03 ސެޕްޓެމްބަރ 2019
ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 3) - ކުޅިވަރުގައި ދިމާވާ އަނިޔާއާ އެހެނިހެން ގޮންޖެހުންތަކުން އަރައިގަންނަން ހިތްވަރު ހޯދަނީ ތަޖުރިބާކާރު ގޮލްފް ކުޅުންތެރިޔާ ޓައިގާ ވުޑްސްގެ ކައިރިން ކަމަށް، މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސްޕެއިންގެ ރަފައެލް ނަޑާލް ބުނެފި އެވެ.
ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 3) - ކުޅިވަރުގައި ދިމާވާ އަނިޔާއާ އެހެނިހެން ގޮންޖެހުންތަކުން އަރައިގަންނަން ހިތްވަރު ހޯދަނީ ތަޖުރިބާކާރު ގޮލްފް ކުޅުންތެރިޔާ ޓައިގާ ވުޑްސްގެ ކައިރިން ކަމަށް، މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސްޕެއިންގެ ރަފައެލް ނަޑާލް ބުނެފި އެވެ.
ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ނަޑާލް އިއްޔެ ވަނީ ޔޫއެސް އޯޕަންގައި 2014 ވަނަ އަހަރުގެ ޗެމްޕިއަން މަރިން ސިލިޗާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައި މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. ކްރޮއޭޝިއާގެ ސިލިޗް އަތުން ވަރުގަދަ ކުޅުމަކަށް ފަހު ނަޑާލް މޮޅުވިއިރު، މެޗުގެ ސެޓުތައް ދިޔައީ 6-3 3-6 6-1 6-2 އިންނެވެ.
މިދިޔަ ދެ އަހަރެއްހާ ދުވަހު އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވި ނަޑާލް ވަނީ މި ފަހަރުގެ ފްރެންޗް އޯޕަން ކާމިޔާބުކޮށްފަ އެވެ. ނަޑާލް ބުނީ އޭނާ ކެރިއަރުގައި މިސާލު ނަގަން އެންމެ ބޮޑަށް ބަލަނީ ޓައިގާ ވުޑްސް އަށް ކަމަށެވެ. އިއްޔެ ނަޑާލްގެ މެޗު ބަލަން ޓައިގާ ވުޑްސް ވަނީ ގޮސްފަ އެވެ. އަދި އާންމުކޮށް ނަޑާލްގެ ގިނަ މެޗުތަކެއް ބަލަން ޓައިގާ ވުޑްސް ދެ އެވެ.
"އޭނަ (ޓައިގަ ވުޑްސް)ގެ ސަޕޯޓް ލިބުމަކީ އަހަންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް. މިސާލަކަށް ބަލާނަމަ ޓައިގާ އަކީ އަހަރެންގެ އަބަދުވެސް އައިޑަލް. ކުޅިވަރުގައި ޓައިގާ ހާސިލްކޮށްފައި އެހުރި ކާމިޔާބީތަކަކީ އާދަޔާހިލާފު ކަންތައްތަކެއް. އެ ފެންވަރުގައި ވާދަކުރަން. އެ ޕްރެޝަރުތަކާ ކެރިގެން ކުރިމަތިލުމަކީ ކޮންމެ ކޮންމެ މީހަކަށްވާނެ ކަމެއް ނޫން،" އެކުގައި 10 އަހަރު ވަންދެން އެކުވެރިއެއްގެ ގޮތުގައި އުޅެފައިވާ ވުޑްސްއާ ބެހޭގޮތުން ނަޑާލް ބުންޏެވެ.
ޓައިގާ ވުޑްސް (ކ) އޭނާ އާއި ބައެއް އާއިލާގެ މެމްބަރުން ނަޑާލްގެ މެޗު ބަލަނީ.-- ފޮޓޯ: އޭއެފްޕީ
ހުސް ވަގުތުތަކުގައި ރެއާލް މެޑްރިޑާއި އޮސަސޫނާގެ މެޗުތައް ބެލުމުގެ އިތުރުން ނަޑާލް ވަނީ ޓައިގާގެ ގިނަ ގޮލްފް ސީރީސްތައް ބަލަން ވެސް ގޮސްފަ އެވެ. ނަޑާލް ބުނީ ކުޅިވަރު އެތުލީޓުންގެ އަހުލާގާއި އުޅުން ދަސްކުރުމަކީ އޭނާ ވަރަށް ގަޔާވެގެން ކުރާހިތްވާ ކަމެއް ކަމަށެވެ.
"ގޮލްފް ކޯސްގައި ޓައިގާ ކުޅޭތަން ބަލަން ދިއުމަކީ އަހަރެން ވަރަށް ޝައުގުވެރިކޮށް ކުރާ ކަމެއް. ޓައިގާގެ އެހީތަރިކަން އަހަންނަށް ވަރަށް ބޮޑަށް ލިބޭ. ބޮޑު އަނިޔާތަކަށް ފަހު އެ ހުންނަ ނަފްސާނީ ބިރުވެރިކަމުން އަރަައިގަނެ ކުރިއަށްދާން މަގުދައްކައިދީ ކަންތައް ކޮށްދިނުމުގައި ޓައިގާ ވަރަށް އެހީތެރިވެދޭ،" ނަޑާލް ބުންޏެވެ.
ބުރަކަށްޓައް ލިބުނު އަނިޔާގައި ދެ އަހަރު ހޭދަކުރުމަށް ފަހު މިދިޔަ އަހަރު ކުޅުމަށް އެނބުރި އައިސް ޓައިގާ ވަނީ ތަފާތު ދައްކައި ސީޒަނުގެ ބޮޑު މުބާރާތެއްގެ ތަށި އުފުލާލައިފަ އެވެ. ނަޑާލް ބުނީ ޓައިގާ އަށް ލިބުނު އެ ކާމިޔާބީ އަކީ ކުޅިވަރަށް ވެސް ލިބިގެންދިޔަ މޮޅެއް ކަމަށެވެ.
އެންމެ ފަހުގެ ޗެމްޕިއަން ނޮވަކް ޖޮކޮވިޗަށް މި ފަހަރުގެ މުބާރާތް ނިމިފައިވާއިރު، ދެން މި މުބާރާތަށް ވާދަކުރާނެ ކަމަށް ބެލެވޭ ދެ ކުޅުންތެރިންނަކީ ޒަމާންވީ ވާދަވެރިން ކަމަށްވާ ނަޑާލާއި ރޮޖާ ފެޑެރާ އެވެ. ކުއާޓާގައި ނަޑާލް ނުކުންނާނީ އާޖެންޓީނާގެ ޑިއޭގޯ ޝްވާޓްޒްމަނާ ދެކޮޅަށެވެ. އަދި ފެޑެރޭ ބައްދަކުކުރާނީ ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވާ އެވެ.
ޔޫއެސް އޯޕަން: ހަތަރު ވަނަ ބުރުން ނަޑާލް ކަޓައިފި
ޔޫއެސް އޯޕަންގައި ނުކުޅެން ނަޑާލް ނިންމައިފި
މޮޅު ކުޅުމަކާ އެކު ނަޑާލް ޔޫއެސް އޯޕަން ކާމިޔާބުކޮށްފި
މަޝްހޫރު ވެއްޖެނަމަ ޕްރެޝަރު ދެގުނަ ވާނެ: ނަޑާލް
"އުމުރަކީ ހަަމައެކަނި ނަންބަރެއް، ތަފާތަކީ ހިތްވަރު"
12 އަހަރަށް ފަހު ނަޑާލް އަށް ބޮޑު ނާކާމިޔާބެއް
ޖޮކޮވިޗް އޮލިމްޕިކްސްގައި ނަޑާލްގެ މައްޗަށް ކުރި ހޯދައިފި
އޮލިމްޕިކްސްއާ ކުރިމަތިލާއިރު ނަޑާލްގެ ފޯމު ދަށްވެފައި
ނަޑާލް ކެޓީ ފުރަތަމަ ބުރުން، ދެން އަލުން ނުފެނިދާނެ
24 ވަނަ ތައްޓާއެކު ޖޮކޮވިޗް، ކޯބީގެ ހަނދާންއާކޮށްފި