17 މާޗް 2017
ބައެއް އަންނައުނުން މައިބަދަ ސީދާކުރަން އުނދަގޫވުމާއި ކަރުގެ މައްސަލަތަކާއި ބުރަކަށީގައި ރިއްސުން ފަދަ ކަންކަމާ ދިމާވާ ކަމުގެ އިންޒާރުތައް ތަޖުރިބާކާރުން ދެ އެވެ. ބްރިޓިޝް ކައިރޯޕްރެކްޓިކް އެސޯސިއޭޝަން (ބީއެސްއޭ) އިން ބުނަނީ ސްކިނީ ޖީންސާއި ހައި ހީލްސް އަދި އަތްދަބަހަކީ އަންހެނުންގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތައް ކުރިމަތިކުރުވާ އެއްޗެހިތަކެއް ކަމަށެވެ.
ބައެއް އަންނައުނުން މައިބަދަ ސީދާކުރަން އުނދަގޫވުމާއި ކަރުގެ މައްސަލަތަކާއި ބުރަކަށީގައި ރިއްސުން ފަދަ ކަންކަމާ ދިމާވާ ކަމުގެ އިންޒާރުތައް ތަޖުރިބާކާރުން ދެ އެވެ. ބްރިޓިޝް ކައިރޯޕްރެކްޓިކް އެސޯސިއޭޝަން (ބީއެސްއޭ) އިން ބުނަނީ ސްކިނީ ޖީންސާއި ހައި ހީލްސް އަދި އަތްދަބަހަކީ އަންހެނުންގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތައް ކުރިމަތިކުރުވާ އެއްޗެހިތަކެއް ކަމަށެވެ.
ނަމަވެސް މި މީހުން ކޮށްފައިވާ ދިރާސާގައި ބުނެފައިވާ ވާހަކަތައް ޗާޓާޑް ސޮސައިޓީ އޮފް ފިޒިއޮތެރަޕީ އާއި އެހެން ބައެއް ތަޖުރިބާކާރުން ދޮގުކުރެ އެވެ. އެފަރާތްތަކުން ބުނަނީ އަހަރެން އަޅާ ހެދުމާ މެދު ބިރުގަނެގެން ނުވާނެކަމަށެވެ.
ސްކިނީ ޖިންސް: ބީއެސްއޭ އިން ބުނަނީ ސްކިނީ ޖީންސް ލުމުން، ހެލިފެލިވެ އުޅުމުގައި ތަކުލީފުތަކެއް ހުންނަ ކަމަށެވެ. އެއީ ހަމައެކަނި ހިނގާލުން ފަދަ ކަމެއް ކުރުން ކަމަށް ވިޔަސް އެކަމުގައި ވެސް ކޮންމެވެސް ވަރެއްގެ އުނދަގުލަކާ ކުރިމަތިވާ ކަމަށެވެ.
"މާ ބާރުކޮށް ހުންނަ އަންނައުނު ލުމަކީ އެމީހަކު އާދަކޮށް ހިނގާ ބިނގާވެ އުޅޭ އުޅުމަށް ކޮންމެވެސް ކަހަލަ ހުރަސްތަކެއް ކުރިމަތިވާނެ ކަމެއް. އަދި މިކަމުގެ ސަބަބުން ހުޅުތަކަށް ޕްރެޝަރު ބޮޑުވާނެ،" ބީއެސްއޭ އިން ބުނެފައިވެ އެވެ.
ބަރު ދަބަސް އަތުގައި އަޅުވައިގެން އުޅުމުން ވެސް ގެއްލުންވޭ
ބޮޑެތި އަތްދަބަސް: ބީއެސްއޭ އިން ބުނަނީ އަންހެނުންނަށް އާއްމުކޮށް ބުރަކަށީގައި ރިއްސުމާ ކުރިމަތިވަނީ މާ ބަރު ދަބަސް ހިފައިގެން އުޅޭތީ ކަމަށެވެ. އެމީހުންގެ ނަސޭހަތަކީ ކޮނޑުގައި އަޅުވައިގެން އުޅޭ ކަހަލަ ދަބަސް ބޭނުން ނުކުރުމެވެ. ސަބަބަކީ ދަބަހުގެ ބަރުކަމުން، އެ އަޅުވައިގެން ހުންނަ މީހެއްގެ އެއް ކޮނޑު މާ ބޮޑަށް ތިރިއަށް ޖެހިފައި ހުންނާތީ އެވެ.
ހައި ހީލްސް: ސިއްހަތަށް ގެއްލުން ހުރި އެއްޗެއް
ހައި ހީލްސް (ފުންނާބު އުސް ފައިވާން): ހައި ހީލްސް އަށް އަރައިގެން ހުންނައިރު މީހާގެ ހަށިގަނޑު ގަދަކަމުން ވަކި ގޮތަކަށް ބަހައްޓަން މަޖްބޫރުވާ ކަމަށް ބީއެސްއޭ އިން ބުނެ އެވެ. މިކަމުގެ ސަބަބުން މައިބަދަ އަށް ބާރުބޮޑުވާގޮތް ވެދާނެ ކަމަށް ބުނެފައިވެ އެވެ. އެ މީހުން އިންޒާރުދޭ ގޮތުގައި އެކި ވަރުވަރަށް ތިރީބައި ހަދާފައި ހުންނަ ހެދުމާއި، މާ ފުޅާކޮށް ކަނޑާފައި ހުންނަ އަތް ހުންނަ ހެދުމާއި ބޮލުގައި އަޅާ ހުޑް އަދި މާ ބަރު ގަހަނާ އެޅުމުން ވެސް އެ އެއްޗެއް ބޭނުންކުރާ މީހަކަށް ސިއްހީ މައްސަލަތަކާ ކުރިމަތިވާނެ އެވެ.
ބީސީއޭ އިން މިކަމާ ގުޅޭ ގޮތުން ނެގި ޚިޔާލު ހޯދުމުގެ ވޯޓުގައި 1،062 މީހުން ބައިވެރިވި އެވެ. މީގެ ތެރެއިން 73 ޕަސެންޓް މީހުންނަކީ ބުރަކަށީގައި ރިއްސާތީ އުޅޭ މީހުންނެވެ. އަދި 33 ޕަސެންޓް މީހުންނަކަށް އެމީހުން ލައި އުޅޭ އަންނައުނުން ބުރަކައްޓަށް ނޭދެވޭ އަސަރުކުރާނެ ކަމާއި ރީއްޗަށް ކޮޅަށް ނުހުރެވޭނެ ކަމާއި ކަރަށް މައްސަލަތައް ދިމާވެދާނެ ކަމެއް ނޭނގެ އެވެ. އެފަރާތުން އިންޒާރު ދޭ ގޮތުގައި އަންނައުނާއި އެފަދަ އެއްވެސް އެއްޗަކުން، އެ މީހަކު ކުރަން ޖެހޭ އެއްވެސް ހަރަކާތެއް ކުރުމަށް ހުރަހަކަށް ވާނަމަ ނުވަތަ އެ ހަރަކާތެއް ނުކުރެވޭގޮތް ވާނަމަ ނުވަތަ އާދަކޮށް ހިނގާ އުޅޭ ގޮތަށް ހިނގަން ދަތިވެ އަދި އިށީންނަ ގޮތަށް އިށީނދެ އުޅުމަށް އެއްވެސް އުނދަގުލެއް ކުރިމަތިވާ ނަމަ އޭގެ ނުރަނގަޅު އަސަރުތައް އެމީހެއްގެ ބުރަކައްޓަށާއި ކަރަށް ކުރާނެ އެވެ.
"އަހަރެމެންގެ ނަސޭހަތަކީ ހެދުން އަޅާއިރު އެމީހެއްގެ ހަށިގަނޑަށާއި ކަރަށް ވެސް ވިސްނުން. އެމީހަކަށް އާދައިގެ ގޮތަކަށް އުޅެލެވޭކަހަލަ ކޮންމެ އެއްޗެއް ލިޔަސް ރަނގަޅުވާނެ. އަދި އެމީހަކު އެ ކުރާ ކަމަކާ ގުޅޭ ގޮތުން ހެދުން އެޅުން ރަނގަޅު. އަދި މާ ގިނަ އެއްޗެހި އުފުލަން ޖެހޭ ނަމަ ރަނގަޅު ބެކްޕެކެއް ހޯދާފައި ބޭއްވުން މުހިއްމު،" ބީސީއޭ އިން ބުނެފައިވެ އެވެ.
ލިމާރިކް ޔުނިވަސިޓީގައި މަސައްކަތް ކުރައްވާ، ބުރަކަށީގެ ތަދާބެހޭ ތަޖުރިބާކާރު ޑރ. މޭރީ އޯކީފީ ވިދާޅުވަނީ ބީސީއޭގެ ރިސާޗަކީ މީހުން ބިރުގަންނަ ކަހަލަ އެއްޗެއް ކަމަށާއި މިކަމަށް ބާރު ދޭނެ ސައިންޓިފިކް ހެއްކެއް ނެތް ކަމަށެވެ.
"ސްކިނީ ޖީންސާއި ޕާކާ ޖެކެޓް އަދި ކަރުގައި އަޅާ އެއްޗެހި ނުވަތަ އެނޫންވެސް އަންނައުނުގެ ގޮތުގައި ބޭނުންކުރާ އެއްޗެއް އާދައިގެ ގޮތަކަށް ބޭނުން ކުރިޔަކަސް ބުރަކައްޓަކު ނުރިއްސާނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިކަމަށް ސައިންޓިފިކް ހެކި ނެތް ކަމަށާއި މިފަދަ ހީވުންތައް ހީވަނީ ބުރަކަށީގައި ރިއްސުމާއި ކަރުގައި ރިއްސުން ފަދަ ކަންތައްތައް ދިމާވެގެން އަންހެނުން ޑޮކްޓަރަށް ދައްކާއިރު އެފަދަ އަންނައުނެއް ލައިގެން ހުރުމުން އެކަމާ ތަދާ ގުޅުވޭތީ ކަމަށެވެ.
ޗާޓާޑް ސޮސައިޓީ އޮފް ފިޒިއޮތެރަޕީގެ ހެޑް އޮފް ޕްރެކްޓިސް ސްޓީން ޓޯލާން ވިދާޅުވީ ސްކިނީ ޖީންސާ ބެހޭ ގޮތުން ލިޔާ ބިރުވެރި ވާހަކަތައް ކިޔުން އެ އެއްޗެތި ލުމަށް ވުރެ މާ ގެއްލުން ބޮޑުވާނެ ކަމަށެވެ.
"އެމީހަކަށް އެންމެ ފަސޭހަ އަދި އަރާމު އެއްޗެއް ލީމަ ރަނގަޅުވާނެ. އެއީ ސްކިނީ ޖީންސާއި ހޫޑް ހުންނަ ހެދުން ކަމަށް ވިޔަސް މައްސަލައެއް ނެތް. މިފަދަ އެއްޗެތި ލާ އުޅޭނީ އެ އަންނައުނުން އެއްވެސް ގެއްލުމެއް ލިބިދާނެކަމަށް ބިރު ނުގަންނަ މީހުން. ސަބަބަކީ އެކަމާ ގުޅޭ އެކަށީގެންވާ ހެކި ނެތީމަ،" ޑޮކްޓަރު ވިދާޅުވި އެވެ.
"'ހަގީގަތުގައި އަތްދަބަހާއި ސްކިނީ ޖީންސުން ލިބޭ ގެއްލުމާ ބެހޭ ގޮތުން ގަބޫލު ކުރެވިފައިވާ ގަބޫލުކުރުން ތަކަކީ ފަހަރުގައި ގޯހަކަށް ނުވެދާނެ. އެވެ. ނަމަވެސް އެމީހުންގެ މައިބަދަ މާ ބަލިކަށި ވެއްޖެ ކަމަށް ގަބޫލުކޮށްގެން ހެލިފެލިވުން މަދުކޮށްލައިފިއްޔާ މިފަދަ މީހުންނަށް މާ ގެއްލުން ވާނެ،"
އުނަގަނޑުގައި ރިހުމަށް ދޭ ފަރުވާ އާ ބެހޭ ގޮތުން މިހާތަނަށް ހީވެފައިވާ ހީވުންތައް ގޯހެވެ.
• ހެލިފެލިވެ އުޅުން ގިނަކުރޭ
• ރޭގަނޑުގެ ނިދި ހަމަކުރޭ
• ވީވަރަކުން ސްޓްރެސްއާ ދުރުވޭ
• ހެޔޮވަރު ވަރެއްގައި ބަރުދަން ބެހެއްޓޭތޯ މަސައްކަތްކުރޭ
• ބުރަކަށީގައި ރިއްސާތީ އެހާ ކަންބޮޑުނުވޭ، ގިނަ ފަހަރަށް ބުރަކަށީގެ ރިހުން އަމިއްލައަށް ކެނޑޭނެ
• ބުރަކަށީގައި ރިއްސުމާ ބެހޭ ގޮތުން ލިޔެފައި ހުންނަ ލިޔުންތައް ކިޔައި އަމިއްލައަށް އޭގެ ސަބަބުތައް އުނގެނޭ
• ބުރަކަށީގައި ރިހުން މާ ގިނަ ދުވަހެއް ދެމިގެން ދާނަމަ ނުވަތަ މާގަދަޔަށް ރިއްސާނަމަ ޑޮކްޓަރެއްގެ އިރުޝާދު ހޯދާ
ބާރު ޖީންސެއްގެ ސަބަބުން މަރު ނުވީ ކިރިޔާ
ފިރިހެނުންގެ ބޫޓްކަޓް ޖީންސް އަލުން ޓްރެންޑް ވަނީ
މައިކްރޮސްކޯޕަކުން ނޫނީ ނުފެންނަހާ ކުޑަ ދަބަހެއް
ވީދިފައި ހުންނަ ޖީންސް ލާތީ ފާޑުކިޔުމުން ބޮޑު ބަހުސެއް
މިއީ ބެގޭޓް ޕާނެއް ނޫން، އަތްދަބަހެއް
އޯޓިޒަމް މީހުންނަށް ހާއްސަ ބޫޓް ކަލެކްޝަނެއް
ތުނބުޅި އާއި މަތިމަހުން މާސްކުގެ ހިމާޔަތް ގެއްލިދާނެ
ބޯ ފަންކޮށް ކުލަޖައްސާ އެއްޗެހިން އުރަމަތީ ކެންސަރު
ނައިކީގެ ބޫޓް ކަލެކްޝަނެއް ސިއްހީ ދާއިރާގެ އަށް ހާއްސަ
"ލަޝް"ގެ އުފެއްދުންތަކުގައި ބިސް ބޭނުމެއް ނުކުރާނެ