02 ޖޫން 2016
ދެމޭ ސްކިނީ ޖިންސު ކޮންމެ ދުވަހަކު ލައި ފޫހިވެއްޖެ ނަމަ، އާ ސްޓައިލެއްގެ ޑެނިމް ޖިންސަކަށް ބަދަލުކޮށްލުން ކިހިނެއް ވާނެހެއްޔެ؟ ތަފާތު އާ ގޮތްގޮތަށް ތައްޔާރުކޮށްފައިވާ އެންމެ ފަހުގެ ޑެނިމް ޖިންސުގެ ސްޓައިލްތަކަކީ ލައިގެން އުޅެން ފަސޭހަ އަދި ހަށިގަނޑުގެ އެކި ބައްޓަންތަކާ ގުޅޭ ޒަމާނީ ޖިންސުގެ ވައްތަރުތަކެކެވެ.
ދެމޭ ސްކިނީ ޖިންސު ކޮންމެ ދުވަހަކު ލައި ފޫހިވެއްޖެ ނަމަ، އާ ސްޓައިލެއްގެ ޑެނިމް ޖިންސަކަށް ބަދަލުކޮށްލުން ކިހިނެއް ވާނެހެއްޔެ؟ ތަފާތު އާ ގޮތްގޮތަށް ތައްޔާރުކޮށްފައިވާ އެންމެ ފަހުގެ ޑެނިމް ޖިންސުގެ ސްޓައިލްތަކަކީ ލައިގެން އުޅެން ފަސޭހަ އަދި ހަށިގަނޑުގެ އެކި ބައްޓަންތަކާ ގުޅޭ ޒަމާނީ ޖިންސުގެ ވައްތަރުތަކެކެވެ.
ނުވަދޮހައިގެ އަހަރުތަކުގައި މަޝްހޫރުވި މިސްޓައިލަކީ ޖިންސުގެ ކަކުލުން ނުވަތަ ފަލަމަސްގަނޑާ ދިމާލުން އެކި ގޮތްގޮތަށް ވީދައި ރޮދި ނެގިފައި ހުންނަ ޖިންސެކެެވެ. "ޑިސްޓްރެސްޑް ޑެނިމް" އަކީ ހަމަގައިމުވެސް ރައްޓެހިންނާ އެކު ކޮފީއަކަށް ނުވަތަ މިފަދަ ނުރަސްމީ މުނާސަބަތުތަކަށް އެކަނި ލެވޭނެ ކަހަލަގެ ޖިންސެކެވެ. ގިނަ ތަންތަނުން ވީދާފައި ހުންނަ ވައްތަރާއި ވަރަށް ކުޑަކޮށް ހަމައެކަނި ކަކުލައި ދިމާލުން މިގޮތަށް ހުންނަ ޖިންސު ވެސް މިހާރު ލިބެން ހުރެ އެވެ. މިވައްތަރުގެ ޖިންސާ އެކު ގިނަ ޒާތުގެ ޓޮޕް، އަތްދަބަސް އަދި ބޫޓު ގުޅުވާލެވިދާނެ އެވެ.
ޑިސްޓްރެސް ޑެނިމް
މާމަލުގެ އެމްބްރޮއިޑަރީ، ޕެޗްވޯކް ނުވަތަ ލޭސް ހަރުކޮށްފައި ހުންނަ ޑެނިމް ޖިންސަކީ ފަހަކަށް އައިސް ގިނައިން ފެންނަ ސްޓައިލެކެވެ. މިވައްތަރުގެ ޖިންސު ސްޓައިލަކީ އެމީހެއްގެ އަމިއްލަ ސްޓައިލް ދައްކާލަން ބޭނުން ނަމަ އެކަށީގެންވާ ވައްތަރެކެވެ. އެކި ކުލައިގެ "އެމްބްރޮއިޑާޑް ޕެޗަޒް" ބޭނުންކޮށްލައިގެން ޖިންސުގައި ބޭނުންގޮތަކަށް ހަރުކޮށްލެވިދާނެ އެވެ.
އެމްބެލިޝްޑް ޑެނިމް
"ހައި ވެއިސްޓަޑް" ކޮށް ހުންނަ މި ޖިންސަކީ ތަނބިކައްޓާ ހަމަޔަށް ފުޅާކޮށް ހުންނަ ޖިންސެކެވެ. މިވައްތަރުގެ ޖިންސު ވެސް ކޮންމެ ބައްޓަމެއްގެ މީހަކާ ވެސް ގުޅޭނެ އެވެ. އަދި ކްރޮޕްޑް ފްލެއާ ޖިންސަކާ އެކު ހުދު ގަމީހަކާއި ކަޅު ބޫޓަކަށް އަރާލުމުން އޮފީހަށް ދާން ވެސް އެކަށީގެންވާނެ އެވެ. ކްރޮޕްޑް ފްލެއާޒްގެ އިތުރުން ކްރޮޕްޑް "ސްޓްރެއިޓް ކަޓް" ޖިންސަކީ ވެސް އެހާމެ ޒަމާނީ ސްޓައިލެކެވެ.
ކްރޮޕްޑް ފްލެއާޒް
އެންމެ ފަހުގެ ސްޓައިލްތަކަށް ލޯބިކުރާ ފަރާތްތަކަށް މި ޖިންސު ޓްރެންޑް ކަމުދާނެކަން ޔަގީނެވެ. ޖިންސުގެ ފައިކުރިން ރޮދި ނަގާފައި ހުންނަ މި ޖިންސަކީ އޭގެ ޒާތުގައި ޗާލާކީ ސްޓައިލެކެވެ. މިވައްތަރުގެ ޖިންސާ އެކު އާދައިގެ ގަމީހެއް ނުވަތަ ޒަމާނީ ޓޮޕެއް ވެސް ގުޅޭނެ އެވެ. ފްރިންޖް ޖިންސާ އެކު "މިއުލް" ބޫޓެއް ނުވަތަ "ލޭސް އަޕް" ހީލްސެއް ހިތްގައިމުވާނެ އެވެ.
ފްރިންޖް ޖީންސް
ޕެރިސް މިލާން ފަދަ ފެޝަނަށް ނަން މަޝްހޫރު ރަށްތަކުގައި މިހާރު އެންމެ ގިނައިން ފެންނަ ޖިންސް ސްޓައިލަކީ "ވައިޑް ލެގް" ޑެނިމް ޖިންސެވެ. ދެމޭ ވައްތަރުގެ ސްކިނީ ޖިންސުގެ ބަދަލުގައި ފުޅާކޮށް ހުންނަ ޖިންސަކީ ލައިގެން އުޅެން އެހާމެ ފަސޭހަވެފައި ޒަމާނީ ސްޓައިލެކެވެ.
ވައިޑް ލެގްޑް ޖީންސް
ފަހަކަށް އައިސް، މަޝްހޫރު ޔޫރަޕްގެ ބްރޭންޑެއް ކަމަށްވާ "ވެތެމޮން"ގެ ރަންވޭ މަތިން ފެނިގެންދިޔަ ޖިންސު ސްޓައިލަކީ ގިނަ ބައެއްގެ ތެރޭގައި މަގުބޫލު ޖިންސެކެވެ. ރެޓްރޯ ސްޓައިލަކަަށް ފެހުމާއި ކެނޑުން ހުންނަ މިޖިންސަކީ އެހެންމީހުންނަށްވުރެ ތަފާތުވާން ބޭނުން ނަމަ ޗާލު ވައްތަރެކެވެ.
ފިރިހެނުންގެ ބޫޓްކަޓް ޖީންސް އަލުން ޓްރެންޑް ވަނީ
ވީދިފައި ހުންނަ ޖީންސް ލާތީ ފާޑުކިޔުމުން ބޮޑު ބަހުސެއް
ބާރު ޖީންސެއްގެ ސަބަބުން މަރު ނުވީ ކިރިޔާ
ޖީންސް ލާން ހުއްދަ ނުދޭތީ ފިރިމީހާ މަރާލައިފި
"ކިލާވެފައި" އޮތް ޖިންސެއް 6500ރ. އަށް
ސްކިނީ ޖީންސުން ގެއްލުންވޭތަ؟
ފެޝަން ޑިޒައިނަރު ރޯހިތު ބާލް މަރުވެއްޖެ
މަސާބާއަށް އަންހެން ކުއްޖަކު ލިބިއްޖެ
ހުވޭގެ ހުވާސް ހަވާގައި: މުޅި ގޭމު ބަދަލުކޮށްލައިފި
މޫނު އޮމާންކޮށްލަން ކުޑަ ޓިޕެއް