02 ޖުލައި 2018
އިންޑިއާގެ އަންހެނަކާއި އޭނާގެ ހަތަރު އަންހެން ދަރިން ޖީންސް ލާން ފިރިމީހާ އަދި ދަރިންގެ ބައްޕަ ދެކޮޅު ހަދާތީ ބަޔަކަށް ފައިސާ ދީގެން އޭނާ މަރައިލި މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ.
އިންޑިއާގެ އަންހެނަކާއި އޭނާގެ ހަތަރު އަންހެން ދަރިން ޖީންސް ލާން ފިރިމީހާ އަދި ދަރިންގެ ބައްޕަ ދެކޮޅު ހަދާތީ ބަޔަކަށް ފައިސާ ދީގެން އޭނާ މަރައިލި މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ.
ޒާހިދާ ބޭގަމްގެ ފިރިމީހާ މެހެރްބާން އަލީ މަރާލައިފައި އޮއްވައި ފެނުނީ މިދިޔަ އާދީއްތަ ދުވަހު ހެނދުނު ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ހަށިގަނޑު އޮތީ އާއިލާ ދިރިއުޅޭ ގެއާ މާ ދުރު ނޫން ހިސާބެއްގައި ހުރި، ނަޖިސް ހިންދާ ޖަންކްޝަނެއްގެ ކައިރީގަ އެވެ.
ފުލުހުން ބުނި ގޮތުގައި އަލީގެ ހަށިގަނޑު ނަގައި، ޓެސްޓްތައް ހަދައި، ސީސީޓީވީގެ ކެމެރާގެ ފުޓެޖްތައް ވެސް ބަލައި، ތަހުގީގު ފެށުމާ އެކު މިކަމަކީ އާއިލާ ތެރޭގައި ހިންގާފައިވާ ކަމެއް ކަމަށް ތުހުމަތު ކުރެވެން ފެށި އެވެ.
މި މައްސަލާގައި ޒާހިދާ، 52، އާއި ދަރިން ކަމަށްވާ ސަބާ، 26، ޒީނަތު، 22، އިރާމް 19، އަދި އާލިއާ، 18، އާ ސުވާލު ކުރުމުން އެ، މީހުން ކުށަށް އިއުތިރާފުވެފައިވާ ކަމަށް ބުންޏެވެ.
މިކަމެއް ހިންގައިފައި ވަނީ ބަޔަކަށް ފައިސާ ދީގެންނެވެ. އަލީ މަރާލީ ދެ މީހަކަށް 1،450 ޑޮލަރު ދީގެންނެވެ. އެ މީހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނި ގޮތުގައި ޒާހިދާގެ ކޯލް ރިކޯޑްތަކުން، އޭނާ އެ ދެ މީހުންނަށް ވަރަށް ގިނައިން ގުޅައިފައިވާކަން ވެސް ސާބިތުވާ ކަމަށާއި މިއީ އޭނާ އާއި ހަތަރު ދަރިން ވަރަށް ބޮޑަށް ދުރާލައި ރާވައިން ހިންގާފައިވާ ޖަރީމާއެކެވެ.
"އެ މީހުން ފުލުހުންނަށް ދިން ބަޔާނުގައި ވަނީ އަލީ މަރާލި ކަމަށް އެއްބަސްވެފައި. އަދި އެކަން ކުރީ ޖީންސް ލާން ހުއްދަ ނުދޭތީ އެކަމާ ހިތްހަމަނުޖެހިގެން އަންނަ ރުޅީގައި ކަމަށް ބުނެފައިވޭ،" ދަޔާ ބުންޏެވެ.
ވީދިފައި ހުންނަ ޖީންސް ލާތީ ފާޑުކިޔުމުން ބޮޑު ބަހުސެއް
ފެޝަން ޑިޒައިނަރު ރޯހިތު ބާލް މަރުވެއްޖެ
ފިރިހެނުންގެ ބޫޓްކަޓް ޖީންސް އަލުން ޓްރެންޑް ވަނީ
ފެޝަން ޑިޒައިނަރު މަނީޝް ފިލްމު ޑައިރެކްޝަނަށް
ކަމަލާގެ ނަން ބޭނުންކޮށްގެން ވިޔަފާރިނުކުރަން އަންގައިފި
ޕްރިޔަންކާގެ ހެއާކެއާ ބްރޭންޑެއް ލޯންޗްކުރަނީ
އެންމެ ގިނަ ޖަވާހިރު ޖެހި އަނގޮޓި އިންޑިއާގައި
އާލިއާ ވެސް ވިޔަފާރިއަކަށް އިންވެސްޓްކުރަނީ
ޖަވާހިރުން އަތްކަންކުރި މާސްކް ވެސް ވިއްކަން ފަށައިފި
ބާރު ޖީންސެއްގެ ސަބަބުން މަރު ނުވީ ކިރިޔާ