނީލަށް މާ ގިނަ ފުރުސަތެއް ނުދީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ނަޑާލް ވަނީ މިއީ ފަހަކަށް އައިސް އޭނާ އަށް އެންމެ މޮޅަށް ކުޅެވުނު ފައިނަލް ކަމަށް ބުނެފަ އެވެ.
މި ކާމިޔާބީއާ އެކު ނަޑާލް ވަނީ އޭނާގެ ޓެނިސް ކެރިއަރުގައި 19 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފަ އެވެ. މިއާ އެކު އޭނާ ވަނީ ރޮޖާ ފެޑެރާ 20 ގްރޭންޑްސްލޭމް ކާމިޔާބުކޮށްގެން ހަދާފައިވާ ރެކޯޑާ ގާތަށް ޖެހިލައިފަ އެވެ. ތިން ވަނައިގައި އޮތް ނޮވަކް ޖޮކޮވިޗަށް ކާމިޔާބުކުރެވުނީ 16 ގްރޭންޑްސްލޭމް މުބާރާތެވެ.
ރޭގެ ފައިނަލަށް ފަހު ނަޑާލް ބުނީ އޭނާ އަށް އެންމެ މުހިއްމީ ގްރޭންޑް ސްލޭމް ރެކޯޑްތަކެއް ހެދުމެއް ނޫން ކަމަށާއި އަދި ގިނަ ގްރޭންޑް ސްލޭމް މުބާރާތްތަކެއްގެ ރެކޯޑެއް ހޯދުމެއް ވެސް ނޫން ކަމަށެވެ.
"އެންމެ ގިނަ މެޗުން މޮޅުވާ ކުޅުންތެރިއަކަށްވާން އަހަރެން ވަރަށް ބޭނުން. އެކަމަކު ކޮންމެ ދުވަހަކު އަހަރެން ޕްރެކްޓިސްކޮށް މަސައްކަތްކުރާއިރު އަހަރެން ވިސްނަނީ ހަމައެކަނި އެކަމަކަށް ނޫން. އަހަރެން ލޯބިވާ މި ކުޅިވަރު ތެރޭގައި އެންމެ މަތީ ފަންތީގައި ވީ އެންމެ ގިނަ ދުވަހެއް ވަންދެން އުޅެން ބޭނުމީ،" މި ވަގުތު ދުނިޔޭގެ ރޭންކިންގެ ދެ ވަނައިގައި އޮތް ނަޑާލް ބުންޏެވެ.
މި ވަގުތު އޮތްގޮތުން ސީޒަނުގެ ފަހު މުބާރާތްތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން ނަޑާލަށް ދުނިޔޭގެ ރޭންކިންގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު ނަޑާލް ބުނީ އަމިއްލަ ޓާގެޓްތަކެއް ކަނޑައަޅައިގެން އިތުރު ޕްރެޝަރުތަކެއްގެ ތެރެއަށް ދާން ބޭނުންނުވާ ކަމަށެވެ.
"މި ވަގުތު އަހަރެންގެ ވިސްނުމަކީ ދުނިޔޭގެ އެއް ވަނަ އަށް އެރުމެއް ނޫން. އަހަރެން އެންމެ ބޭނުންވާ ގޮތަށް ފިޓްކޮށް ހުރެ ޓެނިސް ކުޅުން އެއީ އެންމެ ބޮޑު އަމާޒު. ދުނިޔޭގެ ރޭންކިންގައި ވާދަކޮށް އުޅުނީ ކެރިއަރުގެ އެންމެ ޕީކުގައި. މި ވަގުތު މިއީ ދިގު ކެރިއަރަކަށް ވިސްނާ ވަގުތު،" ނަޑާލް ބުންޏެވެ.
އަންނަ އަހަރު ފެބްރުއަރީގައި ދެކުނު އެފްރިކާގައި ފެޑެރާ އާއި ނަޑާލް ވާދަކުރާ ދައްކާލުމުގެ މެޗުގެ 48،000 ޓިކެޓް އެންމެ 10 މިނިޓް ތެރޭ ވިކިފައިވާއިރު، ނަޑާލް ބުނީ މިއީ އޭނާގެ ކެރިއަރުގައި ހާއްސަ މެޗަކަށްވާނެ ކަމަށް ބުނެފަ އެވެ.
ޔޫއެސް އޯޕަން: ހަތަރު ވަނަ ބުރުން ނަޑާލް ކަޓައިފި
ޔޫއެސް އޯޕަންގައި ނުކުޅެން ނަޑާލް ނިންމައިފި
ނަޑާލް ހިތްވަރު ހޯދަނީ ޓައިގާ ވުޑްސް ކައިރިން
މަޝްހޫރު ވެއްޖެނަމަ ޕްރެޝަރު ދެގުނަ ވާނެ: ނަޑާލް
"އުމުރަކީ ހަަމައެކަނި ނަންބަރެއް، ތަފާތަކީ ހިތްވަރު"
12 އަހަރަށް ފަހު ނަޑާލް އަށް ބޮޑު ނާކާމިޔާބެއް
ނަޑާލް ރިޓަޔާކޮށްފި؛ އާއިލާގެ އުއްމީދު ހާސިލުކޮށްދެވުނު
ޖޮކޮވިޗް އޮލިމްޕިކްސްގައި ނަޑާލްގެ މައްޗަށް ކުރި ހޯދައިފި
އޮލިމްޕިކްސްއާ ކުރިމަތިލާއިރު ނަޑާލްގެ ފޯމު ދަށްވެފައި
ނަޑާލް ކެޓީ ފުރަތަމަ ބުރުން، ދެން އަލުން ނުފެނިދާނެ