05 ސެޕްޓެމްބަރ 2016
ނިއުޔޯކް ސިޓީ (ސެޕްޓެމްބަރު 5) - ޔޫއެސް އޯޕަންގެ ހަތަރު ވަނަ ބުރުން ލޫކަސް ޕޮއުލޭ އަތުން ބަލިވެ ރަފައެލް ނަޑާލް ކެޓިއިރު މިއީ ފާއިތުވި 12 އަހަރު ތެރޭގައި އޭނާ އަށް އެންމެ ނާކާމިޔާބު އަހަރެވެ.
ނިއުޔޯކް ސިޓީ (ސެޕްޓެމްބަރު 5) - ޔޫއެސް އޯޕަންގެ ހަތަރު ވަނަ ބުރުން ލޫކަސް ޕޮއުލޭ އަތުން ބަލިވެ ރަފައެލް ނަޑާލް ކެޓިއިރު މިއީ ފާއިތުވި 12 އަހަރު ތެރޭގައި އޭނާ އަށް އެންމެ ނާކާމިޔާބު އަހަރެވެ.
އުމުރުން 30 އަހަރުގެ ނަޑާލް އެންމެ ފަހުން ގްރޭންޑް ސްލޭމް މުބާރާތެއްގެ ކުއާޓާ ފައިނަލުން ޖާގަ ނުލިބި ދިޔައީ 2004 ވަނަ އަހަރެވެ. އެއަށް ފަހު ފާއިތުވި 12 އަހަރުގައި ނަޑާލް ވަނީ ކޮންމެ އަހަރަކު ގްރޭންޑް ސްލޭމް ގިނަ މުބާރާތްތަކުގެ ސެމީ ފައިނަލު ނޫނީ ފައިނަލަށް ދަތުުރުކޮށްފަ އެވެ.
ނަޑާލް އެންމެ ފަހުން ގްރޭންޑް ސްލޭމް މުބާރާތެއްގެ ކުއާޓާ ފައިނަލުގައި ވާދަކުރީ މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން އާއި ފްރެންޗް އޯޕަންގަ އެވެ. އޭނާ އެންމެ ފަހުން ކާމިޔާބުކުރި ގްރޭންޑް ސްލޭމް މުބާރާތަކީ 2014 ވަނަ އަހަރުގެ ފްރެންޗް އޯޕަން އެވެ.
ނަޑާލް ބުނީ އެނާގެ ކުޅުން ފާއިތުވި އަހަރުތަކުގައި ދަށަށް ގޮސްފައިވަނީ އަނިޔާގެ ސަބަބުން ކަމަށެވެ.
"މިިދިޔަ އަހަރުތަކުގައި އަހަރެންގެ އެންމެ ރަނގަޅު ކުޅުން ނުފެނުނީ އަނިޔާގެ ސަބަބުން. އެކަމަކު އަހަރެންގެ ފިޓްނަސް 100 ޕަސެންޓާ ވަރަށް ގާތުގައި މި އުޅެނީ. އެއްކޮށް ފިޓްވެއްޖެނަމަ ކުރީގެ ކުޅުން ތަކުރާރުކުރާނަން. އަދި ތިން އަހަރެއް ވަރު އަހަންނަށް އެންމެ މަތީ ފެންވަރުގައި ކުޅެވޭނެ،" ކުރިން ދުނިޔޭގެ އެއް ވަނަ މަގާމު ގިނަ ފަހަރެއްގެ މަތިން ހޯދި ސްޕެއިނަށް އުފަން ނަޑާލް ބުންޏެވެ.
ނަޑާލް ވަނީ މިދިޔަ މަހު އޮތް އޮލިމްޕިކްސްގެ ޑަބަލްސް އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ.
ނަޑާލް އަތުން މޮޅުވި ފްރާންސްގެ ޕޮއުލޭ ބުނީ މިއީ އޭނާގެ ކެރިއަރުގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.
ޔޫއެސް އޯޕަން: ހަތަރު ވަނަ ބުރުން ނަޑާލް ކަޓައިފި
ޔޫއެސް އޯޕަންގައި ނުކުޅެން ނަޑާލް ނިންމައިފި
މޮޅު ކުޅުމަކާ އެކު ނަޑާލް ޔޫއެސް އޯޕަން ކާމިޔާބުކޮށްފި
ނަޑާލް ހިތްވަރު ހޯދަނީ ޓައިގާ ވުޑްސް ކައިރިން
މަޝްހޫރު ވެއްޖެނަމަ ޕްރެޝަރު ދެގުނަ ވާނެ: ނަޑާލް
"އުމުރަކީ ހަަމައެކަނި ނަންބަރެއް، ތަފާތަކީ ހިތްވަރު"
ނަޑާލް ރިޓަޔާކޮށްފި؛ އާއިލާގެ އުއްމީދު ހާސިލުކޮށްދެވުނު
ޖޮކޮވިޗް އޮލިމްޕިކްސްގައި ނަޑާލްގެ މައްޗަށް ކުރި ހޯދައިފި
އޮލިމްޕިކްސްއާ ކުރިމަތިލާއިރު ނަޑާލްގެ ފޯމު ދަށްވެފައި
ނަޑާލް ކެޓީ ފުރަތަމަ ބުރުން، ދެން އަލުން ނުފެނިދާނެ