30 އޯގަސްޓް 2017
ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 30) - ކޮންމެ ކުޅިވަރެއްގައި ވެސް އުމުރަކީ ހަމައެކަނި ނަމްބަރެއް ކަމަށާއި ތަފާތު ފެންނާނީ ދައްކާ ހިތްވަރުން ކަމަށް ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިއާ ރަފައެލް ނަޑާލް ބުނެފި އެވެ.
ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 30) - ކޮންމެ ކުޅިވަރެއްގައި ވެސް އުމުރަކީ ހަމައެކަނި ނަމްބަރެއް ކަމަށާއި ތަފާތު ފެންނާނީ ދައްކާ ހިތްވަރުން ކަމަށް ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިއާ ރަފައެލް ނަޑާލް ބުނެފި އެވެ.
އެންމެ ފަހުން ނެރުނު ރޭންކިންގައި ނަޑާލަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ލިބުނުއިރު، މިއީ 2014 ވަނަ އަހަރުގެ ޖުލައި މަހަށް ފަހު ޓެނިހުގެ ރޭންކިން އެއް ވަނަ އަށް ނަޑާލް އެރި ފުރަތަމަ ފަހަރެވެ. ފާއިތުވި ތިން އަަހަރު އަނިޔާގެ ސަބަބުންނާއި ފޯމު ގެއްލުމުގެ ސަބަބުން ދެ ފަހަރެއްގެ މަތިން އުމުރުން 31 ނަޑާލް ވަނީ ރޭންކިންގެ ގަދަ 10 އަކުން ވެސް ކަޓައިފަ އެވެ. އެހެން ނަމަވެސް މި އަހަރު އޭނާ އަންނަނީ އަނިޔާ އިން ރަނގަޅުވެ ތަފާތު ދައްކަމުންނެވެ.
"ވަރަށް ގިނަ ބަޔަކު ނިންމި އަހަރެންގެ ކެރިއަރު ނިމުމަކަށް އައީ ކަމަށް. އުމުރުން ދުވަސްވެފައި ވަނިކޮށް ގިނަ އަނިޔާތަކެއްގެ ސަބަބުން އަހަރެންނަށް ދެން ކުރީގެ ކުޅުން ނުދެކޭނެކަމަށް ވެސް ބުނި. އެކަމަކު ތަފާތު ފެނިއްޖެ. އުމުރަކީ ކޮންމެ ކުޅިވަރެއްގައި ވެސް ނަންބަރެއް. ތަފާތު ދައްކާނީ ހިތްވަރުން. އަހަރެން ގަބޫލުކުރީ އެގޮތަށް ނަތީޖާ ފެނިއްޖެ،" ޔޫއެސް އޯޕަންގެ ފުރަތަމަ މެޗަށް ފަހު ނަޑާލް ބުންޏެވެ.
ނަޑާލް ވަނީ މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ގްރޭންޑް ސްލޭމް މުބާރާތުގެ ފުރަތަމަ މެޗުން ސާބިއާގެ ޑޫސަން ލަޖޯވިޗް އަތުން މޮޅުވެފަ އެވެ. ލަޖޯވިޗްގެ މައްޗަށް ނަޑާލް ކުރިހޯދިއިރު މެޗުގެ ސެޓުތައް ދިޔައީ 7-6 (8-6) 6-2 6-2 އިންނެވެ.
ނަޑާލް ބުނީ ރޭންކިންގެ މަގާމު ދެމެހެއްޓުމަކީ އެންމެ އުނދަގޫ މަސައްކަތް ކަމަށެވެ.
"ހަގީގަތުގައި ރޭންކިންގައި އެންމެ މައްޗަށް ދިއުމަށް ވުރެން އުނދަގޫ ކަމަކީ އެ ހިސާބަށް ގޮސްފައި މަގާމު ދެމެހެއްޓުން. އަހަރެންނަށް އެނގޭ މިކަމުގައި ހުރި ރިސްކު. ޕްރެޝަރުގައި ޓެނިސް ކުޅެވޭނެ ފެންވަރު އަދިވެސް އަހަރެންގެ ކިބައިގައި އެބަހުރި،" ނަޑާލް ބުންޏެވެ.
ނަޑާލް ވަނީ 2010 އަދި 2013 ވަނަ އަހަރު ޔޫއެސް އޯޕަން ކާމިޔާބު ކޮށްފަ އެވެ. މި ފަހަރުގެ މުބާރާތް ކާމިޔާބު ކޮށްފިނަމަ މި ވެގެންދާނީ ކެރިއަރުގައި އޭނާ ކާމިޔާބުކުރާ 16 ވަނަ ގްރޭންޑް ސްލޭމް މުބާރާތަށެވެ.
ޔޫއެސް އޯޕަން: ހަތަރު ވަނަ ބުރުން ނަޑާލް ކަޓައިފި
ޔޫއެސް އޯޕަންގައި ނުކުޅެން ނަޑާލް ނިންމައިފި
މޮޅު ކުޅުމަކާ އެކު ނަޑާލް ޔޫއެސް އޯޕަން ކާމިޔާބުކޮށްފި
ނަޑާލް ހިތްވަރު ހޯދަނީ ޓައިގާ ވުޑްސް ކައިރިން
މަޝްހޫރު ވެއްޖެނަމަ ޕްރެޝަރު ދެގުނަ ވާނެ: ނަޑާލް
12 އަހަރަށް ފަހު ނަޑާލް އަށް ބޮޑު ނާކާމިޔާބެއް
ނަޑާލް ރިޓަޔާކޮށްފި؛ އާއިލާގެ އުއްމީދު ހާސިލުކޮށްދެވުނު
ޖޮކޮވިޗް އޮލިމްޕިކްސްގައި ނަޑާލްގެ މައްޗަށް ކުރި ހޯދައިފި
އޮލިމްޕިކްސްއާ ކުރިމަތިލާއިރު ނަޑާލްގެ ފޯމު ދަށްވެފައި
ނަޑާލް ކެޓީ ފުރަތަމަ ބުރުން، ދެން އަލުން ނުފެނިދާނެ